ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން-- ފޮޓޯ: ވޮއިސް
ހަބަރު
25 Jan 2024 | 18:45
ސަރުކާރު ހުއްޓުވާލެވިދާނޭ ހީފުޅުނު ނުކުރައްވާތި، އެކަމެއް ނުވާނެ: އަބްދުއްރަހީމް

ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުންނުދީ ހިފަހައްޓައިގެން ސަރުކާރު ހުއްޓުވާނުލެވޭކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ޒީވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ޕީޕީއެމް ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެހާ ބޮޑަށް ގައުމަށް ހެޔޮއެދިވަޑައިގަންނަވާ ރައްޔިތުން ދެކެ ލޯބިވާ ބަޔަކު ނަމަ ރައްޔިތުން އިންތިހާބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަކު ފުރަތަމަ އެކުލަވާލައްވާ ކެބިނެޓަށް ރުހުން ދެއްވާނެ ކަމަށެވެ.

ރައީސް ޑރ.މުއިއްޒު އެކުލަވާލެއްވި ކެބިނެޓަށް ރުހުން ނުދީ ހިފެހެއްޓޭ ކަމަށް ވަންޏާ އެކަން ކުރުމަށް ބޭނުންވާ މެމްބަރުންނާއި ބާރު އިދިކޮޅުގައި އެބައޮތް ކަމަށާއި އެކަމަކު އެކަމުން ސަރުކާރު ހުއްޓުވޭނެކަމަށް ހީފުޅުކުރައްވައިގެން ނުވާނެ ކަމަށެވެ.

" މާދަމާ ސައީދަށް ރުހުން ނުދެއްވީ. އަނެއް ދުވަހު ހަމަ އެމަގާމަށް ސައީދު އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮވޭ. އެހެންވީމަ އެއީ ސަރުކާރު ހުއްޓުވާލެވޭނެ ގޮތެއް ނޫން. "

އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ ކެބިނެޓް އެކުލަވާލުމަކީ ގަނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކުރައްވާފައި އޮތް މަސްއޫލިއްޔަތަކަށް ވާއިރު ވަޒީރުންނަށް ރުހުން ނުދީ އިދިކޮޅުން ޑިމޮކްރަސީގެ ވާހަކަ ދައްކާނީ ކިނެއްތޯ ސުވާލު އުފައްދަވާފައެވެ. މިކަމުންވެސް އިނގެނީ އެބޭފުޅުންގެ ހަމައެއް އުސޫލެއް ނެތްކަމާއި ޑިމޮކްރަސީގެ ކަންފުޅެއްވެސް އެބޭފުޅުންގެ ނެތް ކަން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެބޭފުޅާ ވިދާޅުވީ ފެހި ގާނޫނު އަސާސީގެ ދަށުން މީގެ ކުރިން އައި ކޮންމެ ސަރުކާރަކަށް ވެސް އޭރު އޮތް އިދިކޮޅުން ރުހުން ދިންކަމަށާއި މިކަން މިކުރަނީ ދިވެހި ރާއްޖޭގެ ތާރީހުގައި އަލަށް ކަމަށެވެ. އަދި އިދިކޮޅު ރުއްސަން ކޮންމެހެން ނޫޅުއްވާ ކަމަށާއި ރުހުން ދިނުމަކީ އެއީ އެބޭފުޅުންނާ ޑީލް ކަޓް ކޮށްގެން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

 ވަޒީރަކަށް ރުހުން ނުދީގެން ސަރުކާރު ހުއްޓުވާލެވޭނެ ކަމަށް ހީކުރެވޭނަމަ އެއީ ކުށްހީއެއް ކަމަށާއި އެކަމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތެއް ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ އިދިކޮޅަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.