އިއްޔެގެ ބައްދަލުވުމަށް އިންޑިޔާގެ މަތީ ފަންތީގެ ބޭފުޅުން ވަޑައިގަންނަވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
15 Jan 2024 | 09:58
މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތައް ހުއްޓާނުލާ ކުރިއަށް ގެންދެވޭތޯ ރާއްޖެއާއެކު މަޝްވަރާ ކުރެވުނު: އިންޑިއާ

އިއްޔެ، ދިވެހިރާއްޖެ އާއި އިންޑިޔާގެ މަތީ ފަންތީގެ "ކޯ ގްރޫޕް" އާއިއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި ގާއިމްވެތިބި އިންޑިޔާ ސިފައިން ކުރިއަށް ގެންދާ މެޑިކަލް އިވެކުއޭޝަން އޮޕަރޭޝަންތައް ހުއްޓާ ނުލާ ކުރިއަށް ގެންދެވޭނެ ގޮތަކާއި މެދު، ރާއްޖެއާއެކު މަޝްވަރާ ކުރެވުނު ކަމަށް އިންޑިޔާއިން ބުނެފިއެވެ. 

ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް،  އެގައުމުގެ މަތީ ފަންތީގެ ބޭފުޅުންނާއި، ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުން ހިމެނޭހެން އުފައްދާފައިވާ ކޯ ގްރޫޕްގެ މަޝްވަރާ ބައްދަލުވުމެއް އިއްޔެ ހެނދުނުން ފެށިގެން ހަވީރާއި ޖެހެންދެން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާގައި ވަނީ ކުރިއަށް ގެންދެވިފައެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަތީ ފަންތީގެ ކޮމިޓީގައި އިންޑިއާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނެވީ؛ 
1) އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު މުނޫ މަހާވަރު
2) އިންޑިއާގެ ހާރިޖިއްޔާގެ ފަރާތުން، އިންޑިއާ ކަނޑުގެ ކަންކަމަށް ހާއްސަ ޖޮއިންޓް ސެކްރެޓަރީ ޕުނީތު އަގަރުވާލް
3) އިންޑިއާގެ ދިފާއީ ވުޒާރާގެ މަންދޫބުން
4) އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޭފުޅުން

ރާއްޖެ ތަމްސީލުކުރެއްވީ:
1) ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުالله ފަަޔާޒު
2) ދިވެހި ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުالله
3) ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖު ޑރ. އަލީ ނަސީރު
4) އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް ޝަހީބު

އެ މަޝްވަރާ ބައްދަލުވުމާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރަމުން އިންޑިޔާގެ އިކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ބައްދަލުވުމުގައި ދެގައުމު ދެމެދުގައި ގުޅުން ބަދަހިކޮށް، އިންޑިޔާއިން މިހާރުވެސް ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. 

"މީގެ އިތުރުން، އިންޑިޔާއިން ދިވެހިރާއްޖޭގައި ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން، ބަލި މީހުން އެތަނުން އަނެއް ތަނަށް އުފުލުމަށް ކުރިއަށް ގެންދާ މެޑްވެކް ހިދުމަތާއި، އިންސާނީ އެހީތެރިކަމުގެ އޮޕަރޭޝަންތައް ނުހުއްޓޭނެ ގޮތެއް ހޯދުމަށް ދެ ފަރާތުން ވެސް މަޝްވަރާ ކުރެވުނު."

އިންޑިޔާގެ ބަޔާން

އިންޑިޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން، މަތީފަންތީގެ ބޭފުޅުން ހިމެނޭ މި "ކޯ ގުރޫޕް" ގެ ދެން އޮތް ބައްދަލުވުން، ދެ ފަރާތައް ވެސް ފަސޭހަ ދުވަހަކުން އިންޑިޔާގައި ބޭއްވުމަށް އިއްޔެގެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. 

އިއްޔެ ބޭއްވުނު މި މަޝްވަރާ ބައްދަލުވުމާއި ގުޅޭގޮތުން ރާއްޖެއިން ވެސް ވަނީ ބަޔާނެއްް ނެރެފައެވެ.

އެގޮތުން ރާއްޖޭގެ ބަޔާނުގައި ބުނެފައިވާގޮތުން، އެ ބައްދަލުވުމުގައި، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ވޭހާވެސް އަވަހަށް އިންޑިޔާއަށް ފޮނުވާލުމަށް ދެގައުމުން ވެސް އެއްބަސް ވެފައިވާ ކަން ފާހަގަކޮށްފައިވެއެވެ. 

މީގެ އިތުރުން، މި ބައްދަލުވުމުގައި އަންނަ މާރިޗު 15 ގެ ކުރިން އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް އެދިފައިވާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. 

ރާއްޖޭގައި އިންޑިޔާ ސިފައިން ކުރިއަށް ގެންދާ މެޑިކަލް އިވެކުއޭޝަންތައް ހުއްޓާ ނުލާ ކުރިއަށް ގެންދިޔުމަށް މަޝްވަރާ ކުރެވިފައި ވާއިރު، އަންނަ މާރިޗު މަހުން ފެށިގެން ރާއްޖޭގައި އެއާ އެމްބިއުލާންސް ގެ ޚިދުމަތް ރާއްޖޭގައި ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.