ޕްރައިވެޓް ޖެޓްތައް ޕާރކުކުރެވިފައި / ފޮޓޯ:އެމްއޭސީއެލް
ވިޔަފާރި
10 Jan 2024 | 17:32
ޖުމުލަ 925 އެއާ ޓުރެފިކް މޫވްމަންޓާއެކު ވީއައިއޭއަށް މުޅިން އާ ރެކޯޑެއް

ޖުމުލަ  925 އެއާ ޓުރެފިކް މޫވްމަންޓާއެކު  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މުޅިން އާ ރެކޯރޑެއް ޤާއިމު ކުރެއްވިއްޖެ ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިފަދައިން ހާމަކޮށްފައިވަނީ މިއަދު އެޢިދާރާއިން އެކްސް ޕޯސްޓް މެދުވެރިކޮށް އާއްމުކޮށްފައިވާ މަޢުލޫމަތުންނެވެ.

އެމްސީއެލް އިން ބުނީ މިދިޔަ ހޮނިހިރު ދުވަހު އެކަނި ވީއައައިއޭގެ އެއާ ޓްރެފިކް މޫވްމަންޓްގެ އަދަދު 925 ގައި ރެކޯޑް ކުރެވިފައިވާ ކަމަށެވެ. އެއީ މިހާތަނަށް ވީއައިއޭގައި ރިކޯޑް ކުރެވުނު އެންމެ ގިނަ ޓްރެފިކް މޫވްމެންޓުކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

އެމްސީއެލުން އިތުރަށް ބުނެފައިވަނީ ފްލައިޓް މޫވްމަންޓް އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެއަށް ޖައްސަމުންދާ ޖެޓްތަކުގެ އަދަދު އިތުރުވެފައިވުމެވެ. އެގޮތުން އާ އަހަރާއި ދިމާކޮށް ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހު ގިނަ އަދަދެއްގެ ޖެޓްތައް ރާއްޖެއަށް އާދެއެވެ. އޭގެ ތެރެއިން ވެސް މި އަހަރަކީ މިދުވަސް ވަރު މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓް އައިސްފައިވާ އަހަރެވެ.

އެމްސީއެލް އިން އާއްމުކޮށްފައިވާ މަޢުލުމާތުން އެނގޭ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ރެކޯރޑު ކުރެވުނު 925 އެއާ ޓުރެފިކް މޫވްމަންޓުގެ ތެރޭގައި ހިމެނެނީ 672 ސީޕްލޭންގެ މޫވްމަންޓާއި، އިންޓަނޭޝަނަލް 104 މޫވްމަންޓާއި، ޑޮމެސްޓިކް 116 މޫވްމަންޓާއި އަދި ޕްރައިވެޓް ޖެޓްތަކުގެ 33 މޫވްމަންޓެވެ.

އެމްސީއެލް އިން ބުނެފައިވާ ގޮތުގައި މިދިޔަ ހޮނިހިރު ދަވަހު 925 އެއާ ޓުރެފިކް މޫވްމަންޓާއެކު  އާ ރެކޯރޑެއް ހެދުމުގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އެއާ ޓްރެފިކް މޫވްމެންޓު ރެކޯރޑްގެ ގޮތުގައި ނޯޓްކުރެވިފައިވަނީ  861 އެއާ ޓްރެފިކް މޫވްމަންޓެވެ.

ވީއައިއޭގެ މި އާ ޓްރެފިކް މޫވްމެންޓު ރެކޯރޑާއި ގުޅިގެން  ވެލާނާ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ތޮހާ ވިދާޅުވީ މިކާމިޔާބީއަކީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށެވެ.

"މި ފަދަ ދުވަހެއް މަގުފަހިކޮށްދިނުމުގައި އެއާލައިންތަކާއި އޮޕަރޭޓަރުންގެ ފަރާތުން ލިބުނު ހާއްސަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،". އޭނާ ވިދާޅުވެފައިވެއެވެ.

ޖުމުލަ  925 އެއާ ޓުރެފިކް މޫވްމަންޓާއި އެކު  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މުޅިން އާ ރެކޯރޑެއް ޤާއިމުކުރެވިފައިވާ އިރު ވޭތުވެދިޔަ އަހަރުގެ ފުރަތަމަ ހަފުތާއަށް ވުރެ މިއަހަރުގެ ފުރަތަމަ ހަފުތާ ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 7 އިންސައްތަ އިތުރުކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.