އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު-- ފޮޓޯ:ޕީޕީއެމް
ހަބަރު
30 Mar 2024 | 09:32
ރައީސް މުއިއްޒު ޕީޕީއެމް/ޕީއެންސީ ލަޝްކަރު ވަރުގަދަކޮށް، ގައުމު ބިނާކުރުމުގައި ދެމިހުންނަވާނެ: ފަޒުލް

ސަރުކާރު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ލަޝްކަރު ވަރުގަދަކޮށް، ގައުމު ބިނާ ކުރެއްވުމުގައި ކޯލިޝަންގެ ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުންނަވާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ  އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

 ފަޒުލް މިފަދައިން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއަށް އެއްވެސް ދިރުމެއް ރައީސް ޑރ. މުޢިއްޒު ދޭން ބޭނުންފުޅުނުވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

މިގޮތުން ފަޒުލް ވިދާޅުވީ، ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ޕީޕީއެމް/ޕީއެންސީ މަގުމަތިނުކޮށް ދިވެހީންގެ ރާއްޖެ އަށް ދަތުރުކުރުމަށް ހިތްވަރާއި ކެތްތެރިކަމާއި އެކު މަސައްކަތްކޮށްގެން ކަމަށެވެ.

"ޕީޕީއެމް/ޕީއެންސީގެ ލަޝްކަރު މަގުމަތިނުކޮށް އިންތިހާބު ބޮއިކޮޓް ނުކޮށް، ދިވެހީންގެ ރާއްޖެ އަށް ދަތުރުކުރުމަށް ހިތްވަރާއި ކެތްތެރިކަމާއި އެކު މަސައްކަތްކޮށް އިންތިހާބު ކާމިޔާބު ކުރެއްވި އަދުގެ ރައީސް މުއިއްޒު ޕީޕީއެމް/ޕީއެންސީ ލަޝްކަރު ވަރުގަދަކޮށް ގައުމު ބިނާ ކުރުމުގައި ދެމިހުންނާނެ. އިންޝާ ﷲ."

ފަޒުލް ވިދާޅުވިއެވެ.

ފަޒުލް މިފަދައިން ވިދާޅުވެފައިވާއިރު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނޭ ގިނަ ބޭފުޅުންތަކެއް ވަނީ ރައީސް ޔާމީންގެ މިވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ. މިގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވެސް ވަނީ ޕީޕީއެމް/ޕީއެންސީގެ ސަފުތަކަށް ހީނަރުކަން ނާންނަކަމަށާއި، އެދެޕާޓީގެ ސަފުތައް އޮތީ ވަރަށް ބަދަހިކޮށްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ޣައްސާން ވަނީ ޕީޕީއެމުން ދަނީ ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުކަމާއި އެކު ވަރުބަލިކަމެއް ނެތި ހަރަކާތްތެރިވަމުންކަމަށާއި ދެޕާޓީގެ ސަފުތަކަށް ހީނަރުކަން ނާންނަކަމަށް ވިދާޅުވެ، އެފަދަ ވިސްނުމެއް ދެޕާޓީގެ ލީޑަރޝިޕްގެ ވެސް ނުގެންގުޅޭކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.