14 Mar 2019 | 15:03
ބޮޑުހުޅުގެ މައްސަލައިގެ ދައުވާ ލިބޭ އެމްޑީޕީގެ 70 މީހެއްގެ މައްސަލަ ރިވިއުކުރަން އެދިއްޖެ

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ބައިވެރިވުމުގެ ސަބަބުން ދައުވާ ލިބޭ އެމްޑީޕީ އަށް ނިސްބަތްވާ 70 މީހެއްގެ މައްސަލަ ރިވިއުކޮށްދިނުމަށް އެދި ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހަށް އެމްޑީޕީން ހުށަހަޅައިފިއެވެ.

7 ފެބްރުއަރީގައި ސިފައިންނާއި ފުލުހުން ސަރުކާރާއި ދެކޮޅަށް ނިކުމެ ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އެމްޑީޕީގެ ވެރިކަން ވައްޓާލުމުން ޖެހިގެން އައި ދުވަހު އެމްޑީޕީގެ ސަޕޯޓަރުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައެވެ.

އެ ހަމަނުޖެހުންތަކުގައި އެތައް ޕޮލިސް ސްޓޭޝަނަކާއި ކޯޓުތައް ވަނީ އަންދާލާފައެވެ.

8 ފެބްރުއަރީގެ "ބޮޑުހުޅު"ގެ ހާދިސާއަށް 3 އަހަރު ވެފައިވާއިރު އެދުވަހު އަންދާލި އިމާރާތްތައް ހުރީ އަދިވެސް އެގޮތަށެވެ. އެދުވަހު މީދޫ ކޯޓް ފިޔަވައި އެހެން ރަށްރަށުގައި ހުރި ކޯޓްތައް ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައި ވާއިރު އަދިވެސް އެއިން އެއްވެސް ކޯޓެއް އަލުން އިމާރާތް ކުރަން ފެށިފައެއް ނުވެއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 2012 ވަނަ ހިންގި ބަޣާވަތާއި ގުޅިގެން އައްޑޫއިން 70 މީހެއްގެ މައްޗަށް، ގދ.ތިނަދޫއިން 94 މީހެއްގެ މައްޗަށް އަދި ލ.އިސްދޫގެ 4 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް އެތައް ބައެއްގެ މައްޗަށް ދައުވާކޮށްފައި ވާއިރު އޭގެ ތެރެއިން ގިނަ ދަޢުވާތައް ވަނީ މީގެ ކުރިން އަނބުރާ ގެންގޮސްފައެވެ.

އެމްޑީޕީ ސަޕޯޓަރުން އިސްވެތިބެ 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި ހުޅުޖަހައި އަންދާލުމުގެ ސަބަބުން، ޝަރުޢީ ކޯޓުތަކަށް ލިބުނު ގެއްލުމުގެ އަގު 46 މިލިއަން ރުފިޔާ އަށް އަރައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ޗައިނާއާ ރާއްޖޭގެ އިޤުތިޞާދީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާކޮށްފި
ޗައިނާއިން ވަޑައިގަތް ވަފްދުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ، ސީޕީސީގެ މަރުކަޒީ ކޮމިޓީގެ ބައިނަލްއަޤުވާމީ ގޮފީގެ ދެކުނު އިރުމައްޗާއި ދެކުނު އޭޝިއާ ކަންކަމާ ބެހޭ ބިއުރޯގެ ޑައިރެކްޓާ ޖެނެރަލް ޕެންގް ޒިއުބިން
16 Sep 2026
ޓްރިޕްވި ހުރިހާ ފީޑަރުތަކެއް އަލުން ޖައްސައި ކަރަންޓް ދީފި
އެއްވެސް ކަސްޓަމަރަކަަށް ކަރަންޓުގެ ހިދުމަތް ނުލިބިވާނަމަ ކޮންޓެކްޓް ސެންޓާ 1545 އަށް ގުޅުމަށްވަނީ އެދިފަ އެވެ.
16 Sep 2026
ފަހު ވަގުތު އެސްޕީ ޖެހި ލަނޑުން ރެއާލް މެޑްރިޑަށް މުހިންމު މޮޅެއް
މުޅި މެޗުގައިވެސް ރެއާލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، ވިނީޝިއަސް ޖޫނިއަރ އާއި އެމްބާޕޭއަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނުކަން ފާހަގަކުރެވެއެވެ.
16 Sep 2026
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ކަރަންޓް ކެނޑިއްޖެ
ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
16 Sep 2026
އިނގިރޭސި ލީގްކަޕް؛ ލިވަޕޫލް އަތުން ބަލިވެ، މުބާރާތުން ސްޕާސް އަލްވަދާއު ކިޔައިފި
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މި މެޗުން ސްޕާސްގެ މައްޗަށް ލިވަޕޫލުން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ
16 Sep 2026
ސޫދާނުގައި ރަން ނަގަމުންދިޔަ މައިނެއް ވެއްޓި މަދުވެގެން 60 މީހުން މަރުވެއްޖެ
މި ހާދިސާގައި ސަލާމަތްވި ދެ މީހަކު ބުދަ ދުވަހު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ވެއްޓިފައިވާ ބައިތަކުގެ ދަށުގައި ތާށިވެ، ގެއްލިފައިވާ ކަމަށާއި އެމީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
16 Sep 2026
ލީގް ކަޕްގައި އިޕްސްވިޗް އަތުން އާސެނަލަށް ފަސޭހަ މޮޅެއް
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ ޑޯމަން އަކީ ވަރަށް ހުށިޔާރު ކުޅުންތެރިއެއް ކަމަށާއި އޭނާ ޖެހި ލަނޑުތަކުން ވަރަށް ރަނގަޅަށް އެކަން ފެނިގެން ގޮސްފައިވާކަމަށެވެ. އަޓޭޓާ ބުނީ އުމުރުން އެހާ ހަގު ކުޅުންތެރިއަކު އެ ފެންވަރުގައި ޕްރިމިއާލީގުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށެވެ.
16 Sep 2026
ޕީއެންސީގެ ޒުވާނުންގެ ހަތް ގޮނޑިއަށް މެންބަރުން ހޮވައިފި
ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ ޒުވާނުންގެ ހަތް ގޮނޑިއަށް 12 ކެންޑިޑޭޓުންގެ ތެރެއިން ހަތް ބޭފުޅަކު މިއަދު އިންތިޚާބުކޮށްފައިވާ އިރު، އެންމެ ގިނަ ވޯޓު ހޯއްދެވީ ސިމާން ހާދީއެވެ.