ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރި "އަސުރުމާ 3" ދޯންޏަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އަރާ --
ހަބަރު
12 Feb 2024 | 13:15
ސިފައިން އެރި ދޯނިތައް ނިމިދިޔަ މަހެއްގެ ތެރޭގައި ވެސް ރާއްޖޭގެ ސަރަހައްދުން ބޭރުވެފައެއް ނެތް: ޝިޔާމް

އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިންތަކެއް އެރި ދިވެހި މަސް ދޯނިތައް ހަރަކާތްތެރި ވެފައިވާ ސަރަހައްދުތައް ބެލި ބެލުމުން، މިދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެ ދޯނިތައް ބޭރުވެފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ މިދިޔަ މަހު ދިވެހި ތިން މަސްދޯންޏަކަަށް އަރާފައިވަނީ ކޮން ގައުމެއްގެ ސިފައިންތޯ ކަށަވަރު ކުރެވިފައިވޭތޯ އާއި، އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅު ތަކަކީ ކޮބައިތޯ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. 

އެސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ދިވެހި މަސްދޯނިތަކަށް ބޭރުގެ ސިފައިން އަރާފައި ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. 

އަދި ނިމިދިޔަ މަސް ދުވަހު އެ ދޯނިތައް ހަރަކާތްތެރި ވެފައިވާ ސަރަހައްދުތައް ބެލި ބެލުމުން، އެއިން އެއްވެސް ދުވަހަކު، އެ ދޯނިތައް ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުން ބޭރުވެފައި ނުވާކަން ޝިޔާމް ފާހަގަކުރެއްވި އެވެ. 

އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ތިން ދޯނި ވެސް ހަރަކާތްތެރިވަމުންދިޔަ ވަގުތެއްގައި. އަދި އަޅުގަނޑުމެން ވީއެލްޑީ ނޫނިއްޔާމު ވެސެލް މޮނީޓަރިން ސިސްޓަމުން ބަލާއިރުގަ އަޅުގަނޑުމެން ފާއިތުވި އެއް މަސް ދުވަހުގެ މޫވްމަންޓު އަޅުގަނޑުމެން ބެލިއިރުގަ މި ދޯނިތަކުގެ މޫވަމަންޓު މިހުރީ ސީދާ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުތަކުގެ ތެރޭގައި.

ވަޒީރު އަހުމަދު ޝިޔާމް

މިއާއެކު ޝިޔާމް ވިދާޅުވީ ދޯނިތަކަށް އެރީ އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިންކަމަށާއި، އެ ސިފައިންގެ ފަރާތުން ދިމާވި ކަންކަމުގެ ސަބަބުން ފަޅުވެރިންނަށް ނަފްސާނީ ގޮތުން އުނދަގޫތައް ދިމާވި ކަމަށެވެ.

ތި ވިދާޅުވިހެން އިންޑިއާގެ ސިފައިންތަކެއް މި ތިން ބޯޓަށް ވެސް އޮންބޯޑުވެގެން ކަންކަން ހިންގީ.. އޭގެ ތެރެއިން އެއް ދޯނިން ކެޔޮޅާއި އަދި ފަޅުވެރިންނާ ވެސް އަޅުގަނޑުމެން ބައްދަލު ކުރިން. ތި ވިދާޅުވިހެން ނަފްސާނީ އުނދަގޫކަމެއްގެ ތެރޭގައި ތިބީ. އެމްއެންޑީއެފުން ވަގުތުން އެޓެންޑު ކުރި މިކަމަށް.

ވަޒީރު އަހުމަދު ޝިޔާމް 

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އެ ހާދިސާ ހިނގުމާއި އެކު އެމްއެންޑީއެފް އާއި މިނިސްޓްރީ ވެސް ގުޅިގެން މައްސަލަ ބަލައި، މަސްދޯނިތަކުގެ ޚަބަރު ބަލަން ފެށި ކަމަށެވެ. އަދި އެފަދަ ހާދިސާތައް މުސްތަގުބަލްގައި ތަކުރާރުވިޔަ ނުދިނުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ވަރުގަދަ ކޮށް، ހަރަކާތްތެރި ވަމުންދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ދީފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

މިދިޔަ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހުގެ ހަވީރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ދޯނިތަކަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. އެ ސިފައިން ހަތީޔާރާއި އެކު އެ ދޯނިތަކަށް އަރައި، މަސްވެރިންނާއި ސުވާލުވެސް ކޮށްފައި ވާއިރު، އެކަމަކީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނު ތަކާއި ޚިލާފަށް އިންޑިޔާއިން ކުރި ކަމެއް ކަަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

އަދި އެކަން ހިނގައިދިޔަ ގޮތް ތަފްސީލް ކޮށްދިނުމަށް ވެސް ސަރުކާރުން އެދިފައި ވާއިރު, މިހާތަނަށް އިންޑިޔާއިން ޖަވާބު ދިން ކަމެއް ނުވަތަ ނުދޭ ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.