އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީއެންސީ
ހަބަރު
14 Jan 2024 | 08:49
ބަލިވީ ރައީސް މުޢިއްޒުގެ ސިޔާސަތު ގޯސްވެގެނެއް ނޫން، މަސައްކަތް ނުކުރެވުނީމަ: ޢަބްދުއްރަޙީމް

އިއްޔެ ބޭއްވުނު ބައި އިލެކްޝަން އިންތިހާބުގައި މޭޔަރުގެ ގޮނޑި ކާމިޔާބު ނުކުރެވުނީ އެންމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރެވުމުން ކަމަށާ، އެއީ ސަރުކާރުގެ ސިޔާސަތުތައް ކަމު ނުގޮސްގެން ވީ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

އިންތިޚާބުގެ ނަތީޖާއާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، އިއްޔެގެ އިންތިޚާބުން ވަރަށް ގިނަ ފިލާވަޅު ތަކެއް ލިބިލެއްވި ކަމަށެވެ. 

އެންމެ ފުރަތަަމަ ކަމަކަށް، އަޅުގަނޑުމެން ހަމަ، ޕާޓީގެ އެންމެހާ އާއްމު މެންބަރުންގެ ކިބައިން މަޢާފަށް އެދެން. މަޢާފަށް އެދޭ ސަބަބަކީ އަޅުގަނޑުމެންނަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން މި ނަތީޖާ މި ނުކުތީ. ހަގީގަތުގައިވެސް. އަޅުގަނޑުމެންނަށް ސަރުކާރު ލިބި، ސަރުކާރާއި ހަވާލުވެ އުޅުމުގެ ތެރެއިން ހަގީގަތުގައި މި އިންތިޚާބަށް ދޭންވާ ސަމާލުކަމެއް އަޅުގަނޑުމެންނަކަށް ނުވެއް ދެވުނު، އޭގެ ނަތީޖާއަކަށް މިވީ މޭޔަރ ކަމުގެ ގޮނޑި އަޅުގަނޑުމެންނަށް މިއަދު ނުލިބުން. 

އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ، އިއްޔެގެ އިންތިޚާބުގައި ލިބުނު ނަތީޖާއިން ފިލާވަޅު ލިބިގަނެ، ކުރިއަށް އޮތް އިންތިޚާބު ތަކުގައި އިތުރަށް މަސައްކަތް ކުރައްވައި ކާމިޔާބީ ހޯދުމުގެ މަސައްކަތް ވަރުގަދައަށް ކުރައްވާނެ ކަމަށެވެ. 

މީގެ އިތުރުން، މާލޭ މޭޔަރ ކަމުގެ ގޮނޑި ޕީއެންސީއަށް ގެއްލުނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރަށް ދިވެހިން، މިހާރު ނޫނެކޭ ބުނެފައިވާތީ ކަމަށް ބުނެ ދެކެވޭ ވާހަކަ ތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މޭޔަރގެ ގޮނޑި ގެއްލުނީ ރައީސް މުޢިއްޒުގެ ސިޔާސަތުތައް ރައްޔިތުންނަށް ކަމުނުދާތީ ނޫން ކަމަށެވެ. 

އަޅުގަނޑުމެންނަށް މިދިޔަ ދުވަސްވަރު، އަޅުގަނޑުމެންގެ ޢާއްމު މެންބަރުންނާއި އެކު، މަސައްކަތް ކުރަންވާ ގޮތަށް މަސައްކަތް ނުކުރެވުމުގެ ނަތީޖާ އެ. އިންތިޚާބުގައި ފެނިގެންދިޔައީ. އެއްގޮތަކަށްވެސް ސަރުކާރުގެ ސިޔާސަތައް އިތުބާރު ނެތީކީނޫން. ރައީސުލްޖުމްހޫރިއްޔާ އަށް އިތުބާރު ނެތީކީއެއްވެސް ނޫން. އަދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށްޓަކައި ކަމެއް ނުކޮށްދެއްވައި ގެނެއްވެސް ނޫން. އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ، މިއީ ރައީސުލްޖުމްހޫރިއްޔާ ގެ ސިޔާސަތައް އިތުބާރު ނެތީގެ ދިމާވި ކަމެއް ކަމަކަށް. 

އަބްދުއްރަހީމް އަބްދުالله 

މިއާއެކު އަދުރޭ ވަނީ، ކުރިއަށް އޮތް ތަނުގައި މެންބަރުން މާޔޫސްވާ ފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

އިއްޔެ ބޭއްވި މާލޭ މޭޔަރ އިންތިޚާބުގައި އިއްޔެގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 54,680 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 17,410 މީހުންނެވެ. ޕަސެންޓޭޖުން ބަލާނަމަ އެއީ 31.84 ޕަސެންޓެވެ.

އޭގެ ތެރެއިން 7621 ވޯޓު ހޯއްދެވީ އާޒިމް އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ. އޭނާއަށް ގާތްގަނޑަކަށް 5031 ވޯޓު ލިބިވަޑައިގަތެވެ.

މޭޔަރ ގެ ގޮނޑި ސަރުކާރަށް ނުލިބުނު ނަމަވެސް، އިއްޔެގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި އާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ކާމިޔާބު ކުރެއްވީ ޕީއެންސީންނެވެ. 

އެ ނަތީޖާއާ އެކު ކައުންސިލްގެ މެޖޯރިޓީ އޮންނާނީ ސަރުކާރަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގައި މިހާރު އެމްޑީޕީގެ ތިން މެންބަރުން ހިމެނޭއިރު ދަ ޑިމޮކްރެޓްސްގެ ދެ މެންބަރު އަދި ޕީއެންއެފްގެ ދެ ކައުންސިލަރަކު ހިމެނެ އެވެ. ދެން ތިއްބެވީ ޕީޕީއެމް / ޕީއެންސީގެ ކައުންސިލަރުންނެވެ. ސަރުކާރު ހިންގާ އެ ދެ ޕާޓީއަށް ނިސްބަތްވާ 11 ކައުންސިލަރުން މާލެ ސިޓީ ކައުންސިލް ގައި އެބަތިއްބެވެ. 

ކޮމެންޓް
ކަބަލުން
ބަލިވީ ދަރަނިބޮލަކައްވީތީ އަބުދުއްރަހީމް.
14 Jan 2024
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.