ހިޔާ ބޮޓްލިންގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ
ކުޅިވަރު
17 Feb 2024 | 00:58
ވާދަވެރި ކުޅުމަކަށްފަހު އެފްސީ ފްރިގޭޓާ ބަލިކޮށް ހިޔާ ބޮޓްލިން ޗެންޕިއަންކަން ހޯދައިފި

ހޯރަފުށީގައި މިހާރު ކުރިއަށްދާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ ފައިނަލް މެޗުގައި ޓީމު ހިޔާ ބޮޓްލިން އާއި އެފްސީ ފްރިގޭޓާ ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ތިން ސެޓު ދެ ސެޓުން ކާމިޔާބުކޮށް ޓީމު ހިޔާ ބޮޓްލިން މުބާރާތްގެ ޗެންޕިއަންކަން ހޯދައިފި އެވެ.

ޗެންޕިްއަން ޓީމަށް 10,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000 ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރަތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުންނެވެ.

އެގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއް މެޗު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި އެފްސީ ފްރިގޭޓާ އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދި އިރު، ލީގު ބުރުގެ ދެވަނަ ޓީމު ހިޔާ ބޮޓްލިން އާއި ތިންވަނަ ހޯރަފުށީ ޕޮލިސް ކުލަބު ވާދަކުރި ޕްލޭއޮފް މެޗުން މޮޅުވެ ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ޓީމު ހިޔާ ބޮޓްލިން އެވެ.

މިދެޓީމު ލީގު ބުރުގައި ކުޅުނު މެޗު އެފްސީ ފްރިގޭޓާ އިން ތިން ސެޓު އެއް ސެޓުން ކާމިޔާބުކުރި ނަމަވެސް މިރޭގެ ފައިނަލް މެޗުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެކެވެ. އެގޮތުން ފައިނަލް މެޗުގެ ފުރަތަަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 22-25 އިން ކާމިޔާބުކުރީ ޓީމް ހިޔާ ބޮޓްލިން އެވެ.

ނަމަވެސް ޖެހިގެން އައި ދެވަނަ ސެޓުގައި އެފްސީ ފްރިގޭޓާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 18-25 އިން މިސެޓް ކާމިޔާބުކޮށްފައެވެ. އަދި ޖެހިގެން އައި ތިންވަނަ ސެޓް 19-25 އިން ޓީމު ހިޔާ ބޮޓްލިން ކާމިޔާބުކުރި ނަމަވެސް ހަތަރުވަނަ ސެޓް ފަހުވަގުތު ފަހަތުން އަރައި އެފްސީ ފްރިގޭޓާ އިން ވަނީ ކާމިޔާބުކޮށްފައެވެ.

މިއާއެކު ދެސެޓް ދެސެޓުން ދެޓީމު އެއްްވަރުވެ، ނަތީޖާ ނެރުމަށްޓަކައި 15 ޕޮއިންޓްގެ އިތުރު ސެޓެއް ވަނީ ކުޅެފައެވެ. އަދި މިސެޓް ދެބައި ވިއިރު، 8-7 ގެ ނަތީޖާއަކުން ލީޑު ކުރަމުންދިޔައީ އެފްސީ ފްރިގޭޓާ އިންނެވެ. ނަމަވެސް މިސެޓުގެ ފަހުބައިގައި ޓީމު ހިޔާ ބޮޓްލިން ވަނީ ކުޅުން ރަނގަޅުކޮށް 11-15 އިން ފަސްވަނަ ސެޓް ކާމިޔާބުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ތިން ސެޓު ދެ ސެޓުން ޓީމު ހިޔާ ބޮޓްލިން ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ޝިފްލާ ހުސެއިން (ހިޔާ ބޮޓްލިން), ހައްވާ ޒޫނާ (އެފްސީ ފްރިގޭޓާ), އައިޝަތު ޒޫނާ (ހޯރަފުށީ ޕޮލިސް ކުލަބު), ޝައުސަން ހަމީދު (ޓީމު ފެނަކަ), އާމިނަތު ފަޒުލާ (ހިޔާ ބޮޓްލިން) އަދި އާމިނަތު އަރޫޝާ (ހިޔާ ބޮޓްލިން) އެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނު ފެނަކަ ޓީމުގެ ރިފްޝާ ހަނީފް އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހިޔާ ބޮޓްލިންގެ ކޯޗު އަހުމަދު އީމާން އެވެ. މީގެ އިތުރުން މުބާރާތްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ހޯރަފުށީ ޕޮލިސް ކުލަބުގެ ނިރުމާނީ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ހިޔާ ބޮޓްލިންގެ އައިޝަތު މާޖިދާއެވެ.

މިމުބާރާތަކީ ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ. ހޯރަފުށީގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އުރިދޫ މޯލްޑިވްސް އިތުރުން ވިއޭނާ ސްޕޯޓްސް ކުލަބު ހަމަޖައްސާފައިވާ އިރު، މުބާރާތްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ