އެމްޑީޕީގެ ލީޑަރޝިޕްގައި މަސައްކަތް ކުރެއްވި ބޭފުޅުން
ރިޕޯޓް
29 Jan 2024 | 16:47
އަނެއްކާވެސް ސަރުކާރު ވައްޓާލުމުގެ ބަޣާވަތަކަށްތަ؟

އެމްޑީޕީން ވެރިކަން ހިނގި ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރާއި މެދު ރައްޔިތުން ހިތްހަމަ ނުޖެހި އެމަނިކުފާނަށް ދެވަނަ ދައުރެއް ނުދީ ރައްޔިތުން ބޮޑު އަޣްލަބިއްޔަތަކުން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ވޯޓްދީ ރައީސްކަމަށް އިންތިޚާބުކޮށް އެމަނިކުފާނު ސަރުކާރު ހިންގެވުމާއި ޙަވާލުވިތާ އަދި ދެމަސްދުވަސްވީ ކިރިޔާއެވެ. ރައްޔިތުންގެ މަޖިލޯހުގެތެރެއިން ރައީސް ޑޮކްޓަރ މުޢިއްޒު ވެރިކަމުން އަޒުލުކުރުމުގެ ރޭވުންތައް ރާވައި އެމްޑީޕީން އެ އޮތީ ރާއްޖޭގެ ގާނޫނީ ވެރިކަން ވައްޓާލުމަށް އަނެއްވެސް ތައްޔާރުވެފައެވެ. ރައްޔިތުންގެ މަޖިލީހުގެތެރެއިން މިއަދު އެޕާޓީން ކުރި އަނެއް ކަމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގައި ރައްޔިތުންނަށް ޚިދުމަތްދިނުމާއި ގުޅިފައިވާ އެންމެ ބްރައިޓް ސިކުނޑިތައް ނުވަތަ ލަޔާގަތްތެރި ބޭފުޅުންނަށް މަޖިލީހުގެތެރެއިން ދޭންޖެހޭ ރުހުން ނުދީ ބޭރުކޮށްލާފައެވެ. ބޭނުމަކީ އާ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ދަތިކުރުމެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ދެކެ އެމްޑީޕީން ރުޅިއައިސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ. އެޕާޓީގެ ރުޅިވެރިކަން ހައްދުން ނެއްޓިގެން މިއުޅެނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް މުއިއްޒުގެ ސަރުކާރުން ގެނައި ބަދަލާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެގައުމަށް ފޮނުވާލުމަށް ނިންމުމުންނެވެ. މިމައްސަލާގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރު ދެކެ ވަރަށް ބޮޑަށް ނުރުހި އެގައުމުގެ ނޫސްތަކުން ކެނޑިނޭޅި ދިވެހިރާއްޖޭގެ ބުރުސޫރަ ހުތުރުކުރުމަށް ޕްރޯ ޗައިނާ އަދި އެންޓި އިންޑިއާ ސަރުކާރެކޭ ކިޔައިގެން ހިންގާ ބަހުސްތަކުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ވެރިން ބައިވެރިވެވަޑައިގެން އިންޑިއާގެ ދިފާއުގައި މަސައްކަތް ކުރަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން އެބަބުނެއެވެ.

މިދަނޑިވަޅުގެތެރޭގައި ރާއްޖޭގައި ރައްޔިތުން ވޯޓްލައިގެން ހޮވި ސަރުކާރު އަދި ކެބިނެޓަށް ވަޒީރުން ހޮވައި ނުނިމެނީސް އަޑިނޭގޭ ރޭވުމެއްގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން އެމްޑީޕީން ނިންމާނީ ފިސާރި ބާރުހުރި ފަރާތްތަކަކުން އެކަމުގެ ފަހަތުގައި އޮތުމުންކަން އެނގެއެވެ. ގާނޫނީ ސަރުކާރު ވައްޓާލަން އުޅުމަކީ އެޕާޓީން އަލަށް ކުރާ ކަމެއް ނޫނެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ހަތްވަނަ ދުވަހު ރައީސް ކަމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައި ދެން އުފެދުނު ސަރުކާރު ވައްޓާލަން ފެބްރުއަރީ 8 ވަނަ ދުވަހު އެޕާޓީން މަގުތަކަށް ނުކުމެ ރާއްޖޭގެ އެތައް މިތާގައިހުރި ސަރުކާރުގެ މުދާތައް އަންދައި އަޅިއަށް ހަދައިލިއެވ. ދެން އައީ މޭޑޭގެ މުޒާހަރާއެވެ. މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވާފައި މަޣްރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ދިއުމުގެ ނަމުގައި ސިފައިންނާއި ފުލުހުންގެ އިދާރާތަގެ ކޮންޓްރޯލް އަތުލުމަށް ގިނަ އަދަދެއްގެ ބަޔަކާއެކު ގޮސް ދިމާކުރުން ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންގެ ގައިގައި ތަޅައި ވިއްސިވިހާލިކޮށް އެބަޣާވާތް ނާކާމިޔާބުކޮށްލިއެވެ.

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ދެފަހަރު ބަޣާވާތް ގެންނަން އުޅުނެވެ. ފުރަތަމަ އުޅުނީ ރައްޔިތުންގެ މަޖިލީހުގެތެރެއިން ރައީސް ޔާމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށެވެ. ފުރަތަމަ ދިމާކުރީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޔާމީނަށް ވަފާތްތެރި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު އިދިކޮޅު ޕާޓީތަކުގެ ރޭވުން ތަންފީޒުކުރާނޭ ރައީސަކު ރިޔާސަތަށް ގެނައުމަށެވެ. އެކަމަށް ޔާމީން ފުރުސަތު ނުދެއްވައި އެކަންކުރަން އުޅުނު ފަރާތްތައް އެކިތުހުމަތުގައި ޖަލަށްލުމުން ޔާމީންގެ ގައިކޮޅުގައި އަނިޔާވެރިކަމުގެ ސިއްކަ ޖަހައިގެން މުޅި ރާއްޖެއަށް ފެތުރިއެވެ. އެރޭވުން ނާކާމިޔާބުވުމުން ދެން ދިމާކުރީ ސުޕްރީމް ކޯޓުގެތެރެއިން ޖުޑިޝަލް ކޫއެއް ގެނައުމަށެވެ. ބަޣާވާތް ގެންނަން އުޅުނު މީހުންގެ މައްޗަށް ރައީސް އަބްދުﷲ ޔާމީން އިސްކުރެއްވީ އެކަތައިގެ އަތްޕުޅެކެވެ. ބަޣާވާތްތައް ރޫޅައިލެއްވިއެވެ. ޖުޑިޝަލް ކޫގެނައުމަށް ސުޕްރީމް ކޯޓުން ނެރުނު އަމްރު ތަންފީޒުކުރުމަށް ފާޅުގައި އަވަށްޓެރި އިންޑިއާއިން ގޮވައިލިއެވެ.

ދިވެހި ރައްޔިތުން އެމްޑީޕީގެ ވެރިކަމަށް ނޯއޭ ބުނެ އިބްރާހީމް މުޙައްމަދު ސާލިހް ވެރިކަން ނިންމާލުމުން އެޕާޓީގެ ވެރިންގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންގެ ކިބައިން ބަދަލު ހިފުމަށް އުޅޭ ކަހަލައެވެ. އެހެންނޫނީ ބޭރު ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި އެބޭފުޅުންގެ އަތްޕުޅު ކަސްދޮޅު އެޅުވިފައިވަނީއެވެ. އެހެންނޫންނަމަ ރާއްޖޭގައިތިބި އިންޑިއާ ސިފައިން ފޮނުވާލަން ދިވެހި ސަރުކާރުން ބޭނުންވުމުން ދެކޮޅު ހަދައި ބަޣާވާތެއްގެ ދަރަޖައަށް ގެންގޮސް ސަރުކާރު ވައްޓާލަން ޖެހޭ ހިސާބަކަށް ދާނެ ހެއްޔެވެ. ޕާލަމެންޓްގެތެރެއިން ނަގާ ބަޣާވަތުގެ ރާޅުގެ ފަހަތުގައި އެމްޑީޕީއާއި އަތާއި އަތްގުޅައިލައިގެން ތިބީ އެޕާޓީއާއި ވަކިވެގެން ނަޝީދުގެ ފަހަތްޕުޅުގައި ތިބެން އުފެއްދި ޑިމޮކްރެޓްސްއިންނެވެ.

މިހާރު ދެން އެއްކަމެއް އެބަ ސާފުވެއެވެ. ސަރުކާރު ވައްޓާލަން އެމްޑީޕީން ރާވާ ރޭވުންތަކާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. އެހިސާބުން ރައީސް މުއިއްޒު ވެވަޑައިގަންނަވާނީ އެމީހުންގެ ކުރިމަތީގައި ރައީސް އަބްދުﷲ ޔާމީން ފަދައިން އަނިޔާވެރި ވެރިކަމެއް ހިންގާ ރައީސަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ