ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު-- ފޮޓޯ/ މަޖިލިސް
ހަބަރު
25 Jan 2024 | 10:44
ރައްޔިތުން މި ސަރުކާރު ގެނައީ ކުރީ ސަރުކާރުން ގެންގުޅު ޚާރިޖީ ސިޔާސަތު ކަމުނުދިޔައީމަ: ސިރާޖު

ދިވެހި ރައްޔިތުން ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ މި ސަރުކާރު ގެނައި މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން ގެންގުޅު ޚާރިޖީ ސިޔާސަތު ކަމުނުދިޔުން ކަމަށް، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީ ދެފަޅިވެގެން އުފެދު ޑިމޮކްރެޓްސް އިން، އެމްޑީޕީއާއި އެކު މަސައްކަތް ތަކެއް ކުރުމަށް ނިންމައި އެކަން އިއުލާން ކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދެޕާޓީން ވެސް ވަނީ، އެކީގައި މަސައްކަތް ކުރަން ނިންމި އެއް ސަބަބަކީ މިސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތު ކަމުނުދިޔުން ކަމަށް ބުނެފައެވެ. 

އެކަމާއި ގުޅިގެން ސިރާޖު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިން އެދެނީ ހުރިހާ ގައުމަކާ ރަނގަޅު ގުޅުމެއް ގާއިމުކޮށް، ވަކި ގައުމަކަށް ބަރޯސާނުވެ، ހިންދަމައިލަން ކަމަށެވެ. 

"ރައީސް ‎މުޢިއްޒުގެ ފޮރިން ޕޮލިސީ ބަރާބަރު. އެއީ ޕްރޯ މޯލްޑިވްސް."

މޫސާ ސިރާޖު 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ އިންޑިއާއަށް ވަރަށް ބޮޑަށް ބުރަވެފައިވާ ކަމަށް އޭރު އިދިކޮޅުގައި އޮވެގެން މިހާރުގެ ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ. އެގޮތުން، އެގައުމުން އެކަނި އެތަކެއް ލޯނުތައް ނަގައި، ޕްރޮޖެކްޓް ތައްވެސް އިންޑިޔާގެ އެކި ކުންފުނިތަކަށް ދީފައިވާ ކަމަށް ބުނެ، ވަނީ ފާޑުކިޔާފައެވެ. 

އެއަށްފަހު ރައީސުލްޖުމުހޫރިއްޔާ ޑރ މުޢިއްޒު ވެރިކަމަށް ވަޑައިގެން އެމަނިކުފާނު ވަނީ، އެމަނިކުފާނު ގެންގުޅުއްވާނީ ޕްރޯ މޯލްޑިވްސް ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. އަދި، އިން ފަހަނައަޅައި ނުދާހާ ހިނދަކު ހުރިހާ ގައުމަކާއި ވެސް ގުޅުން ބާއްވަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

އެއަށްފަހު، ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން އެމަނިކުފާނު ވަނީ، ހުރިހާ ޚިދުމަތެއް ހޯދަން ވަކި ގައުމަކަށް ބަރޯސާ ވުމުގެ ބަދަލުގައި އެހެން ގައުމުތަކުންވެސް އެހީ ހޯދުމުގެ ސިޔާސަތު ސަރުކާރުން ގެންގުޅޭ ކަން ހާމަކުރައްވާފައެވެ. އެގޮތުން، ކާޑުގެ ބާވަތްތަކާއި، ބޭސްފަރުވާ ފަދަ ޚިދުމަތްތައް ވެސް އިންޑިޔާގެ އިތުރުން އެހެން ގައުމުތަކުން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އިއުލާން ކުރެއްވިއެވެ. 

އެއާއެކުވެސް އެމްޑީޕީން ވަނީ، މިސަރުކާރުން އިންޑިޔާއާއި ދެކޮޅު ވަނީ ކަމަށް ބުނެ ބޮޑަށް ފާޑުކިޔާފައެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.