ސިވިލް ކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގ-- ފޮޓޯ/ ވޮއިސް
ހަބަރު
16 Jan 2024 | 10:59
ޓޯކުރި ސައިކަލެއް އޮޅިގެން ނައްތާލުމުން ބަދަލަށް -/82،000 ދޭން ޖެހިއްޖެ

ފުލުހުން ޓޯކުރި ސައިކަލެއް އޮޅިގެން ނައްތާލެވިފައިވާތީ ސައިކަލުގެ ވެރިފަރާތަށް -/82،000 ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލަ އަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އޭޕްރިލް 7 ވަނަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ޓޯކޮށްފައިވާ ސައިކަލެއް ހުޅުމާލޭ ޓޯ ޔާޑުގައި ހުއްޓާ ގެއްލިފައިވާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުމުން، އެ ސައިކަލުގެ ވެރިފަރާތުން، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ފުލުހުންނާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ. 

އެ މައްސަލާގައި ސައިކަލު ގެ ވެރިފަރާތުން ބުނެފައިވާ ގޮތުގައި، ފުލުހުން އޭނާގެ ސައިކަލް ޓޯވ ކުރީ އެކްސިޑެންޓް ހިނގި ވަގުތު ގައި އޭނާގެ އަތުގައި ލައިސަންސް ނެތުމުންނެވެ. 

އެގޮތުން ސައިކަލު ފުލުހުންގެ ބެލުމުގެ ދަށުގައި ބެއިންދީ 15 ދުވަހަށް ކަމަށާ، އެ މުއްދަތު ހަމަވުމުން ވެރިފަރާތުން ސައިކަލް ބަލައި ދިޔައިރު ސައިކަލް އެތަނުގައި ނެތް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

އެހެންކަމުން ސައިކަލުގެ ވެރިފަރާތުން ވަނީ، އޭނާގެ މުދަލެއް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުމުގެ ބަދަލުގައި، ސައިކަލް ގަންނަން ޚަރަދުވި، 57,900 ރުފިޔާއާއި، ޕިޔުނިޓިވް ޑެމޭޖަސްގެ ގޮތުގައި 19,300 އަދި ވަކީލުގެ ފީގެ ގޮތުގައި 25,000 އެކު ޖުމްލަ އެއް ލައްކަ ދެހާސް ދުއިސައްތަ ރުފިޔާ ހޯދުމަށް ދައުވާ ކޮށްފައެވެ. 

މި މައްސަލާގައި ކޯޓުގައި ދައުލަތުން ވަނީ، ސައިކަލް ޓޯވް ޔާޑްގައި ހުއްޓާ 19 އޭޕްރިލް 2022 ގައި ޓީވް ޔާޑުން ސައިކަލް ތަކެއް ނައްތާލުމަށް ގެންދެވުނު އިރު، އެ ސައިކަލްތަކާއެކު، ދައުވާ ކުރާ ފަރާތުގެ ސައިކަލު އޮޅިގެން ގެންދެވި ނައްތާލެވިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކަން ހިނގީ، އެ މަސައްކަތުގައި އުޅުނު ފުލުހަކު ގަސްތުގައި ކުރި ކަމަކުން ނޫން ކަމަށްވެސް ބުނެފައިވެއެވެ. 

މައްސަލައިގައި ސިވިލް ކޯޓުން އިއްވި ހުކުމުގައިވަނީ ސައިކަލުގެ އަގު ކަމަށްވާ -/57،000 އާއި ސައިކަލުގެ ވެރިފަރާތުން އެ މައްސަލާގައި ވަކީލަށް ހަރަދު ކުރަން ޖެހުނު 25،000ރ. އާ އެކު ޖުމްލަ 82،000ރ. ދައުލަތުން އެ މީހާއަށް ދައްކަން ޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ އެ ފައިސާ ހަތް ދުވަސް ތެރޭގައި ދެއްކުމަށް ވެސް އެ ހުކުމުގައި އަންގާފައިވެއެވެ.

އެ މައްސަލާގައި ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި -/19،000 ނަގައިދިނުމަށް އެދިފައިވީ ނަމަވެސް ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ. ސަބަބަކީ އެ ބާވަތުގެ ބަދަލަކީ ގަސްދުގައި ކުރާ ކަންކަމަށް ނަގައިދޭ ބަދަލެއް ކަމަށްވެފައި، އެ މައްސަލާގައި ސައިކަލު ނައްތާލެވުނީ އޮޅިގެން ކަމަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.