ކޮމާޝަލް ސްޕައިންގެ ނަމުގައި ހުޅުމާލޭގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް 50 މިލިއަން ޑޮލަރުގެ މަޝްރޫއެއް ޗައިނާއާ ހަވާލުކޮށް ސޮއިކުރުން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Jan 2024 | 12:45
ހުޅުމާލޭގައި ވިޔަފާރި ޒޯނެއް ތަރައްޤީ ކުރަން ޗައިނާއާ ހަވާލުކޮށްފި

ހުޅުމާލޭގައި ވިޔަފާރި ޒޯނެއް ހަދަން ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ މިއަދު ހަވާލުކޮށްފި އެވެ.

50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. 

"ކޮމާޝަލް ސްޕައިން" ގެ ނަމުގައި ތަރައްގީ ކުރާ މި ވިޔަފާރި ޒޯން ގައި ހަތް އިމާރާތެއް ގުޅުވައިގެން އަޅާއިރު، އޭގެ ތެރެއިން ހަ އިމާރާތަކީ ކޮމާޝަލް އިމާރާތެވެ. އަދި އަނެއް އިމާރާތަކީ ސަޕޯޓިން ހިދުމަތްތައް ދޭން ހަދާ އިމާރާތެކެވެ.

އެތަންތަނުގައި ރީޓެއިލް ފިހާރަތަކާއި ވެލްނެސް ހިދުމަތްތަކާއި އެންޓަޓެއިންމެންޓް ހިދުމަތްތަކާއި ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ. 

ތިން ފަންގިފިލައާއި، ހަތަރު ފަންގިފިލާއަށް ތަރައްގީކުރާ މި އިމާރާތްތައް ފަރުމާކުރާނީ ރާއްޖޭގެ އިހުގެ އިމާރާތްތަކުގެ ފަރުމާކުރުންތައް ވެސް ރަމްޒުވާ ގޮތަށެވެ.

އަދި ގުޅުވާލައިގެން ހަދާ މި ހަތް އިމާރާތް ވާނީ އެ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްޓްރަކްޗާއަށް ކަމަށާ އެ އިމާރާތަށް "ސްޕައިން" ކިޔާފައިވަނީ އެ އިމާރާތްތައް ގުޅާލާފައިވާތީ ކަމަށް އާބަންކޯއިން ބުނެއެވެ. 

އަދި މި މަޝްރޫއުގެ ސަބަބުން ހޫލުމާލޭގައި ހުރި ލޯކަލް ގެސްޓު ހައުސް ވިޔަފާރިތަކަށް ވެސް އެ ކަމުގެ ހެޔޮ އަސަރުކުރާނެ ކަމަށް އާބަންކޯއިން ބުނެއެވެ.
މީގެ އިތުރުން މަޝްރޫއު ނިންމުމަށްފަހު، ބޮޑެތި ބްރޭންޑްތަކާއި، ރާއްޖޭގެ ވިޔަފާރިތަކަށް ވެސް ފުރުސަތު ދިނުމަށްޓަކައި އާބަންކޯއިން އެ ތަންތަން ކުއްޔަށް ދޫކުރާނެ ކަަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.