ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު-- ފޮޓޯ: މަޖިލިސް
ހަބަރު
19 Mar 2024 | 13:52
70% ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީން ފެށިގެން ޑިސެމްބަރާ ހަމައަށް ބާއްވަން: ވަޒީރު ޑރ.ޝަފީޢު

ރާއްޖޭގެ ގާތްގަނޑަކަށް %70 ރައްޔިތުން ބޭނުންވަނީ ދިރާސީ އަހަރު ޖެނުއަރީން ފެށިގެން ޑިސެމްބަރާއި ހަމައަށް ބާއްވަން ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފަށާ ތާރީހް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތަޢުލީމާބެހޭ ވަޒީރު ވިދާޅުވީ ކޮވިޑްގެ ސަބަބުން މިފަދަ ބަދަލެއް ގެނައި އެހެން އެއްވެސް ގައުމެއް ނެތްކަމަށާއި މިދިޔަ ސަރުކާރުން ދިރާސީ އަހަރު ފެށޭ ތާރީހު ބަދަލުކުރުމަށް އެކަށީގެންވާ ސަބަބެއް ނެތްކަމަށެވެ.

ރާއްޖޭގެ ގާތްގަނޑަކަށް 70 އިންސައްތަ މީހުންނާއި ގާތް ކުރާ މީހުން ބޭނުންވަނީ މި ސަރުކާރުން ގެނައި ބަދަލާއިއެކު ކުރިއަށްދާކަން ފާހަގަކުރައްވާ ވަޒީރު ޝަފީއު ވިދާޅުވީ، ދިރާސީ އައު އަހަރު ފެށޭ ތާރީހު ބަދަލުކުރުމަށް ނިންމީ، ކުރީ ސަރުކާރުން ގެނައި ބަދަލު ދިރާސާ ކުރުމަށްފަހުކަމަށާއި، ކުރީ ސަރުކާރުން ގެނައި ބަދަލާއި އެއްގޮތަށް އޮތުމުން ލިބޭނެ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމަށެވެ.

"ގާތްގަނޑަކަށް 70 އިންސައްތައާ ކައިރިކުރާ މިންވަރަކަށް ރައްޔިތުން ބޭނުންވީ ހަމަ އިިހުވެސް އޮތް ގޮތަށް ޖެނުއަރީން ފެށިގެން ޑިސެމްބަރާ ހަމައަށް ޓާމު ބާއްވަން."

ވަޒީރު ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ވަޒީރު ވިދާޅުވީ، ދިރާސީ އަހަރު ބަދަލުކުރުމަށް ކުރީ ސަރުކާރުން 30،000 މީހުންގެ ޚިޔާލު ހޯދިކަމަށާއި، ނަމަވެސް އެބަދަލު ގެނެސްފައިވަނީ މީގެތެރެއިން %70 މީހުންގެ ޚިޔާލާ ދެކޮޅަށް ކަމަށެވެ. މި ބަދަލު ގެނައުމަށް ބެލެނިވެރިންނާއި ދަރިވަރުން ނޭދޭކަން ވެސް ވަޒީރު ޝަފީއު ފާހަގަކުރެއްވިއެވެ. 

މިސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީމަހު ފަށަން ބަދަލުކޮށްފައިވަނީ ކޯވިޑު-19ގެ ތެރޭގައި ދަރިވަރުންގެ ހަޔާތުން ގެއްލުނު 6 މަސް ދުވަސް އަނބުރާ އިޔާދަކުރެވޭނެ އިންތިޒާމުތަކާ އެކުގައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ޝަފީއު ވަނީ އެކެޑަމިކް ކަލަންޑަރަށް ގެނައި ބަދަލާއެކުވެސް ދަރިވަރުންނަށް ދޭންޖެހޭ ހަށިހެޔޮކަމާއި ދުޅަހެޔޮކަމާއި ކަސްރަތުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި ޓީޗަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ނަންގަވަންޖެހޭ ފިޔަވަޅުތައް ނަންގަވާނެކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.