ރޮޒައިނާ އާދަމް
ހަބަރު
03 Feb 2024 | 20:29
އެމްޑީޕީގެ ޕްރައިމަރީން ރޮޒެއިނާ ކަޓައިފި

ރައްޔިތުން މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީން ކަޓައިފިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކުރެއްވުމުގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕްގެ ބޭއްފުޅުންނާއި ވަރަށް ގާތްގުޅުމެއް ބާއްވަވަމުން ގެންދަވާ ރޮޒެއިނާ މިއަދު އޮތް އެމްޑީޕީ ޕަރައިމަރީގައި  ކުރިމަތިލެއްވީ ފޭދޫ އުތުރު ދާއިރާ އަށެވެ.

މިއަދު ބޭއްވުނު ޕްރައިމަރީގައި އެ ދާއިރާގެ އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވީ ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު ފަރާތެއް ކަމަށްވާ  އަހުމަދު ޝަރީފު (ޑުންގާ) އެވެ. 
އޭނާއަކީ ގިނަ އަހަރުތަކެއް ވަންދެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ކުޑަކުދިންނަށް ފުޓްބޯޅައިގެ ތަމްރީނުދީ ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ.

ރޮޒއިނާ ވާދަކުރެއްވި ދާއިރާގެ ވަގުތީ ނަތީޖާއަށް ބަލާއިރު އަހުމަދު ޝަރީފު (ޑުންގާ) އަށް 257 ވޯޓް ލިބުނު އިރު ރޮޒެއިނާއަށް ލިބިފައިވަނީ 221 ވޯޓެވެ. ދެން އެ ދާއިރާއަށް ވާދަކޮށްފައިވަނީ މަޖިލސްގެ ކުރީގެ މެމްބަރެއް ކަމަށްވާ އަހުމަދު ހަމްޒާއެވެ. އޭނާއަށް ލިބުނީ  206 ވޯޓެވެ.

ރޮޒއިނާ އެންމެ ފުރަތަމަ މަޖިލަހަށް އިންތިހާބުވެ ވަޑައިގެންފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި ޑީއާރުޕީގެ ޓިކެޓްގައި ކ.ތުލުސްދޫ ދާއިރާއަށެވެ. އެއަށްފަހު ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއަށް ބަދަލުވެ އެޕާރޓީގެ ޓިކެޓްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ކަމަށް ހޮވިވަޑައިގަތީ 2014 ގައެވެ. އަދި 2019 ވަނަ އިންތިހާބުގައި ވަނީ އެގޮޑި ދިފާއު ކުރައްވާފައެވެ.

މިފަހަކަށް އައިސް ރޮޒެއިނާ ބޮޑަށް ފާހަގަކުރެވިގެން ގޮސްފައިވަނީ މިހާރުގެ ސަރުކާރަށް އަދި އެމްޑީޕީ ވެރިކަމުގައި އޮތްއިރު އިދިކޮޅު ފަރާތްތަކަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި މަޖިލިސް މެމްބަރުގެ ގޮތުގައެވެ.

މިއަދު ބޭއްވުނު ޕްރައިމަރީން ރޮޒައިނާއަށް ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވި އިރު ނިމިދިޔަ ސަރުކާރުން ދޫކުރި ގޯތި ލިބުނު ފަރާތްތަކުގެ ތެރޭގައި ރޮޒެއިނާ އާއި އޭނާގެ ފިރިކަލުން ހިމެނިފައި ވުމުން ގިނަބައެއްގެ ފާޑިކިޔުން އަމާޒުވެގެން ގޮސްފައިވެއެވެ.  

ކޮމެންޓް
ކަސްތޫރި
ދިވެހި ޑިމޮކްރެޓީ ޕާޓީގެ މެމްބަރުން ޕްރައިމެރީގައި ބަލިވީމަ ވެސް އެދައްކަނީ ޑިމޮކްރެޓީ ގެ ރީތި މިސާލު.އަނެއްބައި ޕާޓީތެރެއި ން ފެންނަނީ ހަމަނުޖެހުމާއި ތަޅާފޮޅުން.
03 Feb 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.