ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު-- ފޮޓޯ/ޕީއެންސީ
ހަބަރު
07 Jan 2024 | 10:05
ރާއްޖެއަށް ބޮޑު އަދަދުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ: ޢާޒިމާ

ރާއްޖެއަށް ބޮޑު އަދަދުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

ރޭ ޕީއެސްއެމް އިން ގެނެސްދިން "މޭޔަރ ބަހުސް" ގައި ގޭންގް ތަކާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ މައްސަލަ ހައްލު ކުރުމަށް ގެންގުޅުއްވާނެ ސިޔާސަތު ތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޢާޒިމާ ވިދާޅުވީ، އަނިޔާވެރި ކުށްތަކާއި، މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގެ ޕީނިއޮލޯޖީގައި ހިމެނޭ ކަން ކަމެއް ނޫން ކަމަށެވެ. އަދި އެއީ ރާއްޖޭގައި އުފައްދާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެން ކަމުން އެކަންކަން ހައްލު ކުރެވޭނީ ރާއްޖޭގައި ކުށުވެށި ބަދަލު ވަމުންދާގޮތް ބަލައި ދިރާސާ ކޮށްގެން ކަމަށް ޢާޒިމާ ވިދާޅުވި އެވެ. 

އަޅުގަނޑުމެންގެ މަސައްކަތަށް ވާނީ ކުށުގެ ވެއްޓާއި އެއްގޮތަށް މައްސަލަތައް ހައްލު ކުރުން. ރާއްޖެއަށް ބޮޑެތި އަދަދު ތަކުގައި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމާއި ގުޅޭ ވިސްނުން ސަރުކާރު ތަކުންވެސް ގެންގުޅެން އެބަޖެހޭ. އަދި ހަމައެއާއެކު ބޮޑެތި މައްސަލަ ތަކަށް ވެސް މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ

ޢާއިޝަތު ޢާޒިމާ ޝަކޫރު 

މިއާއެކު ޢާޒިމާ ވިދާޅުވީ، ކުށުވެށި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފެށެންޖެހޭނީ ސުކޫލް ސިސްޓަމްގެ ތެރެއިން ކަމަށެވެ. އެހެނީ، ރާއްޖޭގައި، ކުދިން ކުށް ކުރަން ފަށާ އުމުރަކީ މިހާރު 8 އަހަރަށް ވެފައިވާ ކަމަށާ، އެއީ ކުދިންގެ ސުކޫލު ދުވަސް ވަރު ކަން އޭނާ ފާހަގަކުރެއްވިއެވެ. 

ރޭ ބަހުސްގައި އާޒިމާ ވަނީ، މާލޭގެ މަގު ހެދުމުގެ މަސައްކަތާއި ގުޅޭ ޕްލޭން ވަރަށް އަވަހަށް އާއްމު ކުރައްވާނެ ކަން ހާމަ ކުރައްވާފައެވެ. އަދި ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް ޕެޓް ޝެލްޓަރ އެއް ހަދައި، އެތަނުގައި ޖަނަވާރު ތަކަށް ފަރުވާދޭ ޑޮކްޓަރުން ބައިތިއްބަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.