ސިއްހަތާއި ބެހޭ ވަޒީރު- ފޮޓޯ މަޖިލިސް
ހަބަރު
26 Mar 2024 | 13:31
ބޭސް ރައްކާކުރާ ގުދަން ތަކުގައި ފިނިހޫނުމިން ބެލޭނެ ނިޒާމެ ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން: ޚަލީލް

ރާއްޖެއިން ބޭރުން އެތެރެކޮށްގެން ބޭސް ބަހަށްޓަމުންދާ ގުދަން ތަކުގެ ފިނިހޫނުމިން ބެލޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ސިއްހަތާއިބެހޭ ވަޒީރު ޑރ އަބްދުالله ޚަލީލު ވިދާޅުވެއްޖެއެވެ. 

ރައްޔޮތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު ހާޒިރު ކޮށް ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މެންބަރަކު ވަނީ ރާއްޖެއިން ބޭރުން ޔޫކޭ އިން ކޮލިޓީ ބޭސް ގެންނާނެ ކަމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު އިއުލާން ކުރައްވާފައިވާއިރު އެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބަކާއި ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮލިޓީ ބޭސް އެތެރެކުރުމަށް ބޭރުގެ އެކި އެކި ފަރާތްތަކާއި ވާހަކަ ދައްކައިގެން، ބޭހުގެ ފުރަތަމަ ޝިޕްމަންޓް އަށް މިހާރު އޯޑަރ ދެވިފައިވާ ކަމަށެވެ. އަދި އެ ބޭސް ގުދަން ކުރުމަށްޓަކައި އެސްޓީއޯ އިން ވާނޖެހޭ ތައްޔާރީތައްވެސް މިހާރު ވަމުން އަންނަ ކަމަށް ވިދާޅުވުއެވެ. 

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ބަލަނީ މި ސިޔާސަތުގެ ދަށުން ރާއްޖޭގައި ބޭސް ރައްކާކުރާ ގުދަން ތަކުގައި ޓެމްޕަރޭޗަރ އެނގޭނެ މެކޭނިޒަމްއެއްވެސް ހުރުން. ބޭހަކީ ވަކި ޓެމްޕަރޭޗަރ އެއްގައި ހިފަހަށްޓައިގެން ނޫނީ އޭގެ އެފިކަސީއަށް، ނޫނީ އެއިން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރަށް ބަދަލު ތަކެއްް އަންނަ އެއްޗެއް. ވަކި ޓެމްޕަރޭޗަރ އެއްގައި ނެތިއްޔާ އޭގެ މައްސަލަ ތަކެއް އެބަ ކުރިމަތިވޭ. އެހެންވީމާ ޓެމްޕަރޭޗަ މޮނީޓަރ ކުރެވޭނެ މެކޭނިޒަމްއެއްވެސް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ކައިރި މުސްތަގުބަލެއްގައި ގާއިމް ކުރެވުގެން ދާނެ

ސިއްހަތާއިބެހޭ ވަޒީރު ޑރ އަބްދުالله ޚަލީލު 

ވަޒީރު ވިދާޅުވީ އަލަށް ގެންނަން އޯޑަރ ކޮށްފައިވާ ބޭހުގެ ޝިޕްމަންޓް އަންނަން ވާއިރަށް އެސްޓީއޯގެ ގުދަންތަކުގައި ފިނިހޫނުމިން ބެލޭނެ ނިޒާމް ގާއިމް ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތޭގޮތަށް ބޭސް ރައްކާކުރާ ގުދަންތައް ގާއިމުކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި ގުދަންތައް ސެންޓްރަލީ މޮނިޓަރ ކުރާނެ ނިޒާމެއް ގާއިމުކުރުމަށް ދާދިފަހުން ވަޒީރުންގެ މަޖިލީހުން ލގެ ލަފާއާއެކު ރައީސް މުޢިއްޒު ވަނީ ނިންމާފައެވެ. 

މީގެ އިތުރުން ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު (ކުއަންޓިޓީ) ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބޭހުގެ ފެންވަރު ކަށަވަރުކޮށް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި ގާބިލުކަން އިތުރުކޮށް، އިންސާނީ ވަސީލަތް އިތުރުކޮށް ތަރައްޤީކުރުމަށްވެސް ވަޒީރުންގެ މަޖީލިހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.