ރިޗަރޑް ވަރުމާ
ހަބަރު
18 Feb 2024 | 06:54
އެމެރިކާގެ ޚާރިޖިއްޔާގެ އިސްވެރިއަކު ރާއްޖެއަށް ވަޑައިގަންނަވަނީ

އެމެރިކާގެ ޚާރިޖިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަރޑް ވަރުމާ ދިވެހިރާއްޖެއާއި އިންޑިއާއާއި ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. އިންޑިއާ ދަރިކޮޅުގެ މިސްޓަރ ވަރުމާގެ މިދަތުރުފުޅު އޮތީ މިއަދުންފެށިގެން މިމަހުގެ 23 އަށެވެ.

ހުކުރު ދުވަހު އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދަތުރަކީ އިންޑިއާ ކަނޑަކީ މިނިވަންކަމާއެކު ހުޅުވިފައިވާ އަދި ސަރަހައްދުގެ ގައުމުތަކަށް ލާބައާއި މަންފާހުރި ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް އެމެރިކާ ޖާމިނުވާ ޖާމިނުވުން ކަށަވަރުކޮށްދޭކަން ދެއްކުމުގެ ގޮތުންނެވެ.

މިސްޓަރ ވަރުމާ މިދަތުރުފުޅު ކުރައްވަނީ ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށް ދިވެހިރާއްޖެއިން ބާރުއަޅަމުންދާ މައްސަލާގައި އިންޑިއާއިން ވަރަށް ބޮޑަށް ހިތްހަމަނުޖެހި އެގައުމުގެ ކޯޕަރޭޓް ބޮޑެތި ނޫސްތަކާއި ޓީވީ ސްޓޭޝަންތަކާއި ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ދިވެހިރާއްޖެ ބޮއިކޮޓް ކުރުމަށާއި އެކިއެކި ކަންކަމާއި ގުޅުވައި ދިވެހިރާއްޖޭގެ އަގު ވައްޓައިލުމަށް ދޮގުޚަބަރު ފެތުރުން އިންތިހާއަށް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ފެށި ކެމްޕެއިން ވައިގައި ނުހިފުމުން ދިވެހިރާއްޖޭގެ އިގްތިސާދު ކުޑަކަކޫމައްޗަށް ތިރިކޮށް އިންޑިއާގައި އާދޭސްކުރާ ގައުމަކަށްވޭތޯ މިހާރު ފަށައިގެން އުޅޭ ކެމްޕެއިނަކީ ދިވެހިރާއްޖެއަކީ ބަގްރޫޓްވެފައި އޮތްތަނެއްކަން އައިއެމްއެފުން ކަނޑައަޅައިފިކަމަށް ބުނެ ފަތުރާ ދޮގު ޚަބަރުތަކެވެ.

އަނެއްވާހަކައަކީ ދިވެހިރާއްޖެއާއި ގާތުގައި އޮންނަ މަލިކުގައި އިންޑިއާގެ އަސްކަރީ ބޭހެއް ހަދާތީ ދިވެހިރާއްޖެއިން ފާޑުކިޔަމުންދާކަމަށް ބުނެފަތުރަމުންދާ ޚަބަރެވެ. މަލިކުގައި އިންޑިއާއިން އަސްކަރީ ބޭހެއް ހަދިއްޔާ އަދި ނުހެދިއްޔާ ދިވެހިރާއްޖެއަށް ކޮންކަމެއް ހެއްޔެވެ. ދިވެހިރާއްޖެއަކީ އެއްވެސް މައިދާނެއްގައި އިންޑިއާއާއި ވާދަޖަހާ ގައުމެއް ނޫނެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލް ފުރަތަމަ ނިއުދިއްލީއަށް ވަޑައިގެންނެވުމަށްފަހު ދިވެހިރާއްޖެއަށް ވަޑައިގެން މަޝްވަރާ ކުރައްވާނީ މެރިޓައިމް ސެކިއުރިޓީއާއި އެހެން ދާއިރާތަކުން ގުޅުން ވަރުގަދަ ކުރުމާއިބެހޭގޮތުންނެވެ.

ކޮމެންޓް
ސަލީމް
އެމެރިކާގެ އިންޑިޔާދަރިކޮޅު ދެންވާނީ ކިހިނެއް؟ ކޮންމެ ގޮތެއްވިއަސް ރާއްޖެއަކީ މިނިވަން ދަޢުލަތެއް...
18 Feb 2024
ގުޅޭ ލިޔުންތައް
10 Aug 2026
ގޯލެއް ފާހަގަކުރަން އުޅުމުގެ ތެރޭ ކުޅުންތެރިއަކު ޓަނަލްއެއްގެ ތެރެއަށް ވެއްޓިއްޖެ
ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ކޮރިޓީބާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައެވެ. ޖޭސީ ގޯލެއް ޖެހުމަށްފަހު، އުފާފާޅުކުރުމަށްޓަކައި ދަނޑު އަރިމަތީގައި ހުރި އިޝްތިހާރު ބޯޑުތަކުގެ މަތިން ފުންމާލި ވަގުތު އޭނާ ވެއްޓުނީ ހާފް-ޓައިމްއަށް ތައްޔާރުވުމުގެ ގޮތުން ހުޅުވާފައި އޮތް ޓަނަލެއްގެ ތެރެއަށެވެ.
10 Aug 2026
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ޒަމާނީ ހައްލެއް؛ ”މައި ކެރިއަރ ޕޯޓަލް“ އިފްތިތާޙުކޮށްފި
ވަޒީފާ ހޯދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް އަދި ކެރިއަރ އެޑްވައިޒަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމަށް ފަރުމާކޮށްފައިވާ މައި ކެރިއަރ ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
10 Aug 2026
އުތީމު ޚާއްސަވަނީ ކީއްވެ؟
ރަށްތަކުގެ ތެރެއިން ވަކިރަށެއް ޚާއްސަވަނީ ނުވަތަ ޙާއްސަކުރަނީ އެ ރަށަކާ ގުޅިފައިވާ ސިފައެއް ނުވަތަ ސިފަތަކެއްގެ ސަބަބުންނެވެ. މިދެންނެވި ގުދުރަތީ ގޮތުން އެރަށަށް ލިބިފައިވާ ސިފަތަކެއްގެ ވާހަކައެވެ. މިސާލަކަށް ބަނދަރު ފަސޭހަ ރަށަކަށް ވުމުން ދަތުވެރިން އެރަށަކީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރާ ރަށަކަށް ވެދާނެއެވެ.
10 Aug 2026
ނަތަންޔާހޫގެ އަނބިމީހާ، ބަޔަކަށް އަނިޔާކުރި މައްސަލަތަކެއް ކޯޓަށް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ގޭގައި މަސައްކަތްކުރި ކުރީގެ މުވައްޒަފުންތަކަކަށް، އޭނާގެ އަނބިމީހާ ސާރާ ނަތަންޔާހޫ އަނިޔާކޮށް ފުރައްސާރަކުރި މައްސަލަތަކެއް ފެންމަތިކޮށްފިއެވެ. މި މައްސަލަތައް މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
10 Aug 2026
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.
10 Aug 2026
އަހަރެމެންނަށް އަވި ބޭނުންވަނީ ކިހާމިންވަރަކަށް؟
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި "މެދުމިނުގެ" މިންވަރަކަށް އަވީގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި، ވިޓަމިން-ޑީ ލެވެލް މަތިކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި، އަވީގެ ނުރައްކަލުން ސަލާމަތްވެ ހުރެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.
10 Aug 2026
އެމެރިކާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.