ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ވޮއިސް
ހަބަރު
25 Jan 2024 | 15:28
ރައްޔިތުން އިންތިހާބުކޮށްފަ ހުރި ރައީސެއްގެ އަތް ބަންނަން ކުރާ މަސައްކަތަކަށް ތާއީދެއް ނުކުރަން: އަބްދުއްރަހީމް

ރައްޔިތުން އިންތިހާބުކޮށްފަ ހުރި ރައީސުލްޖުމްހޫރިއްޔާއެއްގެ އަތް ބަންނަން ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ  ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ފުރަތަމަ ސިޔާސީ މަގާމްތައް މަދުކުރަން، ގާނޫނަށް ގެންނަ އިސްލާހަށް އަޅުގަނޑުމެން ތާއީދު ކުރާނެތޯ. ރައްޔިތުން އިންތިހާބުކޮށްފަ ހުރި ރައީސުލްޖުމްހޫރިއްޔާއެއްގެ އަތް ބަންނަން ކުރާ މަސައްކަތަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން. އެއީ އޭގެ ޖަވާބަކީ."

އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަބްދުއްރަހީމް ވިދާޅުވީ ދަ ޑިމޮކްރެޓްސް އަށް އޭރު އެމްޑީޕީގެ ސިޔާސަތެއް ކަމަކު ނުދިޔަ ކަމަށާއި  ވެރިކަން ބަދަލުކުރަން ނުކުތީ އެހެންވެ ކަމަށެވެ. އޭރު ރައީސް ޑރ.މުއިއްޒު ގެންގުޅުއްވާ ސިޔާސަތު ވަރަށް ރަނގަޅުކަމަށް ބުނި ކަމަށާއި އެމަނިކުފާނުގެ ސިޔާސަތާއި ޕީޕީއެމް ޕީއެންސީގެ ސަރުކާރު ކަމުނުދިޔައީ އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް ނުވަތަ ބޭނުންފުޅުވާ ކަމެއް ހާސިލު ނުވީމާ ކަމަށެވެ.

"މިއަދު އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް ނުވަތަ ބޭނުންފުޅުވާ ކަމެއް ހާސިލު ނުވީމާ ޑރ.މުއިއްޒުގެ ސިޔާސަތު ކަމުނުދިޔައީ. ޕީޕީއެމް ޕީއެންސީގެ ސަރުކާރު ކަމުނުދިޔައީ. އަލުން އަނބުރާ ގޮސް ހަމަ މިއިށީނީ އޭރުގައި ކަމުނުދިޔަ ސިޔާސަތު ގެންގުޅުނު މޭޒުގައި. އެހެންވީމަ އެބަ އެނގޭނޫންތޯ ރައްޔިތުންނަށް މިދައްކާ ވާހަކައިގެ ދެކޮޅު ދިމާނުވާކަން."

އަބްދުއްރަހީމް ވިދާޅުވިއެވެ.

މިހާތަނަށް އައިރު ޑރ.މުއިއްޒުގެ ސިޔާސަތު ކަމުނުގޮސްގެން ދެއްކި ވާހަކައެއް ނޭނގޭ ކަމަށާއި އެބޭފުޅުންނަށް ރައީސް ޑރ.މުއިއްޒުގެ ސިޔާސަތުގެ ތެރެއިން ކަމުނުދިޔަ ކަމެއް ވިދާޅުވެދެއްވަން ވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވާއިރު އިއްޔެ ވަނީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ދާއިރާތަކުގެ އާބާދީގެ ނިސްބަތަށް ބަލައި، މަޖިލީހުގެ މެމްބަރުންގެ އަދަދަށް ކޮންމެ ދައުރެއްގައި ވެސް ބޮޑެތި ބަދަލުތަކެއް އަންނާތީ، އެ ދެ ޕާޓީ ގުޅީގެން މި އަދަދު ލިމިޓް ކުރުމަށް ޤާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެކަން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.