ޑރ. ހައިދަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ/ މިނިސްޓްރީ
ހަބަރު
02 Feb 2024 | 10:44
ފުލެޓް މައްސަލާގައި އޭސީސީއިން ނިންމާ ނިންމުމަށް އިހްތިރާމް ކުރާނަން: ޑރ. ހައިދަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފުކެޓާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން ނިންމާ ނިންމުންތަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަވާލު ކުރައްމުން ގެންދާ ސަރަހައްދަށް އިއްޔެ ވަޑައިގެންނެވުމަށްފަހު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތައް ދޫކުރުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ޑރ. ހައިދަރު ވިދާޅުވީ އެ ފުލެޓް ތައް ދޫކުރުން ވަގުތީގޮތުން މަޑުޖައްސާލަން އޭސީސީން އަންގާފައިވާއިރު، އޭސީސީން ހިންގަމުންދާ ތަހުގީގަށްފަހު ނިންމާ ނިންމުމަށް އިޙްތިރާމް ކުރައްވާނެ ކަމަށެވެ. 

އަދި އޭސީސީން އެ މައްސަލަ ބެލުމަށްފަހު ފުލެޓް ދޫކުރުމުގައި މައްސަލައެއް އުޅޭ ކަމަށް އެ އިދާރާއަށް ފެންނަ ނަމަ، އެކަން މިނިސްޓްރީން ބަލާނެ ކަމަށްވެސް މިނިސްޓަރު ހައިދަރު ވިދާޅުވި އެވެ. 

އެބޭފުޅުން (އޭސީސީން) ބައްލަވަންޖެހޭ ކަންތައްތައް ބެއްލެވުމަށްފަހު ކަނޑައަޅުއްވާފައިވާ ރިކޮމެންޑޭޝަނަށް ބަލައިގެން އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ. އެއީ ގާނޫނީ ގޮތުން ބާރުލިބިގެން ހިނގާ އަމިއްލަ، މިނިވަން މުވައްސަސާއެއް. އެބޭފުޅުންގެ ވަރަށްބޮޑު ޒިންމާއެއް އޮވޭ ކޮރަޕްޝަން ނައްތާލައި، ކޮރަޕްޝަން ހިންގާފައި އޮވޭތޯ ބެލުމަށް. އެހެންވީމާ އެބޭފުޅުން ބައްލަވާފައި އޭގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ، އަޅުގަނޑުމެން ޖެހޭނެ އެކަން ބަލަން. 

ހައުސިން މިނިސްޓަރު ޑރ ޢަލީ ހައިދަރު އަޙްމަދު

ޑރ. ހައިދަރު މިފަދައިން ވިދާޅުވެފައި ވާއިރު، ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް އިއުލާންކުރި 4000 ފުލެޓު، ދޫކުރުން ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އެންގި އެންގުން އިއްޔެ ވަނީ ނިމުމަކަށް ގެނެސްފަ އެވެ. 

އެ ފުލްޓްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އޭސީސީން ހުއްދަދީފައިވަނީ އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނަ ގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ. 

އަދި ހަމައެހެންމެ މީގެ ކުރިން މައްސަލަ ހުރި ކަމަށް ފާހަގަވި ފޯމުތައް މުރާޖައާ ކުރުމާއި މުރާޖައާ ކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައަޅައި މުރާޖައާ ކުރުމުގައި ތަފާތެއް ނެތި، އެއް މިންގަނޑަކުން އަމަލުކުރުމަށް ހައުސިން މިނިސްޓްރީ އަށް ވަނީ އަންގާފައެވެ. 

ފުލެޓް ދޫކުރުމުގެ މަސައްކަތް އޭރު އެ ކޮމިޝަނުން ހުއްޓުވީ ފްލެޓު ހައްގު ނުވާ ބަޔަކަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން އޭރުގެ ސަރުކާރުން ފްލެޓު ދީފައި ހުރި ކަމަށް އާންމުން ކުރަމުންދިޔަ ތުހުމަތުތަކުގެ ސަބަބުންވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.