ސުބްރަމާނިޔަމް ސްވާމީ: ފޮޓޯ: މަނީ ކޮންޓްރޯލް
ހަބަރު
15 Jan 2024 | 13:15
ރާއްޖެ ހިފުމަށް ގޮވާލި ސުބްރަމާނިޔަމް، ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލަން ހިތްވަރުދީފި!

އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭކަމަށް ބުނެ މީގެ ކުރިންވެސް މީސް މީޑިއާގައި އަޑުއުފުލި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު އަދި ވަޒީރުކަން ވެސް ކޮށްފައިވާ ސިޔާސީ ގޮތުން ނުފޫޒު ގަދަ ސުބްރަމާނިޔަމް ސްވާމީ، އަނެއްކާވެސް އިންޑިޔާއިން ރާއްޖެ ހިފުމަށް ހިތްވަރުދީފިއެވެ. 

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާޗް 15ގެ ކުރިން ގެންދިޔުމަށް ސަރުކާރުން ރަސްމީކޮށް އިންޑިޔާގައި އެދުމާއި ގުޅިގެން ކުރި ޓުވީޓެއްގައި ސުބްރަމާނިޔަމް ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިއުމަށް ދިވެހި ސަރުކާރުން ދީފައިވާ މުހުލަތަށް، އިންޑިއާ ސަރުކާރުން އަމަލުކުރައްވާނެތޯ ސުވާލު ކޮށްފައެވެ. 

އެގޮތުން ރާއްޖޭގެ އެ އެންގުމާއެކު ބޮޑުވަޒީރު މޯދީގެ ސަރުކާރުން އިންޑިއާގެ މޫނުމަތީ ތަފާލެއް ޖަހާނީތޯ ސްވާމީ ވަނީ ސުވާލު އުފައްދާފައެވެ.

ނޫނީ (މީގެ ކުރިން) ރާޖީވް ގާންދީ ހެއްދެވިހެން އިންޑިއާގެ ސިފައިންގެ ފައުޖެއް، އިތުބާރު ގެއްލިފައިވާ ރާއްޖެ (ހިފަން) ފޮނުވާ، (ރައީސް) މުއިއްޒުގެ ވެރިކަން ވައްޓާލާނީތޯ؟

ސުބްރަމާނިޔަމް ސްވާމީ

ބެލެވޭ ގޮތުގައި ރާޖީވް ގާންދީގެ ވެެރިކަމުގައި އިންޑިއާ ސިފައިންތަކެއް ރާއްޖެ އައި ކަމަށް ސްވާމީ އިޝާރަތް ކޮށްފައި އެވަނީ، 3 ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެއިން އިންޑިއާގެ އެހީ އަށް އެދުމުން އެ ގައުމުގެ ސިފައިން ރާއްޖެ އަށް ފޮނުވި ފޮނުވުމަށެވެ.

އިންޑިޔާގެ ލަކްޝަދީބުގައި އެގައުމުގެ ބޮޑުވަޒީރު ނަންގަވާފައިވާ ފޮޓޯތަކެއް މީސް މީޑިއާގައި އާންމު ކުރުމާއެކު ގުޅިގެން އުފެދުނު ބަހުސްތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެ ގައުމަށް ނިސްބަތްކޮށް ރާއްޖޭގެ ތިން ޑެޕިޔުޓީ މިނިސްޓަރަކު ބަދުބަސް ބުނި މައްސަލައެއް ފެންމަތިވެ ދެގައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ. 

އަދި މީގެ އިތުރުން ރައީސް މުއިއްޒުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިނުގެން ޗައިނާ އަށް ވަނީ ވަޑައިގެންފައެވެ. އަދި އެ ދަތުރަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ރާއްޖެއަށް ބުލީކޮށް ނުހެދޭނެ ކަމަށެވެ. 

އަދި މި ސަރުކާރުން އަންނަނީ އިންޑިއާއަށް ބަރޯސާވުން ކުޑަކުރަން ކާޑުގެ ބާވަތްތައް ތުރުކީން ހޯދުމާ ބޭސް ސީދާ ޔޫރަޕުން ގެނެވޭނެ މަގުފަހިކުރަން މަސައްކަތް ކުރަމުންނެވެ. އަދި މީގެ އިތުރުން އާސަންދައިން ބޭސްފަރުވާ ކުރުމަށް ތައިލޭންޑް ސަރަހައްދުން ވެސް އެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ސަރުކާރުން ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.