އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު-- ފޮޓޯ/ޕީޕީއެމް
ހަބަރު
03 Mar 2024 | 23:10
ހުޅުމާލެއިން ފަންސާހަކަށް ބިން ނުހައްގުން ބަހާލާފައި އެބައޮތް، މިވާހަކަ ދައްކަންޖެހޭ: ފަޒުލް

ހުޅުމާލޭ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ފިޔަވަހިން ގާތްގަނޑަކަށް ފަންސާހަކަށް ބިން، ކުރީ ސަރުކާރުން, ނުހައްގުން އެކިއެކި ފަރާތްތަކަށް ބަހާލާފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. 

"ދިވެހީންގެ ރާއްޖެ، މަޖިލީހަށް" ނަމުގައި މިރޭ ޕީއެންސީގެ އޮފީހުގައި ބޭއްވި ކެންޕެއިން ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަޒުލް ވަނީ ކުރީ ސަރުކާރުން ހުޅުމާލެއިން އެކިއެކި ފަރާތްތަކަށް ގޯތި ބެހުމުގައި ޢަމަލު ކޮށްފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

އެގޮތުން، ބައެއް ފަރާތްތަކަށް ގޯތި ކަނޑައިގެން ގޯތި ދިން ކަމަށް އެ ސަރުކާރުން ބުނި ނަމަވެސް އެއިން ބައެއް ގޯތިތައް ހުރީ ފެނު އަޑީގައި ކަމަށާ، އަނެއް ބައި ގޯތިތައް ހުރީ ހުޅުމާލޭގައި ހުރި "ވެލި ފަރުބަދަ ތަކާއި، ހިލަ ފަރުބަދަ ތަކުގައި" ކަމަށް އޭނާ ވިދާޅުވި އެވެ. 

މަގާމާ ހަވާލުވެފައި އަޅުގަނޑު ބަލައިފިން ހުޅުމާލޭގެ ބިން ތަކަށް ވީ ކިހިނެއްތޯ؟ އަޅުގަނޑު އެތަނާއި ހަވާލުވިއިރުގައި، ހުޅުމާލޭގެ އެކަކާއި، ދޭކާއި، އަދި ކީއްތޯ، ނުހިއްކާ އޮތް ތަންވެސް، އެތަންތަނުންށ ގާތްގަނޑަކަށް ފަންސާހަކަށް ބިން، މިއޮތީ އެކިއެކި މީހުންނަށް ދީ ޚަލާސް ކޮށްލާފައި. ވިޔަފާރި އުސޫލުންނާއި އަދި ނުހައްގުން ދީފައި ހުރި ބައިވަރު ބިންތަކެއް އެބަހުރި. މިއަދުވެސް އެބަހުރި. މިވާހަކަ ދައްކަންޖެހޭ. ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭން އެބަޖެހޭ. ކުރިއަށް އޮތް ތަނުގައި އެއީ ކޮން ފަރާތްތަކެއް ކަން ވެސް އަޅުގަނޑުމެން ހާމަކުރާނަން.

އިބްރާހީމް ފަޒުލް ރަޝީދު 

މިރޭގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ޕީޕީއެމް

"ބިންވެރިޔާގެ ކަންތަކުގައި އަޅުގަނޑު މިއަދު މިދިޔައީ. ދިޔައިރު ބިންވެރިޔާގެ ޕްލޮޓްތައް މި އަރަނީ ޖެހިގެން ހުރި ފަރުބަދައަަށް. ހިލަ ފަރުބަދަ ނޫނިއްޔާމުން ވެލި ފަރުބަދައަށް މި އަރަނީ. ދެން އަޅުގަނޑު ކައިރީ މި އަހަނީ ކީއްވެތޯ ނުދެވިގެން އުޅެނީ. ކިހިނެއް އަޅުގަނޑު ދެނީ؟ އެތަން ހުސްކޮށްގެންތާ ދެވޭނީ؟ ރީ ލޮކޭޓް ކޮށްގެން ނޫން ގޮތަކަށް އެކަން ކުރެވޭކަށް ނެތް. އެކަމު ޔަގީންކަން އަރުވަން، ރައީސް މުޢިއްޒުގެ ސަރުކާރުގައި އަޅުގަނޑުމެން އެކަން ކުރާނަން" ބިންތައް ކަނޑައަޅާފައި ހުރި ގޮތުން ބިން ނުދެވިގެން އުޅޭ ސަބަބު ހާމަ ކުރައްވައި، ބައެއް ބިންތައް ދޫކޮށްފައި ހުރި ތަން ނޫން އެހެން ތަނަކުން ދޭން ޖެހޭ ކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވިއެވެ. 

މީގެ އިތުރުން ފަޒުލް ވަނީ، ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި، ގުޅީފަޅު، ތިލަފުށި އަދި ރަސްމާލެ ހިއްކުން ހުއްޓިފައިވާ ކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދު ދެއްވާފަ އެވެ. 

އެއްވެސް މަސައްކަތެއް ނުހުއްޓޭ. އަޅުގަނޑުމެން ހަމައެކަނި މިވަގުތުގެ ހާލަތާއި ގުޅޭގޮތުން ތަރުތީބު ކޮށްލީ. ރައްޔިތުންގެ އެދުމަށް ތަރުތީބު ކޮށްލައިގެން އިސްފަސް ކޮށްލައިގެން ކުރިއަށް މިގެންދަނީ. 

އިބްރާހީމް ފަޒުލް ރަޝީދު 

ފަޒުލް ވިދާޅުވީ، ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ބޮޑުބައެއް މިހާރުވެސް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިންމައި، އެތަންތަނުން ގޯތި ލިބުނު މީހުންނަށް ގޯތި ދޭން ފެށުމުގެ މަސައްކަތް ކަމަށެވެ. 

ކޮމެންޓް
މުހައްމަދު
ކެމްޕޭނަށް ފައިސާ ހޯދަން ގޯތި ވިއްކިކަމަށް ބުނާ އަޑުއިވޭ.
04 Mar 2024
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.