ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް (ފޮޓޯ/މަޖިލީސް)
ހަބަރު
31 Jan 2024 | 12:13
"ރުހުން ނުދިން ވަޒީރުން އަލުން އައްޔަނުކުރެއްވުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަން އެޅި މުހިންމު ފިޔަވަޅެއް"

‏މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެމަޤާމް ތަކަށް ޢައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާ، އެ ވަޒީރުންގެ ވަޒީރު ކަމުގެ ހުވާކުރެއްވުން ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރިއަށް ގެންދެވި ގެންދިއުމަކީ ޤާނޫނީ ހުކޫމަތު ދަމަހައްޓަވާ، ޢަދުލުއިންޞާފު ޤާއިމުކޮށްދެއްވާ، ދުސްތޫރީ ހަމަތައް ހިފަހައްޓަވައިދެއްވުމަށް ކުރެއްވެވި، ވަރަށް އަގުހުރި މަސައްކަތްޕުޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ގާސިމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ވަޒީރުންތަކެއް އަލުން ހަމަ އެ މަގާމަށް އައްޔަނުކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުންކަމަށް އިދިކޮޅު ޑިމޮކްރެޓްސް އިން ބުނުމާއި ގުޅިގެން، އެކަމަށް ރައްދު ދެއްވައި ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިހާރު ޢަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވައިލެއްވުމުގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި ގާސިމް ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވައިލެއް ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި، ރައީސުލް ޖުމްހޫރިއްޔާގެ ބާރުތައް ސާފުކޮށް ޤާނޫން އަސާސީގައި ލިޔެ، އެއްބާރުން އަނެއް ބާރަށް ފާރަވެރިވުން ލާޒިމް ކޮށްފައިވަނީ ހެޔޮ ގޮތުގައި ދައުލަތް ހިންގުމުގެ ބޭނުމުގައި ކަމަށެވެ. 

"ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ހުރިހާ ނަންފުޅެއްވެސް ވަކިވަކިން މަޖިލީހުގެ ކަމާގުޅުން ހުރި ކޮމެޓީން ދިރާސާ ކޮށް އެއިން އެއްވެސް ވަޒީރެއްގެ ޝަރުތެއް އުނިވެފައި ނުވާކަމަށް ނިންމާ ހުރިހާ ވަޒީރުންނަށްވެސް ރުހުން ދޭންޖެހޭކަމަށް ކޮމެޓީގެ އިއްތިފާގުން ނިންމުމަށްފަހު، މަޖިލީހުގެ ތަޅުމުން ވޯޓަށް އެހުމުން 2 ވަޒީރުންނާއި ބަންޑާރަނައިބަށް އިތުބާރު ނެތްކަމަށް ނިންމުމަށް ޤާނޫން އަސާސީގެ 75 ވަނަ މާއްދާއާއި ޚިލާފަށް އެމް.ޑީ.ޕީގެ ޕާލިމެންޓް ގުރޫޕުން 3 ލައިންވިޕް ކުއްލިއަކަށް އަޅައި، ނުހަނު ޢިލްމީ އަދި އެހާމެ ޤާބިލް 3 ވަޒީރަކަށް ރުހުން ނުދިނުމަކީ އެއްވެސް ހާލެއްގައި ޤަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ."

ޤާސިމް އިބްރާހީމް 

ގާސިމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިވަގުތު އެމް.ޑީ.ޕީގައި އޮތް ނަމަވެސް، އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޤާނޫނު އަސާސީގެ ރޫހާއި، މަޖިލީހުގެ ޤަވާއިދުގެ އިމުން ބޭރުން، އަމިއްލަ އެދުން އިސްކޮށް، ސިޔާސީ ޖަޒުބާތުގައި ކުރާ އެފަދަ ކަންކަމުގެ ނަތީޖާ ވެގެންދަނީ ދިވެހި ރައްޔިތުންނަށް ލިބިގެންދާ ދެރަ އަކަށް ކަމަށެވެ.

އަދި އެއީ މުޅި ޤައުމަށާއި ރައްޔިތުންނަށް ލިބިގެންދާނޭ ނުހަނު ބޮޑު ހިތާމައާއި، ނުހަނު ބޮޑު ނިކަމެތި ކަމެއްކަމެއްކަމަށާ އެއީ މުސްތަޤްބަލުގައި ޤައުމާއި ރައްޔިތުންނަށް ލިބެން އޮންނަ ހަމަޖެހުމާއި، އުފާފާގަތިކަމަށް އެޅޭ ބޮޑު ހުރަހެއް ކަމުގައި ނޫނީ ނުވާނެ ކަމަށް ވިދާޅުވިއެވެ.

މިފަދަ ކަންތައްތަކުގެ ސަބަބުން މުޅި ޤައުމު ފަސާދަވުމަށް މަގުފަހިވެ، ޤައުމުގެ ކުރިއެރުން ހުއްޓިދާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

އެހެން ކަމުން އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ރައީސުލް ޖުމްހޫރިއްޔާ އަށާއި، ރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރުންނަށް އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.

މިއާއެކު ޤާސިމް ވަނީ ސްޕްރީމް ކޯޓުގެ ނިންމެވުމާއި އެއްގޮތަށް ފަނޑިޔާރު ހުސްނުއްސުޢޫދު އެތިން ވަޒީރުންނަށް އަލުން ހުވައިލައިދެއްވުމަކީ، ޤާނޫން އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށް ޓަކައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަން ޤަބޫލުކުރައްވާ ކަން ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.