އދ ގެ އެހީދޭ މަރުކަޒަށް ޔަހޫދީން ދިން ހަމަލާ އަށް ފަހު-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
14 Mar 2024 | 10:14
ޣައްޒާގައި ހުރި އދ ގެ އެހީދޭ މަރުކަޒަކަށް ޔަހޫދީން ހަމަލާދީ 5 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގެ ހުރި އދ ގެ އެހީދޭ މަރުކަޒެއް ކަމަށްވާ ޔޫއެންއާރުޑަބްލިއުއޭ އަށް ޔަހޫދީން ހަމަލާދީ 5 މީހަކު ޝަހީދުކޮށްލައިފިއެވެ.

މިހަމަލާގައި 22 މީހަކު ޒަހަމްކޮށްލުމުގެ އިތުރުން، ހަމާސް ގެ ކޮމާންޑަރަކާއި އދ ގެ އެހީތެރިއެއްވެސް ޝަހީދުކޮށްލާފައިވާއިރު، އދ އިން ވަނީ މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނަށް ފާޅުކަން ބޮޑު ގޮތެއްގައި އިހްތިރާމް ކުޑަކުރުން ކަމަށް ސިފަކޮށް، މި ހަމަލާ ކުށްވެރިކޮށްފައެވެ. 

މި ހަމަލާ އަމާޒުކޮށްފައިވަނީ، އެހީދޭ މަރުކަޒުގެ ކާބޯތަކެތި ރައްކާކުރާ ފަރާތަށް ކަމަށް ބޭރު ދުނިޔޭގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. ކާބޯތަކެތީގެ އިތުރުންވެސް، އެހީގެ ގޮތުގައި ފޯރުކޮށްދޭ އެހެނިހެން މުހިއްމު ތަކެތިވެސް ރައްކާތެރި ކުރި މި ގުދަނަށް ހަމަލާދިން ވަގުތު އެތަނުގައި ގާތްގަނޑަކަށް 60 މީހުން މަސައްކަތް ކުރަމުންދިޔަ ކަމަށް އދ އިން ބުނެއެވެ.

ރަފާހްގައި ހުރި މި އެހީދޭ މަރުކަޒަށް ހަމަލާދިންއިރު، ރަފާހްއަކީ ޣައްޒާގެ އެހެން ސަރަހައްދުތަކަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ގެދޮރުގެއްލިފައިވާ ގާތްގަނޑަކަށް 1.5 މިލިއަން މީހުން ބޯހިޔާވަހިކަން ހޯދައި، ދިރިއުޅެމުން އަންނަ ސަރަހައްދުކަން ފާހަގަކޮށްލަން ޖެހެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް ޣައްޒާގެ 82 މީހަކު ޝަހީދުކޮށްލައި 122 މީހަކު ޝަހީދުކޮށްލާފައިވާއިރު، ޣައްޒާއަށް އެހީ ފޯރުކޯށްދިނުމަށް އިސްރާއީލުން ހުރަސް އެޅުމުގެ ސަބަބުން 300,000 ގިނަ މީހުން އަންނަނީ ބަނޑުހައިހޫނު ކަމުގެ ވޭން ތަހައްމަލު ކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ދޭން ފެށި މިހަލާތަކުގައި މިހާތަނަށް އދ އިން ޣައްޒާއަށް އެހީ ފޯރުކޮށްދޭ 150 އަށްވުރެ ގިނަ މަރުކަޒެއް ހަލާކުކޮށްލާފައިވާއިރު، އެހީދިނުމަށް ހަރަކާތްތެރިވަމުންދިޔަ 13,000 މީހުންގެ ތެރެއިން އެންމެ މަދުވެގެން ގާތްގަނޑަކަށް 165 މީހުން ޝަހީދުކޮށްލާފައިވާކަމަށް އދ އިން ހާމަކުރެއެވެ.

އިސްރާއީލުން ޣައްޒާއަށް ހުއްޓުމެއްނެތި ދެމުންގެންދާ ލާއިންސާނީ ހަމަލާތަކަށް 159 ދުވަސްވެފައިވާއިރު، މި ހަމަލާތަކުގައި  30,960 މީހަކު ޝަހީދުކޮށްލާފައިވާއިރު، 72,524 މީހަކު ވަނީ ޒަހަމްކޮށްލާފައެވެ. ބަރަކާތްތެރި ރަމަޟާން މަސް މިއަހަރު މުސްލިމުންނާއި ކުރިމަތިލިިއިރު، ޣައްޒާގެ ރައްޔިތުންނަށް ސާފުބޯފެނާއި ކާނާ ހޯދުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ