ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަނީ--
ހަބަރު
14 Feb 2024 | 11:22
އަދިވެސް ޕީއެންސީއަށްވުރެ، ޕީޕީއެމްގެ އިހްލާސްތެރި މެންބަރުން ގިނަ: ރައީސް ޔާމީން

ދިވެހިރާއްޖޭގައި އަދިވެސް، ވެރިކަންކުރާ ޕީއެންސީއަށްވުރެ، ޕީޕީއެމަށް އިޚްލާޞްތެރި މެންބަރުން ގިނަ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ގިނަ ފަރާތްތަކުން ވަނީ ޕީޕީއެމާއި ޕީއެންސީގެ މެންބަރުންގެ އަދަދާއި، އެ މެންބަރުންގެ ފިކުރާއި ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކާފައެވެ.

އެވާހަކަ ތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އަދިވެސް ގިނައީ ޕީއެންސީއަށްވުރެ ޕީޕީއެމަށް އިޚްލާޞްތެރި މެންބަރުން ކަމަށެވެ. އެހެންނަމަވެސް، ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް އެންމެ މެންބަރަކުވެސް ވާދަނުކުރައްވާ ކަމަށް އެމާނިކުފާނު ވިދާޅުވި އެވެ. 

"ރާއްޖޭގައި އަދިވެސް ޕީއެންސީއަށްވުރެން ތިން ހަތަރު ގުނަ ގިނައިން އުޅޭނީ ޕީޕީއެމްގެ އިހްލާސްތެރި މެންބަރުން. ދެން ޕީޕީއެމަކުންނެއް އެއްވެސް ދާއިރާއަކަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދާއިރާއަކަށް މެންބަރަކު ކުރިމައްޗެއް ނުކުރުވާ." 

ކުރީގެ ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ޕީޕީއެމް މެންބަރުން ޕީއެންސީއަށް ނުގެންދަވާމެ ކަމަށް ކުރިން ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވި ނަމަވެސް، ފެނިގެންދިޔައީ ބައެއް ކައުންސިލް ތަކުގެ ހުރިހާ ބޭފުޅުން ޕީޕީއެމުން ޕީއެންސީއަށް ބަދަލު ކުރުވާ ތަން ކަމަށެވެ. 

"ހަމައެއާއެކީ ފުރަތަމަ ގުނަމުން އައީ ޕީޕީއެމް އެއްވެސް މެންބަރަކު ޕީއެންސީއަށް ގެންނާކަށް އެބޭފުޅުން މަސައްކަތެއް ނުކުރާނަމޭ. ދެން ފަހުން ފެނިގެން ދިޔައީ ބައެއް ދާއިރާތަކުގައި ރަށު ކައުންސިލް ނޫނީ ސްޓީރިން ކޮމިޓީއާ އެކީ އެއްކޮށް ޕީޕީއެމުން ޕީއެންސީއަށް ބަދަލުކޮށްލި. ދެން މިހިސާބުން ޕީއެންސީން އެދެއްކި އެއްވެސް ވާހަކައެއްގައި އިހްލާސްތެރިކަމެއް ނެތްކަން އަޅުގަނޑަށް ގަބޫލު ކުރެވުނު." 

ރައީސް ޔާމީން

މީގެ އިތުރުން ރައީސް ޔާމީން ވަނީ، 90 އަށްވުރެ ގިނަ ދާއިރާއަށް މަޖިލީހަށް ވާދަކުރަން ފުރުސަތު ހުޅުވާލުމުން އެތަނުން އެއް ދާއިރާ އަކަށްވެސް ޕީޕީއެމްގެ އެންމެ ކެންޑިޑޭޓެއްވެސް ވާދަ ނުކުރެއްވުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ކޮން ބައެއްތޯ ސުވާލު ކުރައްވާފައެވެ. 

އަދި ޕީޕީއެމްގެ އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުންދިޔަ ދެ ލީޑަރުން މިހާރު އެ ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކުގައި ކަމަށާއި މިހާރުވެސް ޕީއެންސީއަށްވުރެ ޕީޕީއެމްގެ މެމްބަރުން ގިނަވެފައި އިހްލާސްތެރިވާނެ ކަމަށެވެ.

ޔާމީން އެ ވިދާޅުވި ޕީޕީއެމްގެ ދެ ލީޑަރުންނަކީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންގެ ވާހަކަފުޅެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.