"ރަމަޒާން ބާޒާރު" ޕްރޮމޯޝަން އިފްތިތާހް ކުރުމުގެ ތެރެއިން-- ފޮޓޯ: ވޮއިސް
ވިޔަފާރި
15 Jan 2024 | 23:18
އަގުހުރި އިނާމު ތަކަކާއި އެކު އެސްޓިއޯގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފި

ކޮންމެ އަހަރަކުވެސް އެސްޓީއޯއިން ކުރިއަށް ގެންދާ އެސްޓިއޯގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަހަރުވެސް 300،000  ރުފިޔާގެ އަގުހުރި އިނާމު ތަކަކާއި އެކު ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށާއި ޕްރޮމޯޝަންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަން ކަމަށެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯގެ އައުޓްލެޓް ތަކެއް އެއްކޮށް ތިން ބަޔަކަށް ބަހައިލައިގެން ވަރަށް އަގުހުރި އިނާމުތަކެއް ލިބިގެން ދާނެއެވެ.

އޭގެތެރޭގައި ރޯދަމަހުގެ ކުރިން އެ އައުޓްލެޓް ތަކުން ކުރާ ވިޔަފާރި ތަކަށް 25% އާއި ހިސާބަށް ޑިސްކައުންޓް ލިބިގެންދާއިރު ރޯދަމަހުގެ ކުރިން މި ޕްރޮމޯޝަންގެ ތިން ނަސީބުވެރި ފަރާތެއް ހޮވިގެން ދާނެއެވެ.

އޭގެ ތެރެއިން އެއްވަނަ ފަރާތަކަށް 75،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބިގެން ދާއިރު، ދެވަނަ ފަރާތަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް، އަދި ތިންވަނަ ފަރާތަކަށް ތިން ރޫމް އެޕާޓްމެންޓުގައި ނިޕޯޕެއިންޓުގެ ކުލަ އަދި ކުލަ ލާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ރޯދަ މަހުގެ ތެރޭގައި މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއް ހޮވާ، 2500 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބިގެން ދާނެއެވެ. އަދި  މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރި ފަރާތެއް ހޮވުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

މިގޮތުން އެއްވަނަ އިނާމަށް ތުރުކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބިގެން ދާއިރު، ދެވަނަ ނަސީބުވެރި ފަރާތަކަށް ހޯމް އެޕިލިއެންސް  ޕެކޭޖެއް ލިބޭ އިރު، ތިންވަނަ ފަރާތަކަށް 65″ ފިލިޕްސް ޓީވީ އެއްލިބިގެން ދާނެއެވެ.

އެސްޓީއޯއިން ބުނީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި  ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުންތައް ކުރިޔަށް ދާނެ ކަމަށާއި އެ ގަޑީގައި ކަސްޓަމަރުން އަމިއްލައަށް ޕްރޮޑަކްޓް ތަޖުރިބާކުރުމުގެ ފުރަސަތު ލިބި، އެޕްރޮޑަކްޓުން ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.މީގެ އިތުރުންވެސް ކޮންމެ ހަފުތާއަކު ހުކުރު ،ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްސްތަކުންވެސް ޑިސްކައުންޓު ލިބިގެން ދާނެކަމަށް ވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އީ ސްޓޯރުން މެދުވެރި ކޮށް ވެސް ޕްރޮމޯޝަން ޕްރޮޑެކްޓު ލިބިގެން ދާނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ފުރިޖު އަދި ދޮންނަ މެޝިންފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީ އެސްޓީއޯއިން ކޮށްދޭނެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ 15 ޖެނުއަރީ އިން ފެށިގެން 11 އެޕްރީލް އަށް ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.