މެންބަރު އިސްމާޢީލް އަހުމަދު— ފޮޓޯ/ މަޖިލިސް
ހަބަރު
12 Mar 2024 | 22:40
800،000ރ. ގެ ދަރަންޏެއް ދައްކަން މެންބަރު އިސްމާޢީލް އަހުމަދުގެ މައްޗަށް ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް 856،830ރ. ގެ ދަރަންޏެއް ސާބިތުވެ އެ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް އެ ދަރަނި ދައްކަން ހުކުމް ކުރީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއު އޭނާގެ ކުންފުންޏަކުން ނަގައި، މަސައްކަތެއް ހިންގަން ރ. ކަނދޮޅުދޫ މީހަކާ އެކު ހެދި އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ ކަމަށް ބުނެ، ހުށަހެޅި މައްސަލައެއްގައެވެ.

އެގޮތުން، 2018 ވަނަ އަހަރު މެންބަރު އިއްސޭއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތ. ކަނޑޫދޫ ސްކޫލުގެ އެ ކްލާސްރޫމުތައް އިމާރާތްކުރުމަށް ސަބްކޮންޓްރެކްޓަރާއި ހަވާލުކުރުމުން އެ މީހާގެ އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްފައިވާއިރު، އެ ތަކެތީގެ އަގަށްވާ 1.2 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ނުދީ އޮތް ކަމަށްބުނެ ސަބް ކޮންޓްރެކްޓަރުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީއެވެ. 

އެ މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ އިއްސޭ ދައްކަވަން ޖެހޭ ފައިސާގެ ތެރެއިން ދެއްކެވީ 425،000ރ. ކަމަށެވެ. ބާކީ 856،830ރ. އޭނާ ދެއްވާފައެއް ނުވެއެވެ.

އެ މައްސަލައިގައި ދައުވާއިން ދިފާއުވާން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިއްސޭ ހުށަހަޅާފައިނުވާތީ މައްސަލައިގެ ހުކުމްކޮށްފައިވަނީ ޣައިރު ހާޒިރުގައެވެ. ހުކުމްގައި އަންގާފައިވަނީ 856،830ރ. 15 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ގެއްލޭނެއެވެ. އެހެންކަމުން، 15 ދުވަސް ތެރޭގައި މެންބަރު އިސްމާއިލް މި ދަރަނި އަދާ ނުކޮށްފި ނަމަ، އޭނާގެ ގޮނޑިއާ މެދު ސުވާލު އުފެދޭނެއެވެ.

ނަމަވެސް އެ މައްސަލާގައި އިއްސޭ ނެރުނު ބަޔާނެއްގައި ވާގޮތުން މީގެ ކުރިން 2020 ވަނަ އަހަރު ސަބް ކޮންޓްރެކްޓަރު މޫސާ ޚަލީލު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ކަމަށާއި އޭރު ކޯޓުން ނިންމީ ދަރަނި ސާބިތުނުވާ ކަމަށް ކަމަށެވެ.

އަދި ސަބްކޮންޓްރެކްޓަރު، މޫސާ ޚަލީލާ އެކު ވެފައިވާ އެއްބަސްވުމުގައި ބުނާ މުއްދަތުގައި މަސައްކަތް ކުރިއަށް ގޮސްފައިނުވާތީއާއި މަސައްކަތް ފުރިހަމަވެފައިނުވާތީ އެފަރާތުގެ އަތުން މަސައްކަތް އަތުލުމުގެ ކުރިން، އެފަރާތުން ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާއެއްނަމަ، 2019 ވަނަ އަހަރާ ހަމައަށް ދައްކާ ޚަލާސްކޮށްފައިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.