ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި ބަންޑާރަ ނާއިބު އަހުމަދު އުޝާމް-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
29 Feb 2024 | 16:21
އިންތިހާބު ލަސްކުރާ ބިލު ތަސްދީގު ކުރުމާމެދު ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވަނީ!

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސް ކުރުމަށް އިއްޔެ މަޖިލީހުން ފާސްކުރި ބިލް، ތަސްދީގު ކުރުމާއިމެދު ބަންޑާރަ ނާއިބުގެ ލަފާ ހޯއްދަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އިންތިހާބު ފަސްކުރާ ބިލް މިހާރު އޮތް ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށު އަރާ ކަމަށް ބުނެ ރައީސް އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވައިލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އަލުން ބިލް ފާސްކުރީ އިއްޔެއެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" އެވެ. އެހެންކަމުން މި ބިލް ތަސްދީގު ކުރަން ރައީސްއަށް މިހާރު މަޖުބޫރު ވާނެއެވެ.

އެ ބިލު މަޖިލީހުން ފާސް ކުރިއިރު، ފާސްކޮށްފައިވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 މެންބަރުން ކަމުގައި ބަލައިގެން ނެގި ވޯޓުންނެވެ. އެއީ މަޖިލީހުން އިސްތިއުފާ ދެއްވި މެންބަރުންގެ ގޮނޑި ނުލައި ގުނައިގެންނެވެ. 

އެހެން ނަމަވެސް، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން، މިއަދު ނިންމި ނިންމުމެއްގައި ވަނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާއިރު ހުސް ގޮނޑިތައް ގުނަންޖެހޭނެ ކަމަށާ، އެހެންކަމުން، 80 މެމްބަރުންގެ ބަދަލުގައި، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކަށް ވަނީ 87 މެންބަރުން ކަމަށެވެ. 

އެކަން ކަމަށް އިޝާރާތް ކުރައްވައި މިއަދު ނ. ކެނދިކުޅުދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިންތިޚާބު ފަސް ކުރުމަށް، އިއްޔެ މަޖިލީހުގައި ވޯޓު ނަގާފައި ވާއިރު، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކަށް ބަލާފައި ވަނީ 80 ކަމަށެވެ. އެހެން ކަމުން އެ ނިންމުންތަކުގެ ޤާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެދޭކަމަށް ރައީސް ވިދާޅުވިއެވެ. 

"މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފަޔަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. އެއީ، (ސްޕްރީމް ކޯޓުން) މިކަހަލަ ނިންމުމެއް ނިންމީމާ ސުވާލު އެބަ އުފެދޭ 80 މެންބަރުންނަށް ބަލައިގެން، އިއްޔެގެ މައްސަލައާއި، އޭގެ ކުރީގައިވެސް އެތައް މައްސަލައެއް ނިންމާފައި ހުރީމާ، އޭގެ ގާނޫނީ ހައިސިއްޔަތާއި މެދުގައި އެބަ ސުވާލު އުފެދޭ. އިއްޔެގެ ވޯޓުގައި ލިބުނު ކަންނޭނގެ 40 އަކަށް ވޯޓު. އެކަމު އެބޭފުޅުން ބެލީ ޖުމްލަ އަދަދަކީ 80 ކަމަށް." 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ކުރިން، ނުރަސްމީ ކޮށް އިލެކްޝަންސް ކޮމިޝަނުގައި ރޯދައިގެ ކުރިން އިންތިޚާބު ބާއްވައި ދިނުމަށް އެމާނިކުފާނު، އެދިލެއްވި ކަމަށެވެ. 

"އިލެކްޝަންސް ކޮމިޝަނަށް ނުރަސްމީކޮށް އެދުނީމާ ދެންނެވިން, އަޅުގަނޑު އެދެމޭ ތިޔަ ބޭފުޅުންނަށް ވާން އޮތިއްޔާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވަންޏާ ރޯދައިގެ ކުރިން އިންތިހާބު ބާއްވާށޭ. އެއް ދުވަސް ކުރިން ވިޔަސް ބާއްވާށޭ. ދެން އެ ބޭފުޅުން އެދުނީ މަޖިލީހުގައި. މަޖިލީހުގައި މިއޮތީ އެމްޑީޕީގެ މެޖޯރިޓީ. ކޮންމެސް ސަބަބަކާއި ހުރެ ރޯދައިގެ ކުރިއަށް ޖައްސާކަށް ބޭނުމެއް ނުވި." 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރާއްޖޭގައި ގާނޫނީ ވެރިކަން ހިނގަން ޖެހޭނެ ކަމަށާއި މިކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި, އެމަނިކުފާނު ގާނޫނު އަސާސީއާއި ގާނޫނު ތަކާއި ޚިލާފް ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން، ބަންޑާރަ ނާއިބު ލަފާ ދެއްވައިފި ނަމަ، ބިލް ތަސްދީގު ކުރައްވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ. 

"ލަފާ ލިބެނީ އިއްޔެ ނިންމި ނިންމުން, 80 މެމްބަރުންނަކީ މަޖިލީހުގެ އަދަދު ނޫން ކަމާ އަސްލު އޮންނަ 87 ކަމަށް ނިންމި ނިންމުމާ އެއްގޮތަށް ނޫން ގޮތަށް އެއީ ތަސްދީގު ކުރަން ޖެހޭ އެއްޗެއް ކަމަށް ލަފާ ލިބިއްޖިއްޔާ ވަގުތުން ތަސްދީގު ކޮށްލާނަން," 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައްޔިތުންގެ މަޖިލީހުން އިންތިޚާބު ތަކާއި ބެހޭ ބިލަށް ގެނެވުނު ބަދަލުގައި ވާގޮތުން، ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުންނެވެ. އެބިލު އެންމެ ފުރަތަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ފެބްރުއަރީ 11، ގަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި