މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ/މަޖިލިސް
ހަބަރު
19 Feb 2024 | 15:54
ސްޕްރީމް ކޯޓުން މަޖިލީހުގެ މައްޗަށް އަމުރު ނެރުމަކީ ވަރަށް ސީރިއަސް ކަމެއް: އިމްތިޔާޒު

ސްޕްރީމް ކޯޓަކުން ޤާނޫނު ހަދާ މަޖިލީހެއްގެ މައްޗަށް ވަގުތީ އަމުރެއް ނެރުމުގެ މާނައަކީ ދައުލަތުގެ ބާރެއްގެ މަސައްކަތް ހުއްޓައިލުމަށް އަމުރުކުރުން ކަމަށާ، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. 

ރޭ ސަންގު ޓީވީން ގެނެސްދިން "ޚަބަރަށްފަހު" ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، މަޖިލީހުގެ ކަންކަމާއި ގުޅޭ މައްސަލަތަކަކީ ސްޕްރީމްކޯޓުގެ އިހްތިޞާސް އޭގައި ހިމެނޭ ކަންކަން ނަމަވެސް، ސްޕްރީމްކޯޓުން އެގޮތަށް ސިޔާސީ މައްސަލަ ތަކުގެ ތެރޭއަށް ވަނުމުން ދެކޮޅު ނުޖެހޭ ނަތީޖާ ނުކުންނާނެ ކަމަށެވެ. 

އެހެންނަމަވެސް، މިހާރު ސްޕްރީމްކޯޓުން މަޖިލީހުގެ މައްޗަށް ވަގުތީ އަމުރު ނެރެ، މަޖިލީހުގެ މަސައްކަތް ހުއްޓުވަމުންދާ ކަމަށާ، އެއީ ވަރަށް ޚައްސާސް މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މައްޗަށް، ކުދިކުދި ކަންކަމުގައި ވަގުތީ އަމުރު ނެރުއްވާފައި، މިވެނި ކަމެއް އެހެން ހުއްޓުވާލާފައި. އަޅުގަނޑު ހަމަ މި މާނަ ކުރަނީ، އޭގެ ނަތީޖާ އަކީ، އެ ބުނެވެނީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުއްޓާލާށޭ. އެއީ ވަރަށް ސީރިއަސް މައްސަލަ އެއް. ވަރަށް ވަރަށް ވިސްނަންޖެހޭ ކަމެއް. ވަރަށް ބޮޑު ކަމެއް. ވަރަށް ބޮޑު ނުކުތާއެއް މި ފާހަގަކުރީ އިނގޭތޯ. ދައުލަތުގެ އެއްބާރުން، ސްޕްރީމްކޯޓުން، ރައްޔިތުންގެ މަޖިލީހެއްގެ މަސައްކަތް ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރޭނީ

އިމްތިޔާޒް ފަހުމީ 

އިންތި އިތުރަށް ވިދާޅުވީ، ސްޕްރީމުކޯޓަށް މަޖިލީހާއި ގުޅޭ މައްސަލައެއް ބެލިދާނެ ކަމަށާ، އެހެން ނަމަވެސް، ވަގުތީ އަމުރު ނެރެގެން މަޖިލީހުގެ މަސައްކަތް ހުއްޓައި ނުލެވޭނެ ކަމަށާ، އެއީ ވަރަށް ޚައްސާސް މައްސަލައެއް ކަމަށެވެ. އެކަމާއި މެދު މަޖިލީހުގެ ހުރިހާ މެންބަރުންވެސް ވިސްނަންޖެހޭ ކަމެއް ކަމަށެވެ. 

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ވަނީ އިސްލާހެއް ގެނެސްފައެވެ. 

ނަމަވެސް އެ އިސްލާހު ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނެ ދައުލަތުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން، ސްޕްރީމްކޯޓުން އެ މައްސަލާގައި ކުރި ހުކުމް ގައި ބުނީ، އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

އަދި ޖުމްލަ މެމްބަރުންގެ އަދަދު ކުރިން ގުނަމުން އައީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން އަމަލުކުރިގޮތް ދެމިއޮންނަންޖެހޭކަމަށް އެ އަމުރުގައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.