ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން-- ފޮޓޯ: މަޖިލިސް
ހަބަރު
20 Mar 2024 | 12:43
މަސައްކަތްތެރިން ގެނެވޭގޮތަށް އަލުން ހުއްދަ ދިންފަހުން 4000 މީހުން ރާއްޖެ އަތުވެއްޖެ: ވަޒީރު އިހުސާން

ރާއްޖެއަށް އަލުން މަސައްކަތްތެރިން ގެނެވޭ ގޮތަށް ހުއްދަދިން ފަހުން 5000 މަސައްކަތްތެރިންނަށް ހުއްދަ ދެވި އޭގެ ތެރެއިން 4000 މީހުން ރާއްޖެ އައިސްފައިވާ ކަމަށް ރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާން މިފަދައިން ވިދާޅުވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު، ހޯމް މިނިސްޓަރު އިހްސާނާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން މިއަދު މަޖިލީހުގައި މެމްބަރު ޝިފާއު، ވަޒީރު އިހްސާނާއި ކުރެއްވި ސުވާލަކީ 17 ޑިސެންބަރު 2023 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ވަޒީފާ އަދ ކުރުމަށްޓަކައި ބަންގްލަދޭޝްގެ ރައްޔިތުން ތިބި ޢަދަދަކީ ކޮބައިތޯ، އާއި 12 ނޮވެންބަރު 2023 އިން 17 ޑިސެންބަރު 2023 ގެ ނިޔަލަށް ވިސާ ކެންސަލްކޮށް ރާއްޖެއިން ފުރި ބަންގްލަދޭޝް މީހުންގެ ޢަދަދަކީ ކޮބައިތޯއެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ 17 ޑިސެމްބަރު 2023 ގެ ނިޔަލަށް ބަންގްލަދޭޝްގެ މަސައްކަތްކުރާ މީހުންގެ އަދަދަކީ 90،624 ކަމަށާއި، 11 ނޮވެންބަރު 2023 އިން 17 ޑިސެންބަރު 2023 އާއި ހަމައަށް ވޯކް ޕާމިޓް އަދި ވިސާ ކެންސަލްކުރުމުގެ އިތުރުން، އަމިއްލަ އަށް ރާއްޖެއިން 206 މީހުން ގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރުމަށް ވިސާ ދޫކުރަން ފެށިފަހުން މިހާތަނަށް ކިހާ އަދަދެއްގެ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ވިސާ ދޫކޮށްފައިވޭތޯ މެމްބަރު ޝިފާއު އިތުރަށް ސުވާލު ކުރައްވާފައެވެ. ވަޒީރު ވަނީ އެ އަދަދު ބަލައި، ފަހުން ހުއްދަ ދެވިގެން އެތެރެވި ބަންގްލަދޭޝް މީހުންގެ އަދަދު ޖެހޭނީ ޗެކްކޮށް ޔަގީން ކުރަން ކަމަށް އެ ސުވާލުގެ ޖަވާބުގައި ވިދާޅުވެފައެވެ.

"މިވަގުތު އެކްޓިވް ވޯކްޕާމިޓްގެ އަދަދަކީ އެއްލައްކަ ތިރީސް ފަސްހާސް ސަތޭކަ ސާޅީސް ނުވަ އެކްޓިވް ޕާމިޓް. އެކްޓިވް ޕާމިޓޭ މި ދަންނަވަނީ އެ ޕާމިޓްގެ ދަށުން ރާއްޖެ ނާންނަ ޕާމިޓްވެސް ހިމެނޭހެން. އެ ޕާމިޓްގެ ދަށުން ރާއްޖެ އައިސް އަނބުރާ ދޫކޮށްފައި ދިޔަޔަސް ކުންފުނިން އެ ޕާޓިމް ކެންސަލް ނުކުރާކަމުގައިވާނަމަ ވެސް އެ ދައްކާނީ އެކްޓިވް ޕާމިޓެއްގެ ގޮތުގައި. އެހެންވީމާ އެކްޓިވް ޕާޓިމްގެ ގޮތުގައި މިހާރުވެސް ދޫކޮށްފައި އެބަހުރި ފަސްހާސް ޕާމިޓް ހުއްދަ ދެވުނު ފަހުން. އޭގެ ތެރެއިން 4000 މީހުން ރާއްޖެ އައިސްފައިވަނީ."

ވަޒީރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރަށް ވެސް ވަޒީރު އިހުސާން ވަނީ ވަރަށް ގިނަ ކުންފުނިތަކުން ބިދޭސީން ގެނެސް މައްސަލައެއް ދިމާވެ ފިލައިގެން ދިއުމުން ސަރުކާރުގެ އިދާރާތަކާއެކު ކުރަންޖެހޭ މުއާމަލާތްތައް ރަނގަޅަށް ކޮށްފައިނުވާކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.