ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ ދެން
ހަބަރު
22 Jan 2024 | 15:17
ރައީސް ޑރ މުއިއްޒުގެ ނިއްމެވުން: ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް ފޯމު ހުށަހެޅި ހުރިހާ ބޭފުޅުންނަށް ވާދަކުރެއްވޭނެ

ރައްޔިތުން މަޖިލސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ނަން ހުށައެޅުއްވި އެންމެންނަށްވެސް ޕްރައިމަރީގައި ވާދަކުރެވޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. 

އަބްދުއްރަޙިމްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ  ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަން ހުށައެޅުއްވި ހުރިހާ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި ކަމަށެވެ. 

ރައީސް މިގޮތަށް ނިންމަވާފައި މިވަނީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނަން ހުށައެޅުއްވި ބައެއް ފަރާތްތައް ޕްރައިމަރީގައި ބައިވެރިވުމުގެ ޝަރުތު ހަމަ ނުވާކަމަށް ބުނެ ޕަރައިމަރީގައި ވާދަނުކުރެވޭނެ ގޮތް ހެދުމާއި ގުޅިގެން އެ ކޯލިޝަންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. 

މިކަމަށް އިޝާރާތް ކުރައްވާ ޢަބުދުއްރަޙީމުގެ އެކްސްޕޯސްޓްގައި ވިދާޅުވެފައިވަނީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު ރައީސް އެގޮތަށް ނިންމެވީ ކަމަށެވެ. 

" ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތި ނުލެވޭގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ރިޢާޔަތް ކުރެއްވުމަށްފަހު،ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހައި ބޭފުޅުންނަށް ވާދަކުރެއްވޭގޮތަށް ޕްރައިމަރީ ބާއްވަން ޕާޓީގެ ރައީސް،ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފި." ޢަބުދުއްރަޙިމްުގެ ޕޯސްޓުގައި ވިދާޅުވެަފއިވެއެވެ. 

ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ޕްރައިމަރީ ބޭއްވުމަސް ހަމަޖެހިފައިވަނީ މިމަހުގެ 27 ވާ ހިނިހިރުދުވަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.