މަސްތުވާ ތަކެތި --- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
ހަބަރު
31 Mar 2024 | 16:45
ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަންއަކީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އޮތް އެންމެ މުހިންމު ޙައްލު - ރައީސް

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އޮތް އެންމެ މުހިންމު ޙައްލަކީ ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައީސްގެ ވާޖިބު" ޕްރޮގްރާމުގައި، މއ. ބޯޅަކިންކިރިމާގޭ އާއިޝަތު ޝެރީން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢަށް ގެނައުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ މެދު ސުވާލުކުރެއްވުމުންނެވެ.

"ކޮމިއުނިޓީ ބޭސް ރިހެބިލިޓޭޝަންއަކީ އަޅުގަނޑުމެން ޤަބޫލުކުރާގޮތުގަ އެންމެ މުހިންމު ޙައްލު. އެންމެ މުހިންމު މަގު މިކަމުގަ ކުރިއަށް ދާން. އަޅުގަނޑުމެންގެ ކެބިނެޓުގަ ވާނެ މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވި ސިޔާސަތު ކަނޑައަޅާފަ މި ދެންނެވި މަގުން ކުރިއަށް ދާން."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ވަކި ރަށްތަކެއް ކަނޑައަޅުއްވާ، ރާއްޖޭގެ އެކި ސަރަހައްދުތަކުގަ ރަނގަޅު ފެންވަރުގެ މަރުކަޒުތައް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގާ އެކިއެކި މަޝްރޫޢުތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެ މުޖުތަމަޢަށް އެނބުރި އާދެވޭނެ ގޮތަށް ތަމްރީނު ދެވޭނެކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

"ކޮމިއުނިޓީ ބޭސްޑް ގޮތަށް ރިހެބިލިޓޭޓްކޮށް، އިސްލާމްދީނުގެ ހަމަތަކުގެ މަތިން އެކުދިންނަށް ތަޢުލީމާ ތަރުބިއްޔަތު ދީ، ވިސްނަދީ ހަދައިގެން އަނބުރާ މުޖުތަމަޢަށް ބޭނުންތެރި ކުދިންގެ ގޮތުގަ ގެނައުމަކީ އަޅުގަނޑުމެން އެންމެންވެސް ހަމަ ބޭނުންވާނެ ގޮތް. އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ. އެގޮތަށް އިރާދަ ކުރެއްވިއްޔާ ކުރިއަށް ގެންދާނީ."

ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ އަދު ދިވެހި މުޖުތަމަޢުގައި އިންތިހާ ދަރަޖައަށް ގޮސްފައިވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ވައްކަމާއި މާރާމާރީ ފަދަ އެހެން ބޮޑެތި ކުށްތައްވެސް ދަނީ އިތުރުވަމުންނެވެ. ޅަފުރާގައިވެސް ބައެއް ކުދީން މަސްތުވާތަކެތި ބޭނުންކުރަން ފަށާއިރު، އެކުދީން، އަލުން އަނބުރާ މުޖުތަމަޢަށް ގެނެސް، މި މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ވަނީ ކޮންމެހެންވެސް ބޭނުންޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.