ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އޮމަދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
08 Feb 2024 | 12:19
އައިއެމްއެފް އިން އަޅުގަނޑުމެންގެ ސިޔާސަތު ބަލައިގަނެފި؛ އެއާއެކު އިންވެސްޓަރުންގެ އިތުބާރު ލިބޭނެ: ރައީސް

މިސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބަލައިގެންފައިވާ ކަމަށާ، އޭގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބިގެންދާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޖެނުއަރީ ތިނަކުން ފެބްރުއަރީ ހަޔަކަށް ރާއްޖެ ޒިޔާރަތްކުރެއްވި އައިއެމްއެފްގެ ޚާއްޞަ ވަފުދަކުން ވަނީ ރާއްޖޭގެ އެކި ދާއިރާތަކަށް ބައްދަލު ކުރުމަށްފަހު އިކޮނޮމިކް ޑިވްލޮޕްމަންޓް އައުޓްލުކް އެއް ނެރެފައެވެ.

އައިއެމްއެފް ގެ އިކޮނޮމިކް ޑިވްލޮޕްމަންޓް އައުޓްލުކް ގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަށް މަރުޙަބާ ކިޔާފައިވެއެވެ. އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދު މިހާރު ވެއްޓިފައިވާ ވަޅުގަނޑަކަށް ވެއްޓުމުގެ އަސްލު ކަމަށްވާ ފައިސާ ޗާޕު ކުރުން ހުއްޓާލަން ނިންމާފައިވާ ނިންމުމެވެ.

އަދި ހަމައެހެންމެ އައިއެމްއެފްގެ ރިޕޯޓުގައި ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު ރައީސް މުޢިއްޒު އިޢުލާނުކުރެއްވި ވެލާނާ އެއާޕޯޓް މަޝްރޫޢުއާއިއެކު އެއާޕޯޓު ތަރައްޤީވެގެން ދިޔުމުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

މިއަދު ތ އޮމަދޫ ގައި ބޭއްވި ޖަލްސާގައި އެ ރިޕޯޓަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އައިއެމްއެފް އިން އެފަދައިން، ރާއްޖޭގެ މިސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ބަލައިގަތްކަން ހާމަ ކޮށް، ބަޔާން ނެރުމުން، ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ލިބިގެންދާނެ ކަމަށެވެ. 

އަޅުގަނޑުމެންގެ ސަރުކާރުން ކަނޑައަޅާފައި ހުރި އިގްތިސާދީ ސިޔާސަތު ބަލައިގެންފައި އައިއެމްއެފް އިން ސްޓޭޓްމަންޓް ނެރެފައި އެބައޮތް. އެއީޔޭ ކަންކަން ކުރަންވީ ގޮތަކީ. ޕީއެސް އައިޕީ މަޝްރޫޢުތައްވެސް ތަރުތީބު ކޮށްލައިގެން، ދެން ހުރި އެކި ކަހަލަ ސަބްސިޑީ ތަކާއި، ކަންކަންވެސް ވަކި އުސޫލަކުން، ހަމަ އަކަށް ފައްތައިގެން، ޚަރަދު ހަމަޖައްސައިގެން އާމްދަނީ އިތުރު ކުރުމަށްޓަކައި އިގްތިސާދީ ކަންކަން ފުޅާކުރަން އަޅުގަނޑުމެން ފަށާފައި މިހިރަ ކަންކަން، އެކަންކަން އައިއެމްއެފް އިން އެއޮތީ ބަލައިގަނެފަްޖ. އައިއެމްއެފް ކަހަލަ ތަންތަނުން، އަޅުގަނޑުމެންގެ ސިޔާސަތު ބަލައިގަތީމާ، އެ ބުނެވެނީ ވަރަށް ބޮޑު އެއްޗެއް. އޭގެ މައްޗަށް ބިނާވާނީ އިންވެސްޓަރ ކޮންފިޑެންސް އިތުރުވުން. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

އިންވެސްޓަރުންގެ އިތުބާރު ލިބިއްޖެ ނަމަ، ރާއްޖެއަށް އިންވެސްޓް ކުރުމަށް އިންވެސްޓަރުން އަންނާނެކަމަށާ، އިންވެސްޓަރުން އިތުރު ވުމުން، ރާއްޖޭގެ އާމްދަނީ އިތުރުވެ، ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރަށް ފަސޭހަ ވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވި އެވެ. އަދި އޭގެ ސަބަބުން އަމިއްލަ ވިޔަފާރިތައް ވެސް މުއްސަނދި ވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް ކަންކަން ކޮށްދެއްވުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާނެ ކަމަށެވެ. 

މިއާއެކު ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މިސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައިވާނީ ފަރުދީ އަދި އާއިލީ މުއްސަނދި ކަމުގެ މައްޗަށް ބިނާ ކޮށް ކަމަށެވެ. އަދި އެ މުއްސަނދި ކަން ރާއްޖޭގެ ހުރިހާ އާއިލާ އަކަށްވެސް ފޯރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ