ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ: ވޮއިސް
ހަބަރު
27 Mar 2024 | 11:55
ވޭތުވެދިޔަ 4 މަސްތެރޭގައި މަޖިލީހުން ފެނިގެންދިޔައީ ރައްޔިތުންނަށް އުނދަގޫކުރާތަން: ރައީސް މުއިއްޒު

ވޭތުވެދިޔަ 4 މަސްތެރޭގައި މަޖިލީހުން ފެނިގެންދިޔައީ ތަރައްގީގެ ވިސްނުމެއްނެތި ރައްޔިތުންނަށް އުނދަގޫކުރާތަންކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ފުވައްމުލަކު ދެކުނު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް، އިބްރާހީމް ހުސައިން ގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދިވެހީންގެ ރާއްޖެއަށް ވާސިލުވުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތުގެ ދެބައިކުޅަ އެއްބައި ކާމިޔާބުކުރެވިފައިވާ ކަމަށާއި، މަޖިލީސް އިންތިހާބު ކާމިޔާބު ކުރެއްވުމުން ދިވްހިންގެ ރާއްޖެއަށް ވާސިލުވުމުގެ ފުރިހަމަ ކާމިޔާބީ ލިބިގެންދާނެ ކަމަށްވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މިފަދަ ތަރައްގީގެ މަސައްކަތްތައް މަޖިލީހުގެ ތެރެއިން ރައްޔިތުންނާ ބައިވެރިވާނެ ވިސްނުންފުޅު ހުރި ބޭފުޅުން ހޮއްވެވުމަކީ ޒަރޫރީ ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.

ޒަރޫރީ ކަމަކަށްވަނީ، ކަންކަމުގެ ހަގީގަތް އަޅުގަނޑުމެން ބަލާލާއިރުގައި، ފެންނަން ހުރި ހަގީގަތްތަކުގެ ސަބަބުން. މި ވޭތުވެގެންދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި މިވަނީ، މި ވިސްނުމުގައި މަސައްކަތް ނުކުރާ ބަޔަކު ތިއްބަވައިގެން ރައްޔިތުންނަށް ކުރަމުންދިޔަ އުނދަގޫތައް. އަޅުގަނޑުމެން ފާސްކުރަން ބޭނުންވާ، ރައްޔިތުންނަށްޓަކައި ހުށަހަޅާ ބިލުތައް ތަޅުމުން ބޭރުކުރާތަން މިފެންނަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ

ރައީސް މުއިއްޒު ވިދާޅުވީ، މަޖިލީހުން އެންމެ ފަހުންވެސް ކުރެއްވި ކަމަކީ، ގައުމުގެ އިގްތިސާދު ރައްޔިތުންގެ ހައްގުގައި ހަރުދަނާކުރުމަށްޓަކައި ފެށީ އެންމެ މުހިއްމު މަސައްކަތް ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު މިހާރަށްވުރެން ވަރުގަދަކޮށް އެ ފަންޑަށް ގާނޫނެއް ފާސްކުރުމަށް ފޮނުވި ބިލު ތަޅުމުން ބޭރުކޮށްލުން ކަމަށެވެ.

އެހެންކަމުން، ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި މަޖިލީހުން އެ ޢަމަލުކުރި ޣައިރު ޒިންމާދާރު ޢަމަލަށް ޖަވާބުދިނުމަށް ރައްޔިތުންގެ ކިބައިން ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ރައްޔިތުންގެ ޙައްގުގައި ބަސްބުނާ ކެންޑިޑޭޓުންނަށާއި ގައުމުގެ ތަރައްގީގެ މަސައްަތްތައް ރައްޔިތުންގެ ހައްގުގައި ކޮށްދެއްވާނެ ކެންޑިޑޭޓުން ހޮއްވެވުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.