މައިލޯއަކީ ސިއްހަތަށް ރަނގަޅު އެއްޗެއް ނޫންކަން ނެސްލޭއިން އެއްބަސްވެއްޖެ

12 Mar 2019 | 14:17

މަޝްހޫރު ބުއިމެއްކަމުގައިވާ މައިލޯއަކީ ސިއްހަތަށް ރަނގަޅު އެއްޗެއް ނޫންކަން އެ އުފައްދާ ނެސްލޭއިން އެއްބަސްވެއްޖެއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ނެސްލޭއިން ވަނީ މައިލޯގެ 4.5 ސްޓަރގެ ހެލްތް ރޭޓިންގް ނެގުމަށް ނިންމާފައެވެ. އެއީ އެ ރޭޓިންގް ދީފައިވަނީ ތިން ސަމުސާ މައިލޯއާއި ކިރުތައްޓެއްގެ މިންވަރުންކަމަށްވާތީއެވެ. ނަމަވެސް ގިނަ ފަރާތްތަކުން މައިލޯ ބޮމުން ދަނީ އެގޮތަށް ނޫންކަމަށް ނެސްލޭއިންވެސް ވަނީ އެއްބަސްވެފައެވެ.

މިއާއި އެކު ގިނަ ފަރާތްތަކުން ދަނީ މައިލޯގެ ހަގީގީ ރޭޓިންގް ކަމުގައިވާ 1.5 ސްޓަރގެ ރޭޓިންގް ހިމެނުމަށް އެދެމުންނެވެ.

މައިލޯ އުފައްދާ ނެސްލޭގެ ތަރުޖަމާނަކު ބުނީ 4.5 ސްޓަރގެ ހެލްތް ރޭޓިންްގް ނަގާފައިވަނީ މައިލޯ ހިކިކިރުން އެކަނިކަމަށާއި އެހެނިހެން ބާވަތްތަކުގައި އަދިވެސް އެ ރޭޓިންގް އިންނާނެކަމަށެވެ.

މައިލޯއިން މި ރޭޓިންގް ނަގާފައިވަނީ މައިލޯއަކީ ސިއްހަތަށް އެހާ ރަނގަޅު ނޫން، ހަކުރު ގިނަ އެއްޗެއްކަމަށް ބުނެ ގިނަ ފަރާތްތަކުން ކެމްޕެއިން ކުރަމުންދަނިކޮށެވެ.

Advertisement

ކޮމެންޓް

Advertisement