ސިވިލް ސާވިސް ކޮމިޝަންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން
ހަބަރު
21 Mar 2024 | 09:20
ސްޕެޝަލް ޑިޔުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލުގެނެސްފި

ސިވިލް މުވައްޒަފުންގެ ތެރެއިން ސްޕެޝަލް ޑިޔުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ސިވިލް ސަރވިސް ކޮމިޝަނުން ބަދަލުގެނެސްފިއެވެ.

މިކަމާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ، ސްޕެޝަލް އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރު ގަޑީގެ އިނާޔަތް މީގެ ކުރިން ދެމުން ދިޔައީ، މަހެއްގެ މައްޗަށް 44 ގަޑިއިރަށް ވުރެ އިތުރު ގަޑީގައި މަސައްކަތް ކުރުމުން ކަމަށެވެ.

ނަމަވެސް، އަލަށް ގެނައި ބަދަލުން، ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް ރަސްމީގަޑި ހަމަވުމުން އިތުރު ގަޑީގައި ކުރާ ހުރިހާ މަސައްކަތަކަށް އިތުރު ގަޑީގެ އިނާޔަތް ލިބޭނެ ކަމަށް ބުނެފައިވެއެވެ. 

ސިވިލް ސަރވިސް ކޮމިޝަނުން އިތުރަށް ބުނެފައިވާގޮތުން، އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ގެނެވުނު ބަދަލަކީ ސްޕެޝަލް ޑިއުޓީ އެލަވަންސާ ގުޅިގެން އިތުރުގަޑީގެ ފައިސާ އުނިވާ ގޮތަށް އޮންނަ އޮތުމަކީ ވަޒީފާއާ ބެހޭ ގާނޫނާއި ޚިލާފު މާއްދާއެއް ކަމަށް ފާހަގަވުމުން އެކަން އިސްލާހުކުރުމަށެވެ.

ސްޕެޝަލް ޑިއުޓީ އެލަވަންސް އަކީ އައު ޕޭ ސްޓްރަކްޗާއަށް ބަދަލު ނުވެ ތިބި ހުރިހާ މުވައްޒަފުންނަށް ލިބޭ އެލަވަންސްއެކެވެ. އެގޮތުން، ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އިދާރީ މުވައްޒަފުންނާއި އަދި އެހެނިހެން ސެކްޓާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި އެލަވަންސް މިހާރު ލިބެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.