މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލް އަދި ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރ ޢަލީ އާޒިމް-- ފޮޓޯ/ދެން
ހަބަރު
24 Jan 2024 | 16:17
ޑިމޮކްރެޓްސް އާއި އެމްޑީޕީ މަޖިލިސް ތެރޭގައި އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ!

މިހާރުގެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، (އެމްޑީޕީ)އާ، އެޕާޓީގެ ސިޔާސަތުތައް ރަނގަޅު ނޫން ކަމަށް ބުނެ، ޕާޓީން ވަކިވެ، ވަކި ޕާޓީއެއް އުފެއްދި، ޑިމޮކްރެޓްސް، މަޖިލީހުގެ ތެރެއިން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެއެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން، ވައްކަންކޮށް، ބޮޑެތި ޚިޔާނާތްތަކުގައި ބައިވެރިވެ، އެމްޑީޕީ ކޮރަޕްޝަންގެ ހާއްޔަކަށް ހަދައި، ޕާޓީގެ އުފެދުނު އަސާސްތައް ބޮލާލާޖަހާފައިވާ ކަމަށްބުނެ، އެޕާޓީން ވަކިވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ޑިމޮކްރެޓްސް ގެ ނަމުގައި އައު ޕާޓީއެއް އުފައްދާފައިވާ އިރު، ކުރީ ސަރުކާރު ބަދަލު ވުމާއި ހަމައަށްވެސް ޑިމޮކްރެޓްސް އޮތީ އެމްޑީޕީއާ ދެކޮޅަށެވެ. 

އެހެން ނަމަވެސް، ސަރުކާރު ބަދަލުވެ، ދެ މަސްދުވަސް މިހާތަނަށް ވެފައިވާއިރު، ޑިމޮކްރެޓްސް ގެ މެންބަރުން އެމްޑީޕީއާ އެއްކޮޅަށް ވާހަކަދައްކަވަން ފަށާފައިވާއިރު، މިހަފްތާ ތެރޭގައި ވަނީ އެ ދެޕާޓީގެ އިސްބޭފުޅުން އެކުގައި ބައްދަލުވުމެއް ވެސް ބާއްވައިފައެވެ. 

އެކަމާއި ގުޅޭ ތަފްސީލް ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، ޑިމޮކްރެޓްސް އާއި އެކު މަސައްކަތް ކުރަން ނިންމާފައިވަނީ އަދުގެ ސަރުކާރުން ނުރަނގަޅަށް ގިނަ ކަންތައްތަކެއް ކުރަމުންދާތީ، އެކަމަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ. 

"މި ސަރުކާރު ހަންމަތަ ކުރުމާއި، ޖަވާބުދާރީ ކުރުވުމާއި، މިގައުމުގެ ޑިމޮކްރެޓިކް މުސްތަގުބަލު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސްގެ ތެރެއިން ގެނައުމަށް، މަޖިލިސްގެ ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް (ނިންމީ)." 

ފައްޔާޒު އިސްމާއީލް 

ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުވެގެން މަޖިލިސް ތެރެއިން ކުރާނެ ބައެއް މަސައްކަތް ތަކަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވަމުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސް ގެ ރައީސް ހަސަން ލަތީފް ވިދާޅުވީ، ގާނޫނު އަސާސީއަށް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް، އެ ދެޕާޓީއަށްވެސް ފެންނަ ކަމަށެވެ.

އެގޮތުން ހަސަން ލަތީފް ފާހަގަކުރެއްވި ކަންކަމަކީ؛

1) މަޖިލިސް މެންބަރުންގެ އަދަދު މަދުކޮށް، މެންބަރުންގެ އަދަދަކީ "ތަޅު ލެވިފައި އޮތް އަދަދަކަށް ހެދުމަށް" ގާނޫނު އިސްލާހު ކުރުން

2) ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ވަކި މިންވަރަކަށް ހިފެހެއްޓުމަށް ގާނޫނު އަސާސީ އާއި ގާނޫނަށް ބަދަލު ގެނައުން. 

3) ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އެ ރެގިޔުލޭޓް ކުރެވޭނެގޮތް ގާނޫނަކުން ކަނޑައެޅުން

4) އިންތިޚާބުތައް ރަމަޟާން މަހުގައި ނުބޭއްވޭގޮތަށް ގާނޫނު އިސްލާހު ކުރުން

5) ސަރުކާރުން ދަރަނި ނަގާގޮތާއި، ދަރަނި ބޭނުން ކުރާ ގޮތާއި، އަދި އެ ދަރަނީގެ މިންވަރު ހުންނަންޖެހޭނެ ގޮތާއިމެދު މަޝްވަރާކޮށް، ރާއްޖޭގެ އިގްތިސާދު ހިފެހެއްޓޭނެ ގޮތަކަށް ގާނޫނު ބަދަލު ކުރުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.