ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
08 Feb 2024 | 17:07
ހުއްޓިފައިވާ ގާދިއްފުށީ ސްކޫލުގެ އިމާރާތުގެ މަސައްކަތަށް އެންމެ އިސްކަމެއް ދީގެން ނިންމާނަން: ރައީސް މުޢިއްޒު

ގާދިއްފުށީ ސްކޫލުގެ އިމާރާތުގެ މަސައްކަތާއި އަދި ސްކޫލާގުޅިފައިވާ ހުރިހާ މަސައްކަތްތައް އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިޔަށްގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލުކަމުގައިވާ އެ އަތޮޅު ގާދިއްފުށްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތ އަތޮޅުން ވަޑައިގެންނެވި ގިނަ ރަށްރަށުގައި ހުއްޓިފައި ނޫނީ ކުރަންޖެހިފައި ހުރީ ގާތްގަނޑަކަށް އެއް ކަންތައްތަކެއް ކަމަށެވެ. 

އަދި ގާދިއްފުށީގައި އެގޮތުން ހުއްޓިފައި ހުރި ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމަކަށް އޮތީ ސުކޫލް އިމާރާތުގެ މަސައްކަތް ކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ އެކަމަށް އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. 

މިހާރު ހުއްޓިފައި، އެތަށް ދުވަހެއް ވެފައި އެހެރަ ސުކޫލް އިމާރާތް، ކަމަށް ވިޔަސް، އަދި ދެން ހުރި ބަނދަރާއި އެހެން ވަރަށް ގިނަ މަސައްކަތް އެބަހުރި. އެކަންކަން އަޅުގަނޑުމެން އިރާދަކުރެއްވިޔާ ކޮށްދޭނަން. އިރާދަކުރެއްވިޔާ މިއަދު އަޅުގަނޑު ޔަގީންކަން މިދެނީ، ސުކޫލް، އެއީ އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް ކަމަކަށް ފާހަގަކުރެވޭ ކަންތައް. އެ މަސައްކަތް އެ އޮތީ ވަރަށް ބޮޑަށް ފަހަތަށް ގޮއްސައި. އެތަށް އަހަރެއްގެ އިހްމާލުން. އެހެންވީމާ އެ ސުކޫލުގެ އިމާރާތާއި ސުކޫލާއި ގުޅިފައިވާ ހުރިހާ ކަންތައް ތަކެއް، ވަރަށް އަވަހަށް ފަށްޓައިދޭނަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުވެސް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ގުރައިދޫ އެއަރޕޯޓްގެ މަސައްކަތާއެކު މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބަނދަރުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން އެމަސައްކަތް ކުރެވޭނެ ގޮތެއް ނެތި ހަވާލުކޮށްފައިވާ މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮފައިވާ މި މަސައްކަތްވެސް ކުރިޔަށްގެންދެވޭނެ ގޮތެއް ބައްލަވައިގެން ސަރުކާރުން އެ މަޝްރޫޢުވެސް ކުރިޔަށްގެންގޮސް ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރުން ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްގެންދަވާނީ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ރަށެއް ލިބޭގޮތަށް ކައުންސިލުތަކަށް ފަހިކޮށްދެއްވާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެން ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ