އެޗްޑީސީން ހަދަމުން ގެންދާ މިސްކިތް / ފޮޓޯ:އެޗްޑީސީ
ހަބަރު
17 Jan 2024 | 18:01
ރޯދައަށް ހުޅުމާލޭގައި ވަގުތީ މިސްކިތެއް އަޅަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ މަސައްކަތުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ވަގުތީ މިސްކިތެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ރޯދަމަހާއި ދިމާކޮށް ހުޅުމާލޭގައި ހަދާ ވަގުތީ މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެއްކަމަށާއި، މި މިސްކިތަކީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އިތުރުވުމާއި ގުޅިގެން، އެ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ލުޔެއް ގެނެސްދިނުމަށް ހަދަމުންދާ މިސްކިތެއްކަމަށް އެޗްޑީސީން ބުނެއެވެ.

މި ވަގުތީ މިސްކިތާއި ބެހޭ ގޮތުން އެޗްޑީސީން އިތުރަށް ބުނެފައިވަނީ  މިސްކިތް ހަދަނީ ހިޔާ ސަރަޙައްދުގައި ކުޑަކުދިންގެ ޕާކު ހަދާފައިވާ ސަރަޙައްދުގައި އޮތް ހުސްބިމެއްގައި ކަމަށާއި، އަދި ރޯދައިގެ ކުރިން މިސްކިތުގެ މަސައްކަތް ނިންމާލުމަށް ފަހު، ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

" ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ  ދެވަނަ  ފިޔަވަހީގައި  ދިރިއުޅޭ  ރައްޔިތުންނަށް ލުއިފަސޭހަ  ކޮށްދިނުމަށް، ވަގުތީ  މިސްކިތެއް  ބިނާ  ކުރުމުގެ  މަސައްކަތް  މިކުންފުނިން  މިދަނީ ހަލުވިކަމާއިއެކު  ކުރަމުންނެވެ. އަންހެނުންނާއި  ފިރިހެނުންގެ  ބައި  ވަކިކޮށް  ހަދަމުންދާ  މި  މިސްކިތުގައި  150  މީހުންގެ  ޖާގަ  ހިމެނެއެވެ.  މިކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ  ކުރިން  މި  ވަގުތީ މިސްކިތް  ނިންމުމެވެ." 

އެޗްޑީސީގެ އެކްސް ޕޯސްޓުގައި ބުނެފައިވެއެވެ.

ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުންނަށް ވާއިރު ، ކޮންމެ އަހަރެއްގެވެސް ރަމަޟާންމަސް ވެގެންދަނީ މިސްކިތްތަކަށް ވަރަށް ބާރު ބޮޑވެގެންދާ މަހެއްގެ ގޮތުގައެވެ. ވަކިން ޚާއްޞަކޮށް ރަމަޟާން މަހު ރޭއަޅުކަން އަދާ ކުރުމަށްޓަކައި ދެޖިންސްގެ މީހުން މިސްކިތްތަކުގެ ބޭނުން ހިފަމުންދެއެވެ. މިގޮތައް އަލަށް ހެދޭ ވަގުތީ މިސްކިތްތައް ވެސް ހަދާފައި ހުންނަނީ ދެޖިންސް ވަކިން ނަމާދުކުރެވޭ ގޮތަށްކަން ފާހަގަ ކޮށްލަން ޖެހެއެވެ.  

މިސަރުކާރުން މިހާރު ނިންމާފައިވާ ގޮތުގައި މިއަންނަ ރަމަޟާން މަހުގެ ފަހު ދިހާގައި ސަރުކާރު ބަންދު ވާނެއެވެ. އެގޮތަށް ނިންމާފައިވަނީ ދިވެހިންނަށް އަޅުކަން ކުރުމުގެ އިތުރު ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ކަމަށް ވެސް ސަރުކާރުން ހާމަކުރައްވައެވެ. 

ކޮމެންޓް
ރައްޒާޤް
މާލޭގެ ގިނަމިސްކިތްތަކުން ރޯދަމަހު ޖާގައެއްނުލިބޭ ވީވާ މާލޭގަވެސް އެބަޖެހޭ ވަގުތީ މިސްކިތްތައް ހަދައިގެންވެސް ޖަމާއަތައް އެރޭނެގޮތެއް ހަދަން
18 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.