ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީޕީއެމް
ހަބަރު
27 Jan 2024 | 17:27
ވޯޓާސް ލިސްޓުތަކަށް ބަދަލު ގެނެސްފައިވާކަމަށް ކުރެވޭ ތުހުމަތުތައް ރައީސް ޑރ.މުއިއްޒު ދޮގު ކުރައްވައިފި

ޕީޕީއެމް/ޕީއެންސީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓު ލެވޭ ފަރާތްތަކުގެ ލިސްޓަށް ބަދަލުގެނައި ކަމަށް ކުރެވޭ ތުހުމަތުތައް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުމުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ހެންވޭރު ދަނޑަށް ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި އެވެ.

ރައީސް ޑރ.މުއިއްޒު ވަނީ އެކަހަލަ ކަމެއް ހިނގައިގެން ނުވާނެ ކަމަށާއި ވޯޓާސް ލިސްޓަށް ބަދަލު ގެނައުމަކީ އެ ކޯލިޝަނުން ގަބޫލުކުރާ ހަމައެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ދެން ވެސް ތުހުމަތެއް ނުވަތަ ޝަކުވާއެއް އޮތްނަމަ ހުށައެޅުމުން ދެފުށް ފެންނަ ގޮތަށް އެކަން ހަމަހަމަކަމާއި އެކު ބަލައިދެއްވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

''އަޅުގަނޑެއް ހަމަގައިމުވެސް ގަބޫލެއް ނުކުރަން އެކަހަލަ ކަމެއް ހިނގައިގެންވާނެ ކަމަކަށް. ނުހިނގާނެ. އަޅުގަނޑުމެން ބޭނުންވަނީ ފްރީ އެންޑް ފެއަރ އިލެކްޝަނެއް ބާއްވަން. ދެން ތުހުމަތެއް ޝަކުވާއެއް އޮތިއްޔާ ހުށަހަޅައިގެން ވަރަށް ދެފުށް ފެންނަ ގޮތަށް ހަމަހަމަކޮށް ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން އެކަން ބަލައިދޭނަން.''

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ވޯޓުލުން ކުރިއަށް ދަނީ ވަރަށް ހަމަޖެހުމާއި އޮމާން ކަމާއި އެކު ކަމަށާއި ދެތިން ދިމާލަކުން ހަމަނުޖެހުން ހިނގިތަން ފެނުނަސް އެކަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. 

ޖުމްލަ 283 ކެނޑިޑޭޓުން ވާދަކުރާ ޕްރައިމަރީ އަކީ ޕީޕީއެމް/ ޕީއެންސީ ގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 73 ދާއިރާއަކުން ކުރިމަތިލާނެ ފަރާތެއް ހޮވުމަށް ބާއްވާ އިންތިހާބެކެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 10 ޖެހިއިރު ފެށިގެން ގޮސްފައިވާއިރު، ވޯޓް ލުމުގެ ފުރުސަތު ވަނީ މިއަދު ހަވީރު 5 އާއި ހަމައަށް ހުޅުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.