ޖައިޝަންކަރު--
ހަބަރު
14 Jan 2024 | 10:39
ހުރިހާ ގައުމަކުން އަބަދު އެއްބާރުލުމެއް ނުލިބޭނެ؛ ބައެއް ފަހަރު ކަންކަން ނުރަނގަޅު ދިމާއަށްވެސް ދޭ: ޖައިޝަންކަރު

ހުރިހާ އިރެއްގައި ހުރިހާ ގައުމަކުން އިންޑިއާއަށް އެއްބާރުލުން ނުލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓުގެ ނާގްޕޫރުގައި ބޭއްވި ހާއްސަ ޓައުންހޯލް ބައްދަލުވުމެއްގައި އިންޑިޔާގެ ރައްޔިތަކު ވަނީ، އިންޑިޔާއާއި ދިވެހިރާއްޖެއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅޭގޮތުން ޖެއިޝަންކަރު އާ ސުވާލު ކޮށްފައެވެ. އަދި ދުނިޔޭގެ އެކި ގައުމު ތަކުގައި، ސަރުކާރު ބަދަލުވުމުން، އެ އަންނަ ބަދަލުގެ ތެރެއިންވެސް، އެ އިންޑިޔާއަށް އެންމެ މަސްލަހަތު ހުރި ގޮތް ޔަގީންކުރަނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޖެއިޝަންކަރު ވިދާޅުވީ، އިންޑިޔާއިން ގެންގުޅެމުންދަނީ "ނެއިބަރ ހޫޑް ފަސްޓް" ޕޮލިސީ ކަމަށެވެ. 

އެހެންނަމަވެސް، ސިޔާސީ ކަންކަމަކީ ސިޔާސީ ކަންކަން. އެހެންވީމާ، ކޮންމެ ގައުމެއްގައި، ކޮންމެ ދުވަހަކު، އެ ގައުމެއްގެ އެންމެން އަހަރެމެންނަށް އެއްބާރުލުންދީ އަހަރެމެންނާ އެއްބަސްވާނެ ކަމުގެ ޔަގީންކަން އަހަރެންނަށް ނުދެވޭނެ. 

އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު

ކަން މިހެން ހުރުމުން، ފާއިތުވެދިޔަ 10 އަހަރު ތެރޭގައިވެސް، އިންޑިޔާއިން މަސައްކަތް ކޮށްފައިވާނީ ގައުމުތަކާއި ވަރަށް ވަރުގަދަ ގުޅުމެއް ބަދަހި ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އޭގެ ސަބަބުން، އެ ގައުމު ތަކުގެ ސަރުކާރު ބަދަލުވި ނަމަވެސް، އެ ގައުމުގެ ރައްޔިތުންނާ މުޖުތަމައު، އިންޑިޔާއާއި މެދު ރަނގަޅަށް ދެކި، އިންޑިޔާއާއި އެ ގައުމާއި ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަން ގައުމުތަކުގެ ރައްޔިތުންނަށް އިހްސާސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ގުޅުން ބަދަހި ކުރުމަށްޓަކައި، އެ ގައުމުތަކުގައި އުމްރާނީ އެކިއެކި މަޝްރޫޢުތައް ހިންގައި، އިގުތިސޯދީ ގޮތުންނާއި، ވިޔަފާރި އާއި އިންވެސްޓުމަންޓުތަކުގެ އިތުރުން ގައުމުތަކަށް ޗުއްޓީއަށް ދިޔުން ފަދަ ކަންކަން ކުރުމާއި އެނޫންވެސް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"މި ހުރިހާ ކަމަކީ މި ގުޅުންތައް ތަރައްގީކުރެވޭނެ ގޮތްތައް. ބައެއް ބައެއް ފަހަރު ކަންކަން ރަނގަޅު ނޫން ގޮތް ގޮތަށްވެސް ދޭ. އެހެންވީމާ، އަހަރެމެން ޖެހޭނީ، މަޝްވަރާކޮށް، ކަންކަން ކުރިން އޮތް ގޮތަށް އިއާދަ ކުރެވޭތޯ މަސައްކަތް ކުރަން"

އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު

ޖައިޝަންކަރު މިފަދައިން ވާހަކަ ދައްކާފައި މިވަނީ، ރާއްޖެ އާއި އިންޑިޔާގެ ދެމެދުގައި މަސްލަހަތު ގޯސްވެ, ރާއްޖެ ބޯއިކޮޓް ކުރަން އިންޑިޔާއިން ގޮވާލާ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައި އިންޑިޔާ ނޫން އެހެން ގައުމަތުން އެކި އެހީ ހޯދަން ދިވެހި ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލަން ޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.