ކަރަންޓާއި ފެނާއި އަދި ނަރުދަމާ ނެޓްވޯކް މަތިން ދޫކޮށްފައިވާ ގޯއްޗެއް
ހަބަރު
18 Mar 2024 | 20:17
ކުރީ ސަރުކާރުން ބައެއް ގޯތިތައް ދީފައި ހުރީ ކަރަންޓާއި، ފެނާއި، ނަރުދަމާ ނެޓްވޯކް މަތިން: އެޗްޑީސީ

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ގޯތިތައް ދީފައި ހުރީ ކަރަންޓާއި، ފެނާއި، ނަރުދަމާ ނެޓްވޯކް މަތިން ކަަމަށް އެޗްޑީސީން ބުނެފިއެވެ. 

މިކަން ހާމަކޮށް އެޗްޑީސީން އާއްމު ކުރި ވީޑިއޯއެއްގައި އެ ކޯޕަރޭޝަންގެ ޕަބްލިކް ރިލޭޝަން އެސިސްޓެންޓް މެނޭޖަރ މުހައްމަދު ސިރާޖު ވިދާޅުވީ، މި ސްކީމްގެ ދަށުން ބިން ދޫކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާއިރު، ބިން ލިބުނު ބައެއް ފަރާތްތަކަށް ބިން ހަވާލު ކުރެވި، އިންފާރު ރޭނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ބައެއް ހުރަސްތަކާއި ހުރެ ބައެއް ފަރާތްތަކަށް އިން ވަކިކޮށް، ބިން ހަވާލު ކުރުމުގައި ލަސްކަމެއް އެބަހުރި، އެގޮތުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައި ހުރި ބައެއް ގޯތިތަކުގެ ތެރެއިން ފެނާއި ކަރަންޓާއި ނަރުދަމާގެ ވިއުގައި ގޮސްފައި އެބަހުރި. ބައެއް ގޯތިތައް އެބަ ހުރި މަގުތަކަށް ވާގޮތަށް ދޫކޮށްފައި ".

އެހެންކަމުން އެފަދަ މައްސަލަތައް ހުރި ގޯތިތައް ދޫކުރުމުގެ ކުރިން މި ނެޓްވޯކްތައް ގޯތިތަކުގެ ތެރެއިން ނާރާނެ ގޮތަށް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ސިރާޖް ވިދާޅުވިއެވެ. އަދި މި މަސައްކަތްތައް ސްޓެލްކޯ އާއި އެމްޑަބްލިވްއެސްސީއާ ގުޅިގެން ކުރަމުންދާ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރޭވުންތެރިކަމާއެކު ސާވިސް ލައިން ބަދަލުކޮށްގެން ނޫނީ މި ސަރަހައްދުން ދޫކޮށް ހުރި ގޯތިތައް ކަނޑައަޅާ ބިންވެރިންނާއި ހަވާލު ކުރުމަކީ ވަރަށް ދަތިކަމެއް، އިން ވަކިކޮށް ބިން ހަވާލު ކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލާ ގޮންޖެހުންތައް ހައްލުކޮށް ގޯތީގެ ވެރިންނާއި ބިން ހަވާލު ކުރުމުގެ މަސައްކަތް އެޗްޑީސީގެ ފަރާތުން ކޮށްދޭނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން،".

މި ސްކީމްގެ ދަށުން ގޯތި ދޫކޮށްފައި ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެތަންތަނުން 9،000 ގޯތި ދޭނެއެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.