އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދާއި އެޕާޓީގެ އައު ރައީސް ޝާހިދު--
ހަބަރު
21 Feb 2024 | 09:06
ރައީސް ޞާލިހާއި ނަޝީދުގެ މަރުހަބާ އެމްޑީޕީގެ އައު ރައީސް، ޝާހިދަށް!

އަލަށް އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް އެމްޑީޕީ ކުރީގެ ރައީސް، މުހައްމަދު ނަޝީދާއި، އެ ޕާޓީގެ ވަގުތީ ރައީސް މަރުހަބާ ދަންނަވައިފި އެވެ. 

ޝާހިދަށް ރައީސް ޞާލިހާއި ނަޝީދު މަރުހަބާ ދަންނަވާފައި ވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. 

އެގޮތުން ޞާލިހު ކުރެއްވި ޕޯސްޓުގައި ވަނީ ޕާޓީގެ ރައީސްކަމުގެ މަޤާމްގައި ހުންނަވައިގެން، ޤައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް އެމަނިކުފާނު ކޮށްދެވާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

‏ރައީސް ޞާލިހުގެ ޕޯސްޓަށް ރައްދުދެއްވައި ޝާހިދު ވިދާޅުވީ، އެމްޑީޕީގެ އިސްލީޑަރުކަމާއި، ވަގުތީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެމްޑީޕީ އަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި އެމްޑީޕީގެ ރައީސް ކަމުގެ ވާޖިބުތަށް އަދާކުރުމުގައި ރައީސް ޞާލިހުގެ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަންދެއްވާފައިވާތީ ހިތްހަމަޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ޝާހިދު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޒިންމާއާއި ހަވާލު ވަނީ ޕާޓީގެ މެމްބަރުންގެ ފުރިހަމަ އިތުބާރާއެކު އާބާރެއްގައި އެ ޕާޓީ ކުރިއަށް ގެންދަން ކަމަށެވެ. އަދި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އުންމީދުތަކަށް އެމް.ޑީ.ޕީ ކާމިޔާބު ހޯދާނެ ކަމަށްވެސް ވިދާޅުވި އެވެ. 

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުހަމަވިއިރު، އެމަޤާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި ޝާހިދު ކަމަށް ވުމުން، އެއްވެސް އިންތިޚާބަކާއިނުލާ އޭނާ އެ މަގާމަށް ވަނީ ހޮވިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.