އިޖްތިމާޢީ ތަރައްގީ އާ ބެހޭ ވުޒާރާގެ ވަޒީރު، އާއިޝަތު ޝިހާމް-- ފޮޓޯ/މިނިސްޓްރީ
ހަބަރު
07 Jan 2024 | 08:53
އަވަސްކަމާއި އެކު ޚިދުމަތް ދިނުމަށް އިޖުތިމާޢީ ވުޒާރާގެ ކޯލް ސެންޓަރެއް ގާއިމްކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އައު ކޯލް ސެންޓަރެއް ޤާއިމްކޮށް ވުޒާރާއަށް ގުޅޭނެ އައު ނަންބަރެއް ތަޢާރަފް ކޮށްފިއެވެ. 

މިއަދު ގާއިމް ކުރެވުނު މި ކޯލް ސެންޓަރަކީ ލލ އެ ވުޒާރާގެ މަސައްކަތްތައް ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގާއިމް ކުރެވުނު ކޯލް ސެންޓަރެއް ކަމަށެވެ. އެ އިދާރާގެ ޚިދުމަތްތަކަށް އެދި ގުޅާ ފަރާތްތަކަށް ފަސޭހަކަމާއި އަވަސްކަމާއި އެކު ޚިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާ ކޯލް ސެންޓަރުގެ އައު ނަންބަރަކީ 1433 އެވެ.

އިޖްތިމާއީ ވުޒާރާއިން ބުނީ، ކޯލް ސެންޓަރުގެ އައު ނަންބަރަކީ އެއިދާރާއިން މިހާރުވެސް ބޭނުން ކުރަމުންގެންދާ އިޖުތިމާޢީ ޚިދުމަތްތަކާއިގުޅޭ ހެލްޕްލައިން 1421 އަދި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ހެލްޕްލައިން 1412ގެ އިތުރުން ތަޢާރަފުކުރެވުނު މުޅިން އައު ނަންބަރެއް ކަމަށެވެ.

އަދި 1421 އަދި 1412 އަކީ 24 ގަޑި އިރު ގުޅޭ ހެލްޕްލައިން ތަކަށް ވީނަމަވެސް 1433 ނަންބަރަކީ ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ގުޅޭނެ ނަންބަރެއް ކަން ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ. 

މިގޮތުން އިޖްތިމާޢީ ވުޒާރާއިން ބުނީ، 1433 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރު 01:30 އަށް ގުޅޭނެ ކަމަށާ އަދި ކޯލު ނުނެގި ދާ ހާލަތްތަކުގައި ކޯލުގެ މަޢުލޫމާތު ވަކި ސިސްޓަމެއްގައި ރައްކާކުރެވި ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލްސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެ ކަމަށެވެ. 

މި ބަދަލާއެކު ކޯލްސެންޓަރުގައި އެންމެ ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރެވި، މިސިސްޓަމުގެ ޒަރީއާއިން ކޮންމެ ކޯލެއް ލޮގު ކުރެވި، ކަމާއިގުޅޭ ފަރާތްތަކާއި މަޢުލޫމާތު ހިއްސާކޮށް އާންމުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެކަން އިޖްތިމާޢީ ވުޒާރާއިން ފާހަގަކުރެއެވެ. 

އެހެން ކަމުން މިއަދުން ފެށިގެން އެ ވުޒާރާގެ ކޯލް ސެންޓަރަށް ގުޅޭނެ މައި ނަންބަރަކީ 1433 ކަމަށް އިޖުތިމާޢީ ވުޒާރާއިން ވަނީ ބުނެފައެވެ . 

                       

                    

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.