N/A
N/A
ހަބަރު 14 Mar 2019 | 08:36

މައްޗަން ގޯޅި މެދަށް ކުރިމަތިލެއްވި އިއްބެ އަށް ޑރ. ޝަހީމްގެ ތާއީދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރު ކަމާއި އަދި އޭގެ ފަހުން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުކަން ކުރެއްވި ޑރ. ޝަހީމް ފޭސްބުކްގައި އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އަމިއްލަ ގޮތުން މައްޗަންގޮޅި މެދު ދާއިރާއަށް ކުރިމަތިލައްވާފައިވާ އިބްރާހީމް މުޙައްމަދު އަކީ އެބޭފުޅާގެ ކްލާސްމޭޓެއް ކަމަށެވެ.

"ވަރަށް ކުޑައިރުން ފެށިގެން ރަޙުމަތްތެރިއެކެވެ. އޭނާއަކީ އަބަދުވެސް ވަރަށް މޮޅު ބޭފުޅެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޢިލްމީ ބޭފުޅެކެވެ. ޢިލްމީ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެއްވެސް މެއެވެ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

އިއްބެގެ ބައްޕާފުޅު ފަޟީލަތުއްޝައިޚު މުޙައްމަދު އިބްރާހީމް އަކީ ދިވެހިރާއްޖޭގައި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލެއްވި ބޭފުޅެކެވެ. މަދީނާގެ އިސްލާމީ ޔުނިވަރސިޓީން ތަޢުލީމު ޙާޞިލްކުރެއްވި ޝައިޚް މުހައްމަދު އިބްރާހިމް ވަނީ 90 ގެ އަހަރުތަކުގެ ތެރޭގައި ޖަލުގައި ލިބިވަޑައިގެންނެވި އިންސާނިއްޔަތާއި ޚިލާފު އަނިޔާތައް ތަހައްމަލު ކުރައްވައިފައެވެ.

އެކަން ފާހަގަކުރައްވައި ޝަހީމް ވަނީ އެ ހިތްދަތި އަދި އުނދަގޫ ދަނޑިވަޅުގައި ވެސް ހިތްވަރު ކުރައްވައި އިއްބެ ތައުލީމް ޙާސިލްކުރެއްވުމަށް ކުރެއްވި މަސައްކަތަށް ޑރ. ޝަހީމް ވަނީ ތައުރީފް ކުރައްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި އިއްބެ އަކީ ރައްޔިތުންގެ ޙައްޤުގައި އިޚުލާޞްތެރިކަމާއެކު ވަކާލާތު ކުރެއްވޭނެ ޤާބިލްބޭފުޅެއް ކަމަށެވެ.

އަދި އިއްބެއަށް ތާޢީދު ކުރެއްވުމަށް ނިންމެވީ އޭނާއަކީ ރައްޔިތުންގެ މަޖުލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޢިލްމާއި ފިކުރާއި ސިޔާސީ ތަޖުރިބާހުރި ބޭފުޅެއްކަމަށް ފެންނާތީވެ ކަމަށެވެ.

ޑރ. ޝަހީމް ވަނީ ފާއިތުވި ރިޔާސީ އިންތިޚާބުގައި އެބޭފުޅާއަށް ތާއިދުކުރެއްވި މައްޗަންގޯޅި މެދު ދާއިރާގެ އެންމެހާ ބޭފުޅުން އިއްބެއަށް ތާއިދުކުރައްވައި ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ
14 Oct 2026 ހަބަރު

ސެޕްޓެމްބަރު ނިމުނުއިރު، ރަސްމީ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގައި: އެމްއެމްއޭ

ރިޒާވް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ސެޕްޓެމްބަރު މަހު ލިބުނު ބޭރު ފައިސާއަށް ވުރެ އެ އޮތޯރިޓީން ދޫކުރި ބޭރު ފައިސާގެ މިންވަރު އިތުރުވުމެވެ. އެގޮތުން، އޮގަސްޓު މަހާ އަޅައިބަލާއިރު ސެޕްޓެމްބަރު މަހު ދޫކުރި ބޭރު ފައިސާގެ މިންވަރު ވަނީ 46.9 އިންސައްތަ އިތުރުވެފައެވެ.

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ
14 Oct 2026 ހަބަރު

ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ހިމެނޭހެން 14 މިސްކިތެއް ހުޅުވަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ގިނަ ޢަދަދެއްގެ މިސްކިތްތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިހާރު ނިމިފައިވެއެވެ.

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
14 Oct 2026 ހަބަރު

އެހީއާ ސަބްސިޑީގެ ގޮތުގައި އަހަރުގެ މިހާތަނަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ވާގޮތުން މިހިނގާ އޮކްޓޯބަރުމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން އެހީ އާއި ސަބްސިޑީގެ ގޮތުގައި ވަނީ 10.4 ބިލިއަން ރުފިޔާ ހޭދަވެފައެވެ.

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ
14 Oct 2026 ހަބަރު

ޅ އިން އައްޑޫއަށް ހުދު ސަމާލު؛ ބޯކޮށްވާރޭވެހޭނެ، ގުގުރާނެ

އެ އަތޮޅުތަކަށް ނެރުނީ ހުދު ސަމާލެވެ. މެޓް އޮފީހުން މި އިންޒާރު ނެރެފައިވަނީ މިރޭ 12 ޖެހުމާއި ހަމައަށެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި
14 Oct 2026 ހަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

އަފީފަކީ ކުރީން ފެނަކައިގެ ޗެއާމަން ކުރެއްވި ބޭފުޅެކެވެ. ސްޓެލްކޯއާ އެމްޓީސީސީގެ ޗެއާމަން ކަން ވެސް ކުރެއްވި އެވެ.

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ
14 Oct 2026 ހަބަރު

ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ޓްރެފިކް ޤާނޫނު ތަންފީޒުކުރަން ފަށަނީ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާ މެދު ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށް ފިޔަވަޅު އެޅުމުގެ މަސައްކަތް ހަތް ދުވަހުގެ ތެރޭ ފެށުމަށް މިނިސްޓްރީން ނިންމައިފިއެވެ.