މަންޓާއެއާރގެ ފުރަތަމަ އިންޓަނޭޝަނަލް ފުލައިޓް ދ.އެއާޕޯޓްގައި ޖެއްސުން / ފޮޓޯ:މަންޓާ
ވިޔަފާރި
17 Feb 2024 | 09:00
ދ.އެއާޕޯޓުން ސީދާ އިންޑިއާއަށް މަންޓާ އެއާގެ ދަތުރުތައް ފަށައިފި

ދ.އެއާޕޯޓުން ސީދާ އިންޑިއާއަށް މަންޓާ އެއާގެ ދަތުރުތައް ފަށައިފިއެވެ.

އެގޮތުން މަންޓާއެއާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓް އިންޑިއާގެ ބެންގަލޫރުން ފުރައިގެން ސީދާ ދާލު އެއާޕޯޓަށް އިއްޔެ ވަނީ ޖައްސާފައެވެ.

މި ފްލައިޓުން ދަތުރުކުރި ފަރާތްތަކަށް މަރުޙަބާ ދެއްނެވުމަށްޓަކައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާޙިމް ފައިސަލާއި، މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ގެ އިތުރުން ދާޢިރާ އާއި ގުޅުންހުރި ބައެއް އިސްވެރިންވެސް އެއާޕޯޓަށް ވަޑައިގަންނަވާފައި ވެއެވެ.

މަންޓާ އެއާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓެއް އިއްޔެ ދާލު އެއާޕޯޓަށް ޖައްސާފައިވާ އިރު، މިއީ ދާލު އެއާޕޯޓުން ރާއްޖޭން ބޭރަށް ސީދާ ދަތުރުތައް ފެށިގެން ދިޔަ ފުރަތަމަ ފަހަރުވެސް މެއެވެ.

މަންޓާއެއާއިން ހާމަކުރި ގޮތުގައި އިންޓަނޭޝަނަލް ދަތުރުތައް ފެށުމުގެ މައިގަނޑު އެއް މަގުސަދަކީ ޓޫރިޒަމް އިތުރަށް ފުޅާ ކުރުން ކަމަށާއި ބެންގަލޫރަށް ދަތުރުތައް ފެށުމުން އެ ސަރަހައްދުގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެވެ.

އެގޮތުން އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ދުވަހު ބެންގަލޫރާއި ދާލު އެއާޕޯޓާ ދެމެދު ދަތުރުތައް އޮންނާނެ ކަމަށާއި، އަދި ހަމަ އެއާއެކު ދާލު އެއާޕޯޓް ބޮޑު ކުރެވި ބޮޑަތި ބޯޓްފަހަރުތަކާއި އެކު ގިނަ މަންޒިލްތަކަކަށް ދަތުރު ކުރުމަކީ މަންޓާއެއާގެ އިންމީދެއް ކަމަށެވެ.

ދ. އަތޮޅުގައި މިހާރުވެސް 8 ރިސޯޓެއް ހިންގަމުންދެއެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ބައެއް ރިސޯޓުތައް ވެސް  ހިމެނެ އެވެ. އޭގެ ތެރޭގައި ކަނޑިންމަ މޯލްޑިވްސް، ނިޔާމަ ޕްރައިވެޓް އައިލެންޑް ފަދަ ރިސޯޓްތައް ފާހަގަ ކޮށްލެވެއެވެ. މި ދަތުރުތައް ފެށުމުން އެ ރިސޯޓް ތަކަށް ދަތުރު ކުރާ ފަތުރުވެރިންނަށާއި، އާއްމުންނަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށް މަންޓާއެއާއިން ބުނެއެވެ.

މަންޓާއެއާ އަކީ ރައްޖޭގައި އެންމެ ފަހުން އޮޕަރޭޓްކުރަން ފެށިން އެއް އެއާލައިންކަމަށް ވިޔަސް މިވީ ކުރުމުއްދަތުގެ ތެރޭގައި އެ އާލަނުންވަނީ ބޮޑަތިކުރިއެރުންތަކެއް ހޯދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.