ޗާގޯސްގެ ޗާޓް
ހަބަރު
27 Jan 2024 | 11:01
ޗާގޯސް ރަށްތައް އަނބުރައި ނުދޭން އިނގިރޭސި ސަރުކާރުން ނިންމައިފި

ޗާގޯސްގެ ރަށްތަކުގައި ދިރިއުޅުނު މީހުން އަލުން އެރަށްތަކަށް ގެންގޮސް ވަޒަންވެރިވާން ފުރުސަތުދޭން އިނގިރޭސި ސަރުކާރުން އުޅުނު އުޅުން ހުއްޓާލައި އެރަށްތައް ޗާގޯސިއަނުންނަށް ނުދޭން އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ.

ޗާގޯސްގެ ރަށްތަކުގައި ދިރިއުޅުނު މީހުން އަލުން އެރަށްތަކަށް ގެންދިއުމަކީ އެއީ އިނގިރޭސި ސަރުކާރުން މިހާރު ނުކުރާނެ ކަމެއްކަމަށް ހާމަކުރީ އިނގިރޭސި ޚާރިޖީވަޒީރު ޑޭވިޑް ކެމެރަން އިގިރޭސި ގާނޫން ހަދާ މަޖިލީހުގެ ފޮރިން އެފެއަޒް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުނެވެ.

ޗާގޯސް ފަޅުރަށްތައް ފަރަންސޭސީންނާއި އިނގިރޭސިންގެ އިސްތިއުމާރީ ދުވަސްވަރު އެމީހުންގެ ބާރުގެ ދަށުގައި ބާއްވައިގެން އަޅުމަސައްކަތްކުރަން ގެންދިއަ މީހުންގެ އާއިލާތައް ބޮޑުވެ މީހުން ދިރިއުޅެމުންދަނިކޮށް ގަދަކަމުން އިނގިރޭސިން އެރަށްތަކުން އެމީހުން ބޭލީ 1960 އާއި 1970 އާ ދެމެދުގެ އަހަރު ތަކުގެތެރޭގައެވެ.

އެއަށްފަހު އެރަށްތަކަށް އެނބުރި އައުމުގެ ހައްގު ހޯދުމަށް ޗާގޯސިއަނުން ދުނިޔޭގެ ފެންވަރުގައި ކެމްޕޭން ކުރަމުންގޮސް އިނގިރޭސި ސަރުކާރުން މިދިޔަ އަހަރު ނިންމާފައި އޮތީ އެރަށްތަކުގައި އުޅުނު މީހުން އަނބުރާ އައުމަށް ހުއްދަ ދިނުމަށެވެ. އެހެންނަމަވެސް ޚާރިޖީ ވަޒީރުކަމާއި ޑޭވިޑް ކެމެރަން ހަވާލުވުމަށްފަހު ވަނީ މިސިޔާސަތު ބަދަލުކޮށް އިނގިރޭސި ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެއްގެ ގޮތުގައި ބާއްވަން ނިންމާފައެވެ.

ޑޭވިޑް ކެމެރަން ވިދާޅުވީ އިނގިރޭސިންގެ ބާރުގެ ދަށުގައި އެރަށްތައް ބާއްވަންޖެހެނީ ސަލާމަތީ ސަބަބުތަކަކާއި ޑިއަގޯގާސިއާގައި ހުރި އަސްކަރީ ބޭސްތަކުގެ ރައްކާތެރިކަމަށްޓަކައެވެ.

އިނގިރޭސިންގެ ބާރުގެ ދަށަށް އެރަށްތައް ގެންދިއައީ ފަރަންސޭސިންގެ ބާރު ކެނޑުމުން 1814 ވަނަ އަހަރުއެވެ. 1967 އާއި 1971 އާއި ދޭތެރޭގައި އިނގިރޭސިން އެރަށްތަކުގައި ތިބި 2000  ވަރަކަށް މީހުން މޮރިޝަސްއާއި ސީޝެލްސަށް ފޮނުވައިލިއެވެ. 1968 ގައި މޮރިޝަސްގައި ދައުލަތެއް އުފެދި މިނިވަންކަން ލިބުމުން އެގައުމުންދަނީ ޗާގޯސްއަކީ އެގައުމުގެ ރަށްތަކެއް ކަމަށް ދައުވާ ކުރަމުންނެވެ. އެހެންނަމަވެސް އެރަށްރަކަކީ މޮރިޝަސްގެ ރަށްތަކެއް ކަމަށް ބައިނަލް އަގުވާމީގޮތުން އަދި ނުނިންމައެވެ.

ދާދިފަހުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހްގެ ވެރިކަމުގައި އެމަނިކުފާނު ރާއްޖޭގެ ގާނޫން ހަދާ މަޖިލީހަށް ނާންގަވައި މޮރިޝަސްގެ ރައީސަށް ސިޓީފުޅެއް ފޮނުއްވައި ޗާގޯސްއަކީ މޮރިޝަސްގެ ރަށްތަކެއްކަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާކަމަށް ވިދާޅުވުމުން މޮރިޝަސްއިން އިޓްލޮސްއަށް އެސިޓީ ހުށަހަޅައިގެން ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ބަލައި ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް މޮރިޝަސްއާއި ރާއްޖެއާއި ދެމެދުވަނީ ބަހައިފައެވެ.

ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންފައި މިހާރުގެންދަވަނީ ދިވެހިރާއްޖެއިން ގެއްލުނު ސަރަހައްދު އަލުން އަނބުރައި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް
ޢަލީ
ދިވެހިކަނޑުން ބައެއް ދޫކޮށްލި ޚާއިނުގެ މައްސަލަ ތަޙުޤީޤުކޮށް ދަޢުވާކުރަން ފޮނުވުން އޮތީ ކިހިނެތްތޯ؟
27 Jan 2024
ގުޅޭ ލިޔުންތައް
06 Jul 2026
ފުންފަޅުގޭގައި ރޯވުން: ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެނީ، ތުއްތު ކުއްޖަކު ހިމެނޭ
ގަލޮޅު ފުންފަޅު ގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން ދުމުގެ އަސަރުކޮށްގެން 21 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
06 Jul 2026
ގަލޮޅު ފުންފަޅު ގޭގައި ރޯވުން: 58 މީހަކަށް އެހީތެރިކަން ފޯރުކޮށް ދެނީ
އެންޑީއެމްއޭ އިން ބުނީ މިރޭ ހިނގި އަލިފާނުގެ ހާދިސާ ގުޅިގެން 58 މީހަކަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންދާ ކަމަށެވެ.
06 Jul 2026
ހިޔާގެ ހުރިހާ ޓަވަރެއްގައި ދެ ލިފްޓް ހަރުކޮށް ނިންމައިފި
ހިޔާ ޓަވަރުތަކުގައި އިތުރަށް ހަރުކުރި 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށްވުރެ ގިނައިން ޚަރަދުވި ކަމަށް އެޗްޑީސީން ބުނެ އެވެ.
05 Jul 2026
ގަލޮޅު ފުންފަޅު ގޭގެ ފަންގިފިލައެއްގައި އަލިފާނުގެ ހާދިސާއެއް
05 Jul 2026
ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި ވިޔަފާރި ބޭނުމަށް ކަންކަން ކުރެވޭނެ ގޮތް ހަދަނީ
"ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަކަމާ ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ," މުއްތަލިބު ވިދާޅުވި އެވެ.
05 Jul 2026
ފޭކް އިންޖެކްޝަންތަކެއް ދައުރުވާކަން ޑަބްލިއުއެޗްއޯގެ ސަމާލުކަމަށް ގެނައީ ރާއްޖެއިން
"ޑާޒަލެކްސް" ގެ ފޭކް އުފެއްދުންތަކެއް ރާއްޖޭގައި ދައުރުވަމުންދާކަމަށް އެނގިފައިވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ރެންޑަމް އިންސްޕެކްޝަނަކުންނެވެ
05 Jul 2026
ނޭޝަނަލް ކާޑިއެކް ސެންޓަރަށް 10 އަހަރު؛ އާ ނަމާ، ލޯގޯ އިފްތިތާހު ކޮށްފި
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އާ ނަމެއްގެ ގޮތުގައި މިއަދު އިފްތިތާހު ކުރެވުނު ނަމަކީ ކާޑިއޯ ވެސްކިއުލާ ސައިންސާ ބެހޭ ޤައުމީ މަރުކަޒެވެ.
05 Jul 2026
ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަނީ
ފޯރަމް އޮންނާނީ ނިވާ ކުރުމްބާ ގަ އެވެ. ދެ ދުވަހަށް މި ފޯރަމް ކުރިއަށް ދާނީ 29 އަދި 30 ވަނަ ދުވަހު އެވެ.