އެސްޓީއޯ-- ފޮޓޯ: ވޮއިސް
ވިޔަފާރި
18 Mar 2024 | 11:06
އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރ ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެސްޓީއޯގެ ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާ ދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނީ އެ ކުުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތުގެމަތީން، އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާ ދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބު ކުރެވޭކަމަށެވެ.

މިގޮތަށް އިންތިހާބު ކުރެވޭ އެ ކުންފުނީގެ ބޯޑަށް އިންތިހާބު ކުރެވޭ ހުރިހާ ޑައިރެކްޓަރުންނަކީ ވެސް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމާއި އެކު، ކުންފުނީ ގެ ބޯޑަށް ވީހާވެސް ގިނަ އަންހެނުން ޝައުޤުވެރިކަން ފާޅުކޮށް، އިންތިހާބުގައި ވާދަކުރުމަކީ އެ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށް ވެސް އެ އިއުލާންގައި ވެއެވެ. އަދި މިއީ މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއްކަން ވެސް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެސްޓީއޯގެ އާންމު ހިއްސާ ދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިން ފުރިހަމަވާން ޖެހޭ ޝަރުތުތައް އިއުލާން ގައި ހިމަނާފައިވާއިރު، ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، މި މަގާމަށް ކުރިމަތިލުމަށް އެދި ހުށައަޅާ "ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމަށްފަހު، 8 އޭޕްރީލް 2024 ވާ ހޯ މަ ދުވަހުގެ 14:00 ކުރިން އެ ކުންފުނީގެ ސެކްރެޓޭރިއަޓަށް އެޑްރެސްކުރުމަށްފަހު މެއިލް ކުރުމަށް އެސްޓީއޯގެ އިއުލާންގައި ވަނީ އެދިފައެވެ.

މި ފޯމު އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް އިންޓަވިއު ކޮށް، ކޮމިޓީން މިކަމާއި ގުޅިގެން ތައްޔާރުކުރާ ރިޕޯޓް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، އެ ބޯޑުން ކަނޑައަޅާ ގޮތެއްގެ މަތީން ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެސްޓީއޯ އިން ބުނެއެވެ. 

އެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.