އެމްއެމްޕީއާރުސީ ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު--
ހަބަރު
09 Jan 2024 | 11:48
އަޅުގަނޑު އިންޑިޔާއަށް ކުޑައިމީސް ކުރި ކަމަށް ބުނެ ދައުރު ކުރަނީ ފޭކް ޓުވީޓެއް: ފާތިމަތު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު އިންޑިޔާއަށް ކުޑައިމީސް ކޮށް ކުރައްވާފައިވާ ޓުވީޓެއް ކަމަށް ބުނެ ދައުރު ކުރަނީ ފޭކު ޓުވީޓެއް ކަމަށް ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކުރި މައްސަލާގައި ދެގައުމުގެ މެދުގައި ނުތަނަވަސްކަން އުފެދި، އެގައުމުގެ ރައްޔިތުން މީސްމީޑިއާގައި ދިވެހިރާއްޖެ ބޯއިކޮޓް ކުރުމަށް ގޮވާލާ މި ދަނޑިވަޅުގައި ފާތިމަތު، އިންޑިއާއާ ދެކޮޅު ޕޯސްޓެއް ކުރެއްްވި ކަމަށްބުނެ އެފަދަ ޕޯސްޓެއްގެ ސްކްރީން ޝޮޓެއް ވަނީ އާއްމު ވެފައެވެ. އެ ޕޯސްޓް އޭނާ ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ކަން ތާރީޚުން އެނގެއެވެ. 

އެ ސްކްރީންޝޮޓް ހިއްސާ ކުރި ފަރާތުން ވަނީ، ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ޒިންމާ އޮންނަ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އެފަދައިން ޕޯސްޓް ކުރި ކަމަށްބުނެ ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. 

އެކަމާއި ގުޅިގެން، "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން ފާތިމަތު ވިދާޅުވީ، އެއީ ފޭކު ސްކްރީން ޝޮޓެއް ކަމަށެވެ. 

މިއީ ފޭކު ސްކްރީން ޝޮޓެއް. މިކަހަލަ އެއްވެސް ކޮމެންޓެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ. މިއީ އަޅުގަނޑު ބަދުނާމު ކުރުމަށް ފަތުރަމުންދާ ދޮގު ވާހަކަތަކެއް. 

ފާތިމަތު ތައުފީގު

މިއާއެކު ފާތިމަތު ވިދާޅުވީ، ޑެޕިއުޓީ މިނިސްޓަރުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސް ކުރި މައްސަލާގައި އޭނާ ހުންނަވާނީ، އެމައްސަލާގައި ސަރުކާރުން ނެންނެވި ސްޓޭންޑް މަތީގައި ކަމަށެވެ. 

އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކޮށް ކުރިއެރުވުމުގައި އެކުވެރި ހުރިހާ ގައުމަކާއި އެކުވެސް ރަނގަޅު ގުޅުމެއް ދަމަހައްޓަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އިންޑިޔާ އަކީ ފަތުވެރިކަމުގެ ބޮޑު މާކެޓެއް އޮންނަ ގައުމެއް ކަމަށާ، 2023 ވަނަ އަހަރު އެންމެ ގިނަ ފަތުވެރިން ރާއްޖެއަށް ޒިޔާރަތް ކުރީވެސް އިންޑިޔާއިން ކަން އޭނާ ފާހަގަކުރެއްވިއެވެ. 

އިންޑިޔާއަށް ކުޑައިމީސް ކުރި މައްސަލާގައި ހިމެނޭ ޑެޕިއުޓީ މިނިސްޓަރުން ސަރުކާރުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެ ފަރާތްތަކުގެ އެ ވާހަކައަކީ، ސަރުކާރުގެ ވިސްނުން ނޫން ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.