ޢުމްރާއަށް ގޮސް ތިބި ދިވެހިން ތަކެއް--
ހަބަރު
10 Jan 2024 | 12:32
ރިސާލަތު ޕްރޮގްރާމްގެ ތެރެއިން ކޮލެޖް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ޢުމްރާ ދަތުރެއް

"އިސްލާމީ ރިސާލަތު" ނަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ ތެރެއިން ކޮލެޖް އަދި ޔުނިވަރސިޓީތަކަށް ޚާއްސަކޮށް ޢުމްރާ ދަތުރެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެސިސްޓެންޓް ޑައިރެކްޓަރ ޒީނާ މުޙައްމަދު ވިދާޅުވީ، އެ ވުޒާރާއިން ފެށުމަށް ހަމަޖެހިފައިވާ "ރިސާލަތު ޕްރޮގްރާމް 2024" ތެރެއިން ކޮލެޖް އަދި ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް ޢަމާޒުކޮށް ޢުމްރާ ދަތުރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޢުމްރާ ދަތުރަކީ ޔުނިވާސިޓީ އަދި ކޮލެޖް ތަކަށް އަމާޒުކޮށްގެން، އެ ތަންތަނުގައި ކިޔަވާ ދަރިވަރުން އުމްރާއަށް ގެންގޮސް، އެ އަޅުކަން ތަޖުރިބާ ކޮށްލުމުގެ ގޮތުން ރޭވިފައިވާ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާ ޓުއަރއަކީ ޒުވާން ޖީލަށް ހައްޖުގެ އަޅުކަމާއި ޢުމްރާގެ އަޅުކަން އަދާކުރާ ގޮތް ރަނގަޅަށް ފަޙުމްކޮށްދީ، ހައްޖު އަދި ޢުމްރާއަށް ލޯބި ޖެއްސުމުގެ ގޮތުން ކުރިއަށް ގެންދެވޭނެ ޕްރޮގްރާމެއް. އަދި ހައްޖު އަދި އުމްރާ އަކީ ދީނުގެ މުހިންމު އަޅުކަމަކަށް ވާ ނަމަވެސް އެ ފުރުސަތު ލިބެން ދަތި. އެހެން ވީމާ، ޓުއަރގެ ސަބަބުން ހައްޖު އަދި ޢުމްރާގެ މަތިވެރި އަޅުކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ." 

އެސިސްޓެންޓް ޑައިރެކްޓަރ ޒީނާ މުޙައްމަދު 

މީގެ އިތުރުން. މި ޢުމްރާ ދަތުރާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރައްވަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އައްޝައިޚު މުޠީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވީ، ޕްރޮގްރާމްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަކީ ހަމައެކަނި ޢުމްރާ ދަތުރެއް ނޫންކަމަށާއި އޭގެ ތެރޭގައި ތަރުބަވީ ބައިތަކެއް ހިމެނިގެންދާނެ ކަމަށެވެ.

އެގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަޢުދީ ޢަރަބިއްޔާގެ އިދާރާތަކާއި، މަޝްވަރާތައް ކޮށް، އާންމު ދަތުރުތަކުގައި ޒިޔާރަތް ނުކުރެވޭ ތަންތަނަށް ދަރިވަރުން ޒިޔާރަތް ކުރެވޭގޮތް ހެދިގެންދާނެ ކަމަށް ވަޒީރުގެ ނައިބު ވިދާޅުވި އެވެ.

"ޓުއަރގެ ތެރެއިން މައިދާންތަކަށް ޒިޔާރަތްކުރުމާއި، ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމްގެ ސިޔަރަތާއި ގުޅޭ ކުތުބުޙާނާތަކަށް ޒިޔާރަތްކުރުން ފަދަ ބައިތައް ޢުމްރާ ޓުއަަރގެ ތެރޭގައި ހިމެނިގެން ދާނެ. މަޤްސަދަކީ ޢުމްރާ ޓުއަރގެ ތެރެއިން ދަރިވަރުންނަށް އިސްލާމީ ޙަޟާރަތާއި އިސްލާމްދީނާއި ބެހޭ މައުލޫމާތު ލިބިގެންދާ ތަރުބަވީ ޓުއަރއަކަށް ޓުއަރ ހެދިގެން ދިއުން."

ވަޒީރުގެ ނައިބު އައްޝައިޚު މުޠީޢު އިސްމާޢީލް މުޙައްމަދު

ކޮލެޖް އަދި ޔުނިވަރސިޓީ ތަކަށް ޢަމާޒުކޮށް މި ޢުމްރާ ދަތުރަށް ފުރުސަތު ލިބިގެންދާނީ މިނިސްޓްރީން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން ހޮވާލެވޭ ދަރިވަރުން ކަމަށް ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.