ދަރިވަރުން ތަކެއް ސުކޫލް ނިންމާފައި ގެއަށް ދަނީ-- ފޮޓޯ/ވޮއިސް
ހަބަރު
07 Jan 2024 | 20:19
2026ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ބަދަލުކޮށްފި

2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ. 

މިކަން ސަރުކާރުން ހާމަކޮށްފައިވާނީވމިއަދުގެ ކެބިނެޓް ބައްދަލުވުމުގެ ނިންމެވި ނިންމުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޒިމް އިބްރާހީމެވެ. 

2025 ވަނަ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީި ލިބޭނެ.. އެއާއެކު 2026 ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރު ފެށިގެންދާނީ ޖެނުއަރީ މަހުގައި އާއްމުކޮށް ކުރިންވެސް ފަށަމުންދިޔަ އުސޫލަށް. އޭގެ މާނަ އަކީ ޖުލައި މަހު 3 ހަފްތާގެ ޗުއްޓީއެއް. އަދި ޑިސެމްބަރު މަހު 4 ހަފްތާގެ ޗުއްޓީއެއް. ރޭވިގެން ދާނެ. 

ޢަބްދުالله ނާޒިމް އިބްރާހީމް

ނާޒިމް ވިދާޅުވީ، ދިރާސީ އައު އަހަރު ބަދަލު ކުރުމުގެ ކަންކަން ދާނީ ކުއްލި އަކަށް ނޫން ކަމަށާ، އެކަން ކުރިއަށް ގެންދާނީ އޭގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންނަށް ވެސް ދަތިތަކާއި ކުރިމަތިނުވާ ގޮތަށް ތައުލީމީ ކަލަންޑަރަށް މަދު މަދުން ގެނެވޭ ކުދި ބަދަލު ތަކާއި އެކުގައި ކަމަށެވެ. 

އަދި އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ގޮންޖެހުންތަކެއް ނޫނީ އުނދަގޫތަކެއް ކުރިމަތި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މިބަދަލާއި ގުޅޭ ތަފްސީލް ވަރަށް އަވަހަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.